Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރައީސް ޔާމިން

ރައީސް ޔާމިންގެ ހަމަހަމަ ކަމެއް ނެތް ތަރައްގީ

24 މާރިޗު 2019 | އާދީއްތަ 03:56

ފަސް އަހަރުގެ ދައުރު ނިމިގެން ދިޔަ އިރު ފެނާ ނަރުދަމާގެ ނިޒާމް ގާއިމް ނުކޮށް އެތައް ރަށެއް އެބަހުރި

އަމަން ހަލީމް
އަމަން ހަލީމް | 24 މާރިޗު 2019 | އާދީއްތަ 03:56
ރައީސް ޔާމިންގެ ސަރުކާރުން ހެދި ދަރުމަވަންތަ ހޮސްޕިޓަލް

ރައީސް ޔާމިންގެ ސަރުކާރުން ހެދި ދަރުމަވަންތަ ހޮސްޕިޓަލް

ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔަ އިރު، އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުން ހަރު އަޑުން ދެއްކެވި ވާހަކައަކީ ގެނެސްދެއްވި ތަރައްގީގެ ވާހަކައެވެ. ހާއްސަކޮށް މާލެއަށް ގެނެސްދެއްވި ތަރައްގީގެ ވާހަކައެވެ. ހުޅުމާލެ "ޔޫތް ސިޓީ"އެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން 60 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ހިއްކި 230 ހެކްޓަރުގެ ވާހަކައެވެ. މާލެއާއި ހުޅުލެ ގުޅާލުމަށް ޗައިނާގެ ހިލޭ އެހީއާއި ދިވެހި ސަރުކާރަށް އެ ގައުމުގެ ސަރުކާރުން ދެއްވި ބޮޑު ލޯނުގެ ދަށުން ހަދާފައިވާ 200 މިލިއަން ޑޮލަރުގެ ސިނަމާލޭގެ ބްރިޖުގެ ވާހަކައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ ނަމުގައި މާލޭގައި ތަރައްގީ ކުރި 140 މިލިއަން ޑޮލަރުގެ ހޮސްޕިޓަލުގެ ވާހަކައެވެ.

ތެދެކެވެ. މިހުރިހާ ކަމަކީ ވެސް ތަރައްގީއެވެ. އެކަމަކު މި ތަރައްގީއަކީ ދިވެހި ރައްޔިތުންނަށް ގެނެސް ދެއްވި ތަރައްގީ އެކޭ ބުނެވޭނެ އެއްވެސް ޖާގައެއް އެބައޮތް ހެއްޔެވެ؟ މިހެން މި ބުނަން ޖެހެނީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. ދިވެހިރާއްޖޭގެ ރަށްތަކުގައި ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބި އެބަ ހުއްޓެވެ. މި ދައްކަނީ އަސާސީ ހައްގެއްގެ ވާހަކައެވެ. ކޮންމެހެން ވެސް ރައްޔިތުންނަށް ބޭނުންވާ ކަމެއްގެ ވާހަކައެވެ. ބޮޑެތި އަދަދުތަކުން ފައިސާ ހަރަދު ކޮށްގެން މާލެއަށް ތަރައްގީ ގެނެސްދެއްވި އިރު ހަމަ މި ރައްޔިތުން މަތިން ކުޑަވެސް ހަދުމައެއް ނެތޭ ބުނެލާނެ ފުރުސަތު ދެއްވީ އެ ސަރުކާރުން ކަންތައް ކުރި ގޮތުންނެވެ. ހަމަ ގައިމުވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑަކަށް މިކަން ހަޖަމު ކޮށްލައިގެން މަޑުން އިނދެވޭކަށެއް ނެތެވެ. މިއީ އިންސާފުވެރި ގޮތްކަން މި ލިޔުން ކިޔުއްވާ އެއްވެސް ބޭފުޅަކު ވިސްނާވަޑައިގެންފި ނަމަ ބުނެވޭކަށް ނޯންނާނެޔޭ މި ދަންނަވަނީ ވަރަށް ކެރިގެން ހުރެއެވެ.

މިކަން ހަމައެކަނި ގަބޫލު ކުރަނީ އަޅުގަނޑު އެކަނި ނޫންކަން ހެކިވަނީ 2018ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ހުދު ރައީސް ޔާމީންގެ މެނިފެސްޓޯއެވެ. އެހެން ނޫންނަމަ އެ މެނިފެސްޓޯގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރައްވާނެ ކަމަށް ހިމަނަން ޖެހޭ އެއްވެސް ސަބަބެއް އެބައޮތް ހެއްޔެވެ؟ މި ވަރުގެ ހަރަދުތަކެއް ކޮށްގެން މާލެއަށް ތަރައްގީ ގެނެސްދެއްވަން އެހާ މަސައްކަތް ކުރެއްވި އިރު، ހަމަ މާލޭ މީހުން ފަދަ ދިވެހި ރައްޔިތުންގެ އަސާސީ ހައްގެއްގެ މަތިން ކުޑަވެސް ހަނދުމަފުޅެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިއީ ކޮންކަހަލަ އިންސާފެއްތޯއެވެ؟ ރައީސް ޔާމިން މާލެއަށް ގެނެސްދެއްވި "ކޮންކްރީޓް ތަރައްގީ"އަކީ އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންނަށް ވެވުނު ބޮޑު ބޭއިންސާފެކެވެ.

ފަހަރުގައި ރައީސް ޔާމީންގެ އަމަލުތައް ދިފާއުކުރައްވާ ބޭފުޅުންނަށް މިކަން އެއްވެސް ކަމަކަށް ނުވެދާނެއެވެ. މިއަދާ ހަމަޔަށް ވެސް އެ ބޭފުޅުން ކުރަމުންދާ މަސައްކަތަކީ މި ލިޔުން ފެށި އިރު ހިމެނިފައިވާ ކަންކަމުގެ ތަސްވީރާއި އެކު ރާއްޖޭގެ ތަރައްގީގެ ބާނީއަކީ ރައީސް ޔާމީންކަން ދައްކަން އުޅުމެވެ. އަނެއްކޮޅުން ރައުސުލްމާލުގެ ބޮޑު ބަޔެއް ފެންފޮދަކާ ވެސް ނުލާ ދިރުވާލުމުގައި އަމަލީ ގޮތުން ބައިވެރިވެ، އެކަން ދިފާއުކުރައްވާ ފޮރުވަން އުޅުނު ބަޔަކަށް މިކަން ކަމަކަށް ނުވީމާ ހައިރާންވާން ޖެހޭ އެއްވެސް ސަބަބެއް ވެސް ނެތެވެ.

ދައުލަތުން ހަރަދު ކޮށްގެންނާއި ބޮޑު އަދަދުން ލޯނު ނަގައިގެން ކުރެއްވި އެއްވެސް މަސައްކަތެއްގައި ރާއްޖޭގެ އެތައް ރަށެެއްގެ ބަޔަކަށް އަސާސީ ހައްގެއް ނުލިބޭންވީ ކީއްވެގެންތޯ އެ ރައްޔިތުން އަހާ ސުވާލަށް ރައީސް ޔާމިން ދެއްވާނެ ޖަވާބެއް އެބައޮތް ހެއްޔެވެ؟ ތިން މަޝްރޫއަކަށް އެކަނިވެސް 400 މިލިއަން ޑޮލަރު ހަރަދުކުރެވިފައިވާ އިރު، ހަމަ އެ ރައްޔިތުންނަށް ހައްގު މިންވަރު ލިބުނު ކަމަށް ގަބޫލުފުޅު ކުރައްވަންތޯއެވެ؟ މި ދައްކަނީ ދިވެހި ރައްޔިތުންގެ ފައިސާއިން އަދަދު ކޮށްލާ އިރު 6.17 ބިލިއަން ރުފިޔާ އެއްބަޔަކަށް ހަރަދުކުރި ހަމަ އެމީހުންނާ ހަމަހަމަ ރައްޔިތުންތަކެއްގެ ހައްގެއް ނުލިބި އޮތް ވާހަކައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!

29 ޖެނުއަރީ 2017
މައުމޫން ހިމޭނުން ހުންނަވައިގެން ވާކަށް ނެތް، މައިދާނަށް ނުކުންނަވާ!
24 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!

24 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާއަކުން ވިހެއި، "ނަހަލާލު ހުކުމް"!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
20 ޖެނުއަރީ 2017

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!
14 ޖެނުއަރީ 2017

މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟

14 ޖެނުއަރީ 2017
މައުމޫނާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ލިބިވަޑައިގަންނަވާނެތަ؟
12 ޖެނުއަރީ 2017

މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް

12 ޖެނުއަރީ 2017
މިހާރުގެ ހާލަތަށް ބަލާއިރު ދިވެހި ފިލްމީ ދާއިރާއަށް ކުރިއެރުމެއް ނެތް
10 ޖެނުއަރީ 2017

ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!

10 ޖެނުއަރީ 2017
ކޮރަޕްޝަން: ޔަހޫދީންނަށް ބޮޑުވަޒީރާ ސުވާލުކުރެވޭ، ދިވެހިންނަށް ރައީސްއާ ސުވާލުނުކުރެވޭ!
10 ޖެނުއަރީ 2017

ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!

10 ޖެނުއަރީ 2017
ސިޔާސީ ސަޅި ބައިސާ ކެނޑުން، މަޝްރޫއު ފެށޭނެ ކަމުގެ އުއްމީދެއް ނެތް!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
05 ޖެނުއަރީ 2017

ރައީސް ޔާމީނަށް ކުރާ އިލްތިމާސް!

05 ޖެނުއަރީ 2017
ރައީސް ޔާމީނަށް ކުރާ އިލްތިމާސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް