Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުގްލޯބަލް މަނީވީކް 2019

ކުރު ވީޑިއޯ ފޮނުވައިގެން 1000 ރުފިޔާގެ އަގުހުރި އިނާމެއް!

20 މާރިޗު 2019 | ބުދަ 17:24

ވީޑިއޯ ފޮނުންވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހު 24

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 20 މާރިޗު 2019 | ބުދަ 17:24
މޯލްޥިސް މަނިޓަރީ އޮތޯރިޓީ

މޯލްޥިސް މަނިޓަރީ އޮތޯރިޓީ

ގްލޯބަލް މަނީ ވީކް ފާހަގަ ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން ކުރިއަށް ގެންދާ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން ވީޑިއޯ ސްކިޓް ފޮނުވައިގެން އިނާމު ލިބޭ ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތަކީ 12 އަހަރުން ދަށުގެ ކުދިން ފައިސާއާމެދު ދެކޭ ގޮތް ކުރު ވީޑިއޯއެއްގެ ސިފައިގައި އާންމުންނަށް ފޯރުކޮށްދިނުމަށް އަމާޒުކުރެވިފައިވާ ހަރަކާތެކެވެ.

މީގެ ބޭނުމަކީ ފައިސާއާއި މާލީ ކަންކަމާ ގުޅޭ ގޮތުން ތުއްތު އިރުއްސުރެ ވިސްނައި ފިކުރުހިންގުމަށް މަގުފަހިކޮށް މި ފަދަ މައުޟޫތަކަށް ބެލެނިވެރިންނަށް ކުދިންނާ އެކު ވާހަކަ ދެކެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެމްއެމްއޭއީން ބުންޏެވެ.

ވީޑިއޯ ސްކިޓްގެ ހަރަކާތުގައި ބައިވެރިވުމަށް ޓަކައި "ފައިސާ ބޭނުންވަނީ ކީއްވެ؟" ނުވަތަ "ފައިސާ ރައްކާކުރަނީ ކިހިނެއް؟" މި ދެ ސުވާލުގެ ތެރެއިން ކޮންމެ ވެސް އެއް ސުވާލަކަށް ޖަވާބުދީ ކުރު ވީޑިއޯއެއް ތައްޔާރުކުރުމަށް ފަހު 9494999 ޓެލެގްރާމް ކުރަން ޖެހޭއިރު، ވީޑިއޯ ފޮނުވާއިރު ކުއްޖާގެ ނަމާއި އުމުރު ޖައްސަވަންވާނެއެވެ. ވީޑިއޯ ފޮނުންވުމުގެ އެއްމެ ފަހު ތާރީޚަކީ މިމަހު 24 އެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ޓަކައި ފޮނުވާ ވީޑިއޯތައް 'ގްލޯބަލް މަނީ ވީކް 2019 މޯލްޑިވްސް' ފޭސްބުކް ޕޭޖްގައި ދާނީ ހިއްސާ ކުރަމުންނެވެ. އަދި ފޮނުއްވާ ވީޑިއޯތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 10 ކުއްޖަކަށް 1000 ރުފިޔާގެ ގިފްޓް ކާޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ ހަރަކާތެކެވެ.

މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންނަށް މާލީ ގޮތުން ގުޅުންހުރި އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގައެވެ.

އެގޮތުން، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމްއެމްއޭ ގުޅިގެން ބައެއް ސުކޫލްތަކުގައި ގްލޯބަލް މަނީ ވީކަށް ޚާއްސަކޮށް ކުރެހުމުގެ މުބާރާތެއް ވެސް ފަށައިގެން ކުރިއަށް ދެއެވެ. މީގެ އިތުރުން ވެސް ގްލޯބަލް މަނީ ވީކް ކުލަގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތައް ވަނީ ރާވާފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

އިތުރަށް ކިޔާލަން

20 އެޕްރީލު 2017

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

20 އެޕްރީލު 2017
ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
06 މާރިޗު 2017

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ
27 ފެބުރުއަރީ 2017

ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

27 ފެބުރުއަރީ 2017
ބޫޓާން ސްޓޮކް އެކްސްޗޭންޖްއާ އެކު ސްޓޮކް މާކެޓް ތަރައްޤީކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
22 ފެބުރުއަރީ 2017

ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި

22 ފެބުރުއަރީ 2017
ފެނާއި ގޭސް ޑެލިވަރީ ކުރުމަށް ވަކި ވަގުތުތަކެއް ހަމަޖައްސައިފި
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް