Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައުޝަން ޖިއާން

ޖިއާންގެ މަރުގެ މައްސަލައިގައި ދައުވާކުރާ ހަ މީހުންގެ ޝަރީއަތް މާދަމާ ފަށަނީ

20 މާރިޗު 2019 | ބުދަ 11:44

ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 20 މާރިޗު 2019 | ބުދަ 11:44
ރައުޝަން ޖިއާން

ރައުޝަން ޖިއާން

ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ޖެހުމުގެ ސަބަބުން މަރުވި އުމުރުން ހަތް އަހަރުގެ ރައުޝަން ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފިއެވެ.

ޖިއާން އަކީ ބަންގްލަދޭޝަށް ނިސްބަތްވާ ކުއްޖެކެވެ. އޭނާ މަރުވީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން މާލޭގައި އިމާރާތް ކުރަމުންދިޔަ އިމާރާތަކުން ސިމެންތި ބަސްތާ ވެއްޓުމުގެ ހާދިސާގައި ލިބުނު އަނިޔާތަކާއި ގުޅިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

Advertisement - newsAdvertisement

މިމައްސަލަ ފުލުހުން ތަހްގީގުކޮށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ކުރީ ކޮޅުއެވެ. މި މައްސަލައިގައި ޖިނާއީ ދައުވާ އުފުލާފައިވަނީ، ގާނޫނުލް އުގޫބާތުގެ 111 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ (ނ) ގެ ދަށުންނެވެ.

އިންޑިއާގެ ރައްޔިތުން ކަމަށްވާ ރައްޖާވް އަލީ އާއި މުުތުމަނި ރަމަޗަންދުރަންގެ މައްޗަށް ދައުވާކޮށްފައި ވަނީ، މީހަކު މަރުވެ ދިއުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އަދި އިންޑިއާގެ ރައްޔިތުން ކަމަށްވާ ކެޝަރިރަލް ޗައުހަން އާއި ގުލަން މަހަންމަދުގެ މައްޗަށެވެ. އެ މީހުގެ މައްޗަށް ކުރަނީ، ނުރައްކަލެއްގައިވާ މީހާއަށް ކުރިމަތިވެދާނެކަން އެނގޭ ނުރައްކަލެއްގެ އިންޒާރު، އެކަށީގެންވާ ސަބަބެއް ނެތި ނުދިނުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދެން ދައުވާ ކުރަނީ ދެ ދިވެއްސެއްގެ މައްޗަށެވެ. އެއީ މާލޭ ދަފުތަރު 8424 މޫސާ ހަސަން އާއި، މަލޭ ދަފްތަރު 7198 އާދަމް ޝަފީގުގެ މައްޗަށެެވެ. މި ދެ މީހުންގެ މައްޗަށް އުފުލީ، މީހަކު މަރުވެ ދިިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއެވެ. މޫސާ ހަސަންއަކީ ޑަބްލިއު ކޮންސްޓަކްޝަން ކުންފުނީގެ ސީނިއަރ ސައިޓް ސުޕަވައިޒަރެކެވެ. އަދި އާދަމް ޝަފީގަކީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ޝަރީއަތް ފަށަން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް