Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓްް

މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ އަތޮޅު ނަފާ އަތޮޅުގައި ހަރުލައްވައިގެން

19 މާރިޗު 2019 | އަންގާރަ 14:33

އަތޮޅުތަކުން ބޮޑު ނަފާއެއް ކޮންމެ އަހަރަކުވެސް މައިސަރުކާރަށް ވަދޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 19 މާރިޗު 2019 | އަންގާރަ 14:33
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ: އަތޮޅުތަކުން ލިބޭ ބޮޑު ފައިދާއެއް ސީދާ މީރާއަށް ވަދޭ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ: އަތޮޅުތަކުން ލިބޭ ބޮޑު ފައިދާއެއް ސީދާ މީރާއަށް ވަދޭ

ދިވެހިރާއްޖެ އަކީ ލާމަރުކަޒީ އުސޫލުން ހިންގަންޖެހޭ ޤައުމެއް ކަމާއިމެދު ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ. ލާމަރުކަޒީ ނިޒާމަކީ ރާއްޖެފަދަ، ކަނޑުގެ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ ޖަޒީރާ ޤައުމަކަށް އެންމެ ކަމުދާ ހިންގުމުގެ ނިޒާމެވެ. ދެކުނު އޭޝިއާގެ މި ސަރަޙައްދަށް ބަލާއިރު ވެސް މި ނިޒާމު އެންމެ ފުރިހަމަކޮށް ޤާއިމް ކުރެވޭނެ އަދި މި ނިޒާމު ހިންގުން އެންމެ މުނާސަބު ޤައުމަކަށް އޮތީ މި ދިވެހިރާއްޖެއެވެ.

ދިވެހިރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރުފުކޮށް، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ރާއްޖެ ހިންގަންފެށިތާ މިހާރު މި ހިނގަނީ ތިންވަނަ ދައުރެވެ. ތިން ދައުރު ވީއިރު ރާއްޖޭގައި 3 ސިޓީ ޤާއިމް ކުރެވި، ހަތަރުވަނަ ސިޓީ ޤާއިމްކުރުމުގެ މަސައްކަތް މިހާރު އެހެރަގެން ކުރިއަށް ދަނީއެވެ.

ދިވެހިރާއްޖޭގެ ލާމަރުކަޒީ ހަޔާތަށް 10 އަހަރުވާން ދާއިރު މި ނިޒާމުން މިހާތަނަށް ލިބުނު މާބޮޑު ފައިދާއެއް ނެތްކަމީ ޚާއްސަކޮށް މާލެ ފިޔަވައި ރާއްޖޭގައި ދެންހުރި ރަށްތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުން ހެކިވާ ކަމެކެވެ. ނަމަވެސް އެކަން އެހެން ދިމާވާ ސަބަބަކީ ލާމަރުކަޒީ ނިޒާމުގައި ހުރި އުނިކަމެއް ނޫން ކަމަށް ވެސް އެ ރައްޔިތުން ހެކިވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ލާމަރުކަޒީ ނިޒާމަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަމަ ނޭވާއެއް ނުލެވި އޮތް ސަބަބަކީ އެ ނިޒާމު ހިންގަން ޖާގަ ނުދިނުމެވެ. އެ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ދޭންޖެހޭ ބާރުތަކުގައި މާލޭ މައި ސަރުކާރު އޮބި އަޅާފައި އޮތުމެވެ. ރައްޔިތުންގެ ލާބައަށް ކަމެއް ކުރެވޭނެ ވަރުގެ މާލީ ތަނަވަސްކަމެއް އެ ކައުންސިލްތަކަށް ލިބޭނެ ހުރިހާ މަގެއް މައި ސަރުކާރުން ގަސްތުގައި، ނުވަތަ ގަސްތުގައި ނޫން ނަމަވެސް ބަންދުކޮށްފައި އޮތުމެވެ. ކައުންސިލްތަކަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމުގައި އިޚުލާސްތެރިކަމެއް އަދި ފަރުވާތެރިކަމެއް ނެތުމެވެ.

ރާއްޖޭގެ އަތޮޅުތަކުގައި ހުރި ވަޞީލަތްތައް ހުރި ގޮތުންނާއި، އަދި ޚާއްސަކޮށް ފަތުރުވެރިކަމަށް އަތޮޅުތައް ހުޅުވިފައި އޮތްގޮތުން ގިނަ އަތޮޅުތަކަކީ އެ އަތޮޅުތަކުގެ ތެރެއިން ބޮޑު އާމްދަނީއެއް ނެރެވޭ އަތޮޅުތަކެވެ. ބައެއް އަތޮޅުތަކުގައި ލަގްޒަރީ ފެންވަރުގެ 7 ރިޒޯޓް ނުވަތަ 8 ރިޒޯޓް ޤާއިމްކުރެވިފައިވާއިރު، އެ ރިޒޯޓްތަކުން ކޮންމެ އަހަރަކުވެސް އެތައް ސަތޭކަ މިލިއަން ޑޮލަރެއް ދިވެހި ދައުލަތަށް ވައްދައެވެ. މިއީ ދިވެހި ރައްޔިތުންނަށް އެ ރިޒޯޓްތަކުން ދައްކާ ޖިޒީއެއް ނަމަވެސް ސީދާ ގޮތެއްގައި މި ނަފާ ރައްޔިތުންނަށް ހަމަހަމަކޮށް ބެހިގެން ނުދާކަމީ ހިތާމަޔާއިއެކު ފާހަގަކުރަންޖެހޭ ކަމެކެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ކައުންސިލްތަކަށް މާލީ ތަނަވަސްކަން ހޯދައިދިނުން ކަމަށްވާއިރު، އަތޮޅުތަކުން ލިބޭ ނަފާ މާލޭ ސަރުކާރަށް، ޚާއްސަކޮށް، ބޮއްސުންލާފައިވާ މީރާއަށް ހިބަކޮށްގެން ތިބޭހާ ދުވަހަކު އެ ތަނަވަސްކަމެއް ނުލިބޭނެއެވެ.

މިއަދުގެ ސަރުޚާރުގެ ވިސްނުން މި މައްސަލައިގައި ރަނގަޅު ނަމަވެސް، ކައުންސިލްތަކަށް ބައިއެޅުމަށް އަދިވެސް ވާހަކަ ދެކެވޭ މިންވަރަކީ ކައުންސިލްތަކާއި އެ ކައުންސިލްތައް ނިސްބަތްވާ ރައްޔިތުންނަށް ޙައްޤު މިންވަރެއް ނޫނެވެ.

މިކަމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވަކިވަކީ ރަށްތައް ތަރައްޤީކުރުން އަތޮޅު ކައުންސިލްތަކާއި ހަވާލުކޮށް، އަތޮޅުގައި ހުރި ވަޞީލަތްތަކުން ލިބޭ ޖުމްލަ ނަފާގެ ފާންސާސް ނުވަތަ ފަސްދޮޅަސް އިންސައްތަ އަތޮޅު ކައުންސިލަށް ޖަމާވެ، އެ ނަފާ އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކަށް އެކަށޭނަ ހަމައަކުން ބެހުމެވެ. އަތޮޅުން ލިބުނު ނަފާއިން މި ދެންނެވުނު ފަންސާސް ނުވަތަ ފަސްދޮޅަސް އިންސައްތަ އަތޮޅު ކައުންސިލަށް ނެގުމުން، ބާކީވާ ފަންސާސް ނުވަތަ ސާޅީސް އިންސައްތަ ނަފާ މާލޭ މައި ސަރުކާރަށް ޖަމާކުރުމުގެ ދައުލަތް ހިންގުންވެސް ހުއްޓުމަކަށް ނައިސް ކުރިއަށް ދާނެއެވެ. އެހެނީ މިފަދައިން އަތޮޅު ނަފާގެ އަޣުލަބިއްޔަތު އަތޮޅުގައި ހިފެހެއްނޭ ލާމަރުކަޒީ ނިޒާމެއް ޤާއިމްވުމުން، ރަށްތައް ތަރައްޤީ ކުރުމުގެ ޒިންމާ މައި ސަރުކާރުން އުފުލި، މައި ސަރުކާރުން ކުރަންޖެހޭ ކަމަކަށް ދެން އޮންނާނީ ސިވިލް ސަރވިސްގެ މުސާރަ ދިނުމާއި ދައުލަތް ހިންގުމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމެވެ. އަދި މައި ސަރުކާރަށް މި ޖަމާވާ ނަފާއިން ޤައުމީ ފެންވަރުގައި ހިންގަންޖެހޭ އެހެނިހެން ކަންކަމާއި، އާދަންސަ ފަދަ ޚިދުމަތްތައް ހުއްޓުމެއް ނެތި ހިންގޭނެއެވެ.

އެފަދަ ދުވަހެއް ހޯދިއްޖެނަމަ، ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އަތޮޅުތެރޭގެ ދަތުރުފަތުރާއި، ރަށްރަށުގެ ހޮސްޕިޓަލާއި، ސްކޫލް މަދަރުސާއާއި، ކަރަންޓާއި، ނަރުދަމާ ފަދަ އެހެނިހެން ޚިދުމަތްތައް ދިނުމުގެ ޒިންމާ މައި ސަރުކާރުން އުފުލުމުގެ ބަދަލުގައި އެ ކަންކަމަކީ މާލީ ތަނަވަސްކަން ލިބިފައިވާ މުސްތަޤިއްލު، ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ކުރަމުންދާނެ ކަންކަމެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޯމަތިވެފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރާ ކެނޑިޑޭޓުންގެ އިޚުލާސްތެރިކަމެއް ހުރިނަމަ މާދަމާ އެންމެ އިސްކަމެއް ދޭން ވާނީ ލާމަރުކަޒީ ނިޒާމަކީ ކައުންސިލްތަކަށް މާލީ މިނިވަންކަމާއި ތަނަވަސްކަން ދެވިފައިވާ ތަންތަނަށް ހެދުމަށެވެ.

އަތޮޅުތަކުން ހޯދާ ނަފާ މީރާގެ ތިޖޫރީއަށްލައި، މާލޭ ސަރުކާރުން އޭގައި އަތްއަޅައިގެން ތިބޭހާ ދުވަހަކު ކައުންސިލްތައް ބާރުވެރިކޮށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނެ ހަމަ އެއް ގޮތެއްވެސް ނެތެވެ.

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!

25 ފެބުރުއަރީ 2017
ހިމަބިހި ރާއްޖެއިން އެއްކޮށް ނައްތާލަނީ!
24 ފެބުރުއަރީ 2017

ފ. އަތޮޅު އެނގޭތަ؟

24 ފެބުރުއަރީ 2017
ފ. އަތޮޅު އެނގޭތަ؟
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުން: އަސް ވިއްކާލިޔަސް ލަގަން ވިއްކާ ނުލާށެވެ.

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުން: އަސް ވިއްކާލިޔަސް ލަގަން ވިއްކާ ނުލާށެވެ.
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
05 ފެބުރުއަރީ 2017

ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!

05 ފެބުރުއަރީ 2017
ރާއްޖެ މިހާރު ހިނގަމުންދަނީ އަވަށްޓެރި ލަންކާ ހިނގަމުންދިޔަ މަގުން: އިގްތިސާދީ އަނދަވަޅަކަށް ވެއްޓުމުގެ ބިރު ބޮޑު!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
08 ޖެނުއަރީ 2017

ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.

08 ޖެނުއަރީ 2017
ރާއްޖެއަށް ބޭނުން ވަނީ ޤައުމުގެ މިސްރާބު ސީދާކުރައްވަން ކެރިވަޑައިގަންންވާ ވެރިން.
07 ޖެނުއަރީ 2017

ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!

07 ޖެނުއަރީ 2017
ރާއްޖެ މާލީ އަޅުވެތިކަމާ ދިމާއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް