Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ތުހުމަތާ ގުޅޭ ގޮތުން ސުވާލެއް ވެސް ނުކުރޭ، އެއީ އެމްޑީޕީގެ ނިންމުމެއް ނޫން: މުޣުނީ

18 މާރިޗު 2019 | ހޯމަ 16:49

އޭނާގެ ދިފާއުގައި ތިނަދޫ އެމްޑީޕީ ސަޕޯޓަރުން އަޑުއުފުލި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 18 މާރިޗު 2019 | ހޯމަ 16:49
އެމްޑީޕީން ތާއީދު އަނބުރާ ގެންދިޔަ ކަމަށް ބުނާ އެމްޑީޕީގެ ކެންޑިޑޭޓް  އަބްދުލް މުޣުނީ (މ) ތާއީދު ހޯދުމުގެ ހަރަކާތެއްގެ ތެރެއިން

އެމްޑީޕީން ތާއީދު އަނބުރާ ގެންދިޔަ ކަމަށް ބުނާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މުޣުނީ (މ) ތާއީދު ހޯދުމުގެ ހަރަކާތެއްގެ ތެރެއިން

ގެވެށި އަނިޔާކުރި ކަމުގެ ތުހުމަތާ ގުޅޭ ގޮތުން އެމްޑީޕީ ސެކަރެޓޭރިއަޓުން ސުވާލު ވެސް ނުކުރާ ކަމަށާއި މައްސަލަ ބަލާކަން ވެސް އެންގުމެއް ނެތި، އެ ޕާޓީން ކުރި ތާއީދު އަނބުރާ ގެންދިޔަ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ތިނަދޫ އުތުރު ދާއިރާއަށް ވާދަ ކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އަބްދުލް މުޣުނީ ވިދާޅުވެއްޖެއެވެ.

"ރާއްޖެއެމްވީ"އާ ވާހަކަ ދައްކަމުން މުޣުނީ ވިދާޅުވީ ގެވެށި އަނިޔާ ކުރި ކަމަށް ބުނެ، އޭނާއާ ގުޅުވައިގެން ފަތުރާ ވާހަކަތައް ޕާޓީން ބަލަމުންދާ ކަން މިހާތަނަށް ވެސް އަންގާފައި ނުވާ ކަމަށާއި ތާއީދު އަނބުރާ ގެންދިޔަކަން ވެސް އަންގާފައި ނުވާ ކަމަށެވެ. އެމްޑީޕީއަކީ ބަޔަކު ދައްކާ "ތޯތޯ ވާހަކަ"ތަކަށް ބަލައިގެން، ގޮތް ނިންމާ ޕާޓީއެއް ނޫން ކަމަށާއި އޭނާއާ މެދު އެޅި ކަމަށް ބުނާ ފިޔަވަޅަކީ އެ ޕާޓީގެ އެއްވެސް ގުނަވަނަކުން ނިންމި ކަމެއް ނޫން ކަމަށް މުޣުނީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"...އެމްޑީޕީއަކީ ގުނަވަން ހަމަ ޕާޓީއެއް. ކަންކަން ނިންމުމަށް އުސޫލުތަކެއް ކަނޑައެޅި، ގުނަވަންތަކެއް ހުރޭ. ގޮތް ނިންމި ކަމަށް މި އެނގުނީ ނޫހުން. މިއީ އެއް ނޫން މި ކަން ވާންޖެހޭނެ ގޮތަކީ،" މުޣުނީ ވިދާޅުވިއެވެ.

ހާހަކަށް ވުރެ ގިނަ މީހުން ވޯޓުލީ، އެމްޑީޕީ ޕްރައިމަރީގައި 685 ވޯޓު ހޯއްދަވައިގެން އެ ޕާޓީގެ ޓިކެޓު ކަށަވަރު ކުރެއްވި މުޣުނީ ވިދާޅުވީ ކެމްޕެއިން ދަނީ ވަރަށް ފޯރިއާ އެކުގައި ކަމަށާއި ދާއިރާގެ ރައްޔިތުންގެ ލޯތްބާ އެކު އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާނެ ކަމަށެވެ.

އެމްޑީޕީގެ ތާއީދު ބޮޑު ތިނަދޫގައި ހޯމަ ދުވަހު ވަނީ މުޣުނީގެ ދިފާއުގައި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ނުކުމެ އަޑު އުފުލާފައެވެ. ތިނަދޫގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއްގެ ގޮތަށް ކުރިއަށް ގެންދިޔަ އަޑު އުފުލުމުގައި ބައިވެރިވި ބައެއް މީހުން ހިފަހައްޓައިގެން ތިބި ޕޯސްޓަރުތަކުގައި ލިޔެފައި ވަނީ އެ ރަށަކީ "ހަވަރު ތިނަދޫ" ކަމަށާއި އުސޫލުން ބޭރުން ގޮތް ތަނެއް ނުނިންމޭނެ ކަމަށާއި އެ ދާއިރާ ތަމްސީލު ކުރަން ނުކުންނަ ކެންޑިޑޭޓް ކަނޑައެޅީ ދާއިރާގެ އެމްޑީޕީގެ އާންމު މެމްބަރުން ކަމަށެވެ.

މުޣުނީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މީގެ 10 އަހަރު ކުރިން އޭނާގެ އޭރުގެ އަންހެނުންނަށް ގެވެށި އަނިޔާ ކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ދައުލަތުގެ އިދާރާއަކަށް ހުށަހަޅާފައި ނުވެއެވެ. އަދި ޝަރުއީ ކޯޓަކަށް ހުށަހަޅައި ޝަރީއަތް ހިންގައި، ގޮތް ކަނޑައަޅާފައެއް ވެސް ނުވެއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް