Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓޮމް އާއި ޑެލްމާގެ ލޯބީގެ ވާހަކަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ދެ މީހުން އެކުގައި 62 އަހަރު ހޭދަކުރި

އަމްނާ އިމާދު
އަމްނާ އިމާދު | 18 މާރިޗު 2019 | ހޯމަ 11:37
ދެމަފިރިން މަރުވީ އަތްގުޅުވައިގެން ތިބެ..

ދެމަފިރިން މަރުވީ އަތްގުޅުވައިގެން ތިބެ..

ކައިވެނިކުރުމަކީ ބައެއް މީހުންނަށް ވަރަށް އާދައިގެ ކަމެކެވެ. ނަމަވެސް އެ ކައިވެނި ދެމެހެއްޓުން ވަނީ އުނދަގޫ ކަމަކަށެވެ. ލައިލާއާއި މަޖުނޫނު ފަދަ ލޯބީގެ ވާހަކަތަކަކީ ހަގީގީ ދިރިއުޅުމުގައި ނުހިނގާ ކަމެއްކަން ގިނަ ޒުވާނުން މިހާރު ގަބޫލުކުރެއެވެ. ނަމަވެސް އެމެރިކާގެ ފްލޮރިޑާގައި ދިރިއުޅެމުން ދިޔަ ދެމަފިރިން މިވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ.

އުމުރުން ދުވަސްވީ މިދެމަފިރިން ދުނިޔެ ދޫކޮށް ދިޔައީ ދިރިތިބީންނަށް އެތައް އިބުރަތެއް ދައްކައިދެމުންނެވެ. އެކީގައި 62 އަހަރު ހޭދަކުރުމަށްފަހު ޓޮމް ލެޑްބެޓަރގެ އުމުރުން 85 އަހަރު އަދި ޑެލްމާ ލެޑްބެޓަރގެ އުމުރުން 82 އަހަރުގައި ދުނިޔެދޫކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. މުސްކުޅިވެ ގައިބާރުދެރަވެ، ބަލި އެނދުގައި ދެމީހުން އޮންނަން ޖެހުނު ދުވަހު ދެމީހުން ދިޔައީ އެކަކު އަނެކަކަށް ހިތްވަރު ދެމުންނެވެ. ގައިގެ ނެތް ހިތްވަރު ލައިގެން އަނެކާގެ މޫނަށް އުފާވެރިކަން ގެނައުމަށް ދެމީހުންވެސް މަސައްކަތް ކުރިއެވެ. ޓޮމް ދުނިޔެއިން ފަހު ނޭވާ ދޫކޮށްލިއިރު، އޭގެ ދޮޅުގަޑިއިރު ފަހުން ޑެލްމާވެސް ފަހު ނޭވާ ދޫކޮށްލިއެވެ. ދެމީހުން ދުނިޔެ ދޫކޮށްދިޔައީ އަތުގައި ހިފައިގެން ތިބެއެވެ.

އެދެމަރިފިން މަރުވިތާ އެއްއަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ފުރަތަމަ ފަހަރަށް މިހާދިސާއާ ބެހޭގޮތުން އެދެމީހުން ކާފަ/މާމަ ދަރިފުޅު ޑޮނެޓަރ ނިކޮލަސް މިވަނީ ވާހަކަ ދައްކާފައެވެ. ޑޮނެޓަރ ނިކޯލްސް ވަނީ ޓޮމް އާއި ޑެލްމާ އެންމެ ފަހު ހިނދުކޮޅުގައި އެކަކު އަނެކަކުގެ އަތުގަ ހިފަހައްޓައިގެން ތިބި މަންޒަރު ދައްކައިދޭ ފޮޓޯ އާންމުކޮށްފައެވެ. މިފޮޓޯ އާންމުކުރުމަށްފަހު އެނާ ބުނީ މަންމައާ ބައްޕާ މިދުނިޔެ ދޫކޮށް ދިޔައީ ދެމީހުން ބޭނުންވި ގޮތަށް ކަމަށެވެ.

އަދި މިފޮޓޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، މިފޮޓޯ ބެލި އެތަކެއް ބަޔަކު ވަނީ ދެމަފިރިންގެ ލޯބީގެ ވާހަކަ އެއީ ނަމޫނާ އެއްކަމަށް ދެކި އެކަމުން އިބްރަތެއް ހާސިލް ކުރަންޖެހޭ ކަމަށް ބުނެފައެވެ.

ޓޮމް އަދި ޑެލްމާ

ޓޮމް އަދި ޑެލްމާގެ ލޯބީގެ ހަޔާތް

ޓޮމް އަދި ޑެލްމާގެ ލޯބީގެ ހަޔާތް ފެށުނީ ދެމީހުންގެ އެންމެ ޒުވާން ދުވަސްވަރުކަމުގައިވާ އުމުރުން 20 އަހަރުގައެވެ. އެއީ 1950ހުގެ އަހަރު ތަކުގެ ތެރޭގައެވެ. ދެމީހުންނަކީ ވެސް ލޭކް ޖެކްސަން އަވަށަށް ނިސްބަތްވާ ދެމީހުންނެވެ. އެކުވެރިންގެ ސަބަބުން ދިމާވި މިދެމީހުން އެކަކު އަނެކަކު ދަންނަތާ ތިން ހަފްތާ ފަހުން ކައިވެނި ކުރި ކަމަށްވެސް އެއާއިލާއިން ވަނީ ބުނެފައެވެ.

ޓޮމް އަދި ޑެލްމާއަށް ވަނީ ދެ އަންހެންދަރިންނާއި، ކާފަ/މާމަ ކިޔާ ހަތް ދަރިން، އަދި މުނިކާފަ/މުނިމާމަ ކިޔާ ހަތް ދަރިން ލިބިފައެވެ. ހުރިހާ ދަރިން ވެސް ބުނާ ގޮތުން ޓޮމް އާއި ޑެލްމާ އަކީ އަބަދުވެސް އެކަކު އަނެކަކަށް އަޅާލައި، ވަރަށް ލޯބިން އުޅުނު ދެމަފިރިން ކަމަށެވެ.

މުޅި އާއިލާއަށް މިސާލު ދެއްކި މި ދެމަފިރިން ވަނީ އެކީގައި އެމަރިކާގެ އެކިއެކި ހިސާބުތަކަށް ވެސް ގޮސްފައެވެ. ޒުވާން އުމުރުން ފެށިގެން ގޮސް ބަލިއެދަށް ދަންދެން ދެމީހުން ވެސް އައީ ހޮބީއެއްގެ ގޮތުގައި ދަތުރުތައް ކުރަމުންނެވެ. ނަމަވެސް މި މަޖާ ދަތުރުތަކަށް ނިމުން އައީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު ޑެލްމާ ވަރަށް ބޮޑަށް ބަލިވި ހިސާބުންނެވެ. އަދި މާގިނަ ދުވަހެއް ނުވެ ޓޮމްވެސް ބަލިވިއެވެ. ދެމީހުންނަށް އަބަދުވެސް އެކީގައި ފަރުވާ ދޭން ޖެހުމުން ނާސިން ހޯމްގައި ދެމީހުން އެޑްމިޓްކުރި ކަމަށް އައިލާއިން ބުންޏެވެ.

"މާމައަށް ނާސިން ހޯމްގައި ފަރުވާ ދެމުން ދަނިކޮށް ކާފަ އިތުރަށް ބަލިވެ ހަމަ އެ ނާސިންގ ހޯމްގައި އެޑްމިޓް ކުރަން ޖެހުނު. އޭރުވެސް މާމަ ހަމަ ކިރިޔާ ދުނިޔޭގަ އޮތްކަން. ހީވާ ކަހަލަ މާމަ ދުނިޔޭގަ އޮތީ ހަމައެކަނި ކާފައަށްޓަކާއޭ" މާމަ ދަރިފުޅު ނިކޯލްސް ކިޔައިދިނެވެ.

މިދެފަރިންގެ ފަހު ވަގުތުކޮޅު ހިއްސާކުރަމުން ނިކޯލްސް ބުނީ މާމައާ ކާފަގެ އެނދު އެކުއެކީގައި ބެހެއްޓީވެސް އެދެމީހުންގެ އެދުމުގެ މަތިން ކަމަށެވެ. އަސަރުން ފުރިގެންވި މި ވަގުތުކޮޅުގައި ޓޮމް އެއްވެސް މީހަކާ ވާހަކަ ނުދައްކާ ކަމަށާއި، ޑެލްމާގެ އަތުގައި ހިފައިގެން މޫނަށް ބަލަން އޮވެ، ފަހުނޭވާ ދޫކުރީ ކަމަށް އެނާ ބުންޏެވެ.

މިޒަމާނުގައި މިފަދަ ލޯބީގެ މިސާލުތައް ފެނުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ޓޮމް އާއި ޑެލްމާގެ ލޯބީގެ ހަޔާތުން އެނގޭ އެއްކަމަކީ ކައިވެންޏަކީ ވަރަށް މާތް އަދި އެކަކު އަނެކަކު ދޭންޖެހޭ ލޯތްބާއި އިހުތިރާމް ނުދީ ކުރިއަށް ގެންދެވޭނެ އެއްޗެއް ނޫން ކަމެވެ.

އިތުރަށް ކިޔާލަން

12 ޖުލައި 2017

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟
12 ޖުލައި 2017

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
12 މާރިޗު 2017

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017
ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު