Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްއެމްއީ ބޭންކް

އެސްއެމްއީ ބޭންކް ވެގެން ދާނީ ތަރައްގީގެ ބައިވެރިއަކަށް: އެމްޑީ

މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން ރާއްޖޭގައި އުފެއްދު ފުރަތަމަ މާލީ އިދާރާ

އަމަން ހަލީމް
އަމަން ހަލީމް | 18 މާރިޗު 2019 | ހޯމަ 09:24
އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޒީނާދު ވާހަކަ ދައްކަވަނީ

އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަންގެ އެމްޑީ އަހްމަދު ޒީނާދު ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވި އެސްއެެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ވެގެން ދާނީ ތަރައްގީ ހޯދައިދޭނެ ބައިވެރިއަކަށް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޒީނާދު ވިދާޅުވެއްޖެއެވެ.

އެސްޑީއެފްސީ އިފްތިތާހު ކުރުމަށް ފަހު ހޯމަ ދުވަހު އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޒީނާދު ވިދާޅުވީ ވޭތުވެ ދިޔަ އަހަރުތަކުގައި ވެސް ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވެ ދިނުމުގެ ނަމުގައި މިނިސްޓްރީތަކުން ލޯނު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތަކަށް މިކަން ކުރެވިފައި ނުވާ ކަމަށާއި ވިޔަފާރި ކުރިއަރުވަން ފަންނީ އެހީ ވެސް ފޯރުކޮށްދެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން ވިޔަފާރިތަކަށް އަމާޒުކޮށްގެން މިނިސްޓްރީތަކުުން ތަފާތު ނަން ނަމުގައި ލޯނު ޕްރޮގްރާމްތައް ކުރިޔަށް ގެންގޮސްފައިވީ ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވިފައެއް ނުވޭ. އަދި އެފަދަ ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީ އެކަށީގެންވާ ގޮތެއްގައި ލިބިފައެއް ނުވޭ," ޒީނާދު ވިދާޅުވިއެވެ.

ޒީނާދު ވިދާޅުވީ މި ކޯޕަރޭޝަން ތަފާތުވާ ސަބަބަކީ މާލީ އެހީގެ އިތުރުން ވިޔަފާރިތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް އެސްޑީއެފްސީން ފޯރުކޮށްދޭނެތީ ކަމަށެވެ. އަދި މި ކޯޕަރޭޝަންގެ މަގްސަދަކީ ވީހާ ވެސް ދެމެހެއްޓެނިވި ގޮތަކަށް ވިޔަފާރިތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ކުރެވިގެން މާލީ އިދާރާއެއް ހުޅުވިގެން ދިޔަ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ޒީނާދު ވިދާޅުވީ މި ކޯޕަރޭޝަން ވެގެން ދާނީ ދަނޑުވެރިންނަށް ހާއްސަ ކުރެވިގެން ލޯނު އެހީ ފޯރުކޮށްދޭނެ ދިވެހި ފުރަތަމަ މާލީ އިދާރާއަށް ކަމަށެވެ. މި ލޯނުގެ ޒަރިއްޔާ އިން ދަނޑުވެރިންނަށް އިގްތިސާދީ ކުރިއެރުން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދޭނެ މަގު ފަހި ކޮށްދިނުމަކީ ރައީސް ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެސްޑީއެފްސީ އިން ފުރަތަމަ އިސްކާން ދޭން ނިންމާފައިވަނީ ދަނޑުވެރިކަމާއި މަސްވެރިކަމާއި ރަށު ފަތުރުވެރިކަމާއި އައިސީޓީގެ ދާއިރާއިން ހުށައަޅާ ލޯނުތަކަށެވެ. އެ އިދާރާއިން ވަނީ މި ދާއިރާތަކަށް ހާއްސަކޮށްގެން ރަށު ފަތުރުގެ ލޯނާއި, ދަނޑުވެރި ނަފާ ކަމުގެ ލޯނާއި, ހަރުމުދާ ލޯނާއި, ވިޔަފާރީގެ ލޯނު ތައާރަފްކޮށްފައެވެ. ކުރިޔަށް އޮތް ތަނުގައި އެހެން ދާއިރާތަކުން ވެސް ލޯނު ތައާރަފް ކުރެވޭނެ ކަމަށް އެސްޑީއެފްސީން ވަނީ މައުލޫމާތު ދީފައެވެ.

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި

16 ފެބުރުއަރީ 2017
ޑައިވިނަށް ދިޔަ ދިވެއްސެއްގެ ޚަބަރެއް ނުވެގެން ކޯސްޓް ގާޑުން ހޯދަން ފަށައިފި
07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
22 ޖެނުއަރީ 2017

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ

22 ޖެނުއަރީ 2017
ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދެ ފަތުވެރިންގެ ހަށިގަނޑު ފެނިއްޖެ
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު