Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

15 މާރިޗު 2019 | ހުކުރު 14:10

ގާސިމާ ނިންމެވުމާ ހުރެ، ޕާޓީގައި ވަނީ ހިޔާލު ދެކަފިވެފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 15 މާރިޗު 2019 | ހުކުރު 14:10
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ބަޔަކު ގޯހެއް ހެދީތީ، ދެން ތިބި މީހުން އެއަށް ވުރެ ބޮޑު ގޯހެއް ހަދަންޖެހޭ ހެއްޔެވެ؟ ފާފައަކަށް މީހަކު އެރީތީ، ދެން ތިބި މީހުން އެ މަގުން ހިނގަންޖެހޭ ހެއްޔެވެ؟ ވަރިހަމަވެގެން، ގޮތެއް ނެތިގެން، ހުއްޖަތުތަކެއް ދައްކައިގެން، އަނިޔާވެރިންނަށް މަދަދުވެރިވާކަން ނުޖެހެއެވެ. ގާސިމް އިބްރާހިމް މިއަދު އެ ނުކުންނެވީ ފަސާދަ އާއި އަނިޔާވެރި ކަމަށް ބާރު އަޅައި، ގާނޫނުތައް ހެދި މީހުންގެ ދިފާއުގައެވެ. ދުސްރޫރީ ނިޒާމު ފުޑުފުޑުކޮށްލައި، ގާނޫނުއަސާސީގެ ބާރު ކަނޑުވާލި ދުވަސް ހަނދާންނެތޭހާ ދުވަހެއް އަދި ނުވެއެވެ.

ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ގާސިމް ތާއިދު ކުރެއްވުމަކީ ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކުގައި ކޮޅުފައިން ޖެހުމެވެ. ގާސިމްގެ އެ އަމަލު ވެގެންދާނީ ކޮރަޕްޝަނާއި ފަސާދަ ފޮހެލުމަށް ރައީސް ސޯލިހު ފައްޓަވާފައިވާ މަސައްކަތަށް ހުރަސް އެޅުން ކަމުގައެވެ. ސަބަބަކީ ހިޔާނާތުގައި ޖެހިފައިވާ މެމްބަރުން، އަލުން މަޖިލީހަށް އިންތިހާބު ކޮށްފިނަމަ، ގާނޫނީ ނިޒާމަށް ބޭނުންވެފައިވާ މުހިއްމު ބިލުތައް އަނެއްކާވެސް ފާސްނުވެ، މަޖިލީހުގައި ތާށިވާނީއެވެ. ބަހަނާތަކާއި ޝަކުވާތަކާ އެކު ބިލުތައް މަޖިލީހުގައި މަޑުޖެހޭނީއެވެ. ފަސާދައިގެ "ހުޅުރޯ ކުރި" މީހުން، އެ މީހުން އަމިއްލައަށް އެ އަލިފާންގަނޑަށް ވެއްޓިދާނެ ބިލެއް، މަޖިލީހުން ފާސްކުރަން ޖާގައެއް ނުދޭނެއެވެ. މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފެންނަނީ އެ މަންޒަރެވެ.

އެ ސަބަބާ ހުރެ ވެސް އެފަދަ މެމްބަރުން މަޖިލީހަށް އިންތިހާބުކުރަން ފުރުސަތު ދީގެންނުވާނެއެވެ.

ނަމަވެސް ގާސިމް މިއަދު އެ ހުންނެވީ އެ ކެންޑިޑޭޓުން ގޮވައިގެން، ޔާމީންގެ ތާއިދާ އެކު 32 މެމްބަރުން މަޖިލީހަށް އިންތިހާބު ކުރުމަށް ފޫގަޅާފައެވެ.

ނަމަވެސް އިސްލާހަށް ނުކުމެ، މަސައްކަތް ކުރި މީހުންނަށް އެއީ ހަޖަމް ކުރެވޭނެ ކަމަކަށް ވާނެތޯއެވެ؟ އަނބިދަރިންނާއި އާއިލާ ދޫކޮށް، ތޭރިތަކުގެ ފުރަގަހުގައި އެތައް ބަޔަކު ވީ ގުރުބާނީ ހަނދާންނެތުނީތޯއެވެ؟ އިސްލާހީ މަސައްކަތުގައި އުޅެނިކޮށް، ފުރާނަ ދިޔަ މީހުންގެ އާއިލާތަކުން ގާސިމަށް ހިތްހަލާސް ކުރާނެތޯއެވެ؟

ގާސިމް، ޔާމީނާ ބައިއަތު ހިތްޕެވުމުން، ޖޭޕީ އެ ވަނީ ދެކަފިވެ، ރެނދުލާފައެވެ. ޕާޓީގެ ކައުންސިލް މެމްބަރުންގެ މެދުގައި އެ ވަނީ ހިޔާލުތަފާތުވުން ބޮޑުވެފައެވެ. ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ފަސް ވަޒީރުންގެ ތެރެއިން ތިން ވަޒީރުން އެ ތިއްބެވީ ގާސިމްގެ ނިންމެވުމާ ދެކޮޅަށެވެ. އެ ޕާޓީގެ ފަރާތުން ނައިބު ރައީސް ކަމަށް ވަޑައިގެންނެވި، ފައިސަލް ނަސީމު ވެސް އެ ވަނީ ގާސިމްގެ ނިންމެވުމަށް ދެކޮޅު ހައްދަވާފައެވެ. ފާޅުގައި އެ ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމުގެ މަސައްކަތުގައި ނުކުންނަވާފައެވެ. ޕާޓީ ލީޑާޝިޕްގެ ލެވެލްގައި ގާސިމްގެ ނިންމެވުމަށް ދެކޮޅު ހަދަމުންދާއިރު، އާންމު މެމްބަރުން ތިއްބޭނެ ގޮތް ވިސްނަވާށެވެ.

ގާސިމަށް ޕާޓީގެ ތެރެއިން އޮތް ލޯތްބާއި ކުލުނު ވެސް އެ ދަނީ ގެއްލެމުންނެވެ. މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ލިބެން ހުރި ވޯޓު ވެސް ދެން ދާނީ ގެއްލިގެންނެވެ. ޔާމީނާ އެކު ގާސިމް ހުންނެވިކަން އެނގުނު ހިސާބުން ޖޭޕީގެ ބައެއް އާންމު މެމްބަރުން ވެސް، ޖޭޕީގެ ކެންޑިޑޭޓުންނަށް ދެން ވޯޓު ނުދޭނެއެވެ. އަނިޔާވެރިކަންނަށް މަދަދުވެރިވާން އެކަކުވެސް ނޭދޭނެއެވެ. ހުދު ގާސިމްގެ އަނބިކަނބަލުން ވެސް އެ ވަނީ އެކަން ސާބިތުކޮށްދެއްވާފައެވެ.

ޔާމީނާ އެކު، ގާސިމް އެ ކުރައްވާ މަސައްކަތުގެ ސަބަބުން ގެއްލުން ވާނީ އެމަނިކުފާނަށެވެ. ފަހު ވަގުތު ގިނިކަންނާ ހުންނަވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
02 އެޕްރީލު 2017

ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!

02 އެޕްރީލު 2017
ފައިސާ ގޯނީގެ އިއުތިރާފް އޮއްވާ، ގާސިމް ދެއިރު ދެދަޅަޔަށް ފުލުހަށް!
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
12 މާރިޗު 2017

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017
ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް