Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕެރަމޯޓަރ

ޕެރަމޯޓަރގެ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި

14 މާރިޗު 2019 | ބުރާސްފަތި 22:44

މިއީ އަލަށް ރާއްޖޭގައި ކުރިއަށް ގެންދެވުނު ހަރަކާތެއް

މިއުނާ ހަސަން
މިއުނާ ހަސަން | 14 މާރިޗު 2019 | ބުރާސްފަތި 22:44
ޕެރަމޯޓަރ ހަރަކާތުގެ ތެރެއިން

ޕެރަމޯޓަރ ހަރަކާތުގެ ތެރެއިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވުނު ޕެރަމޯޓަރ އިވެންޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

ޓޫއަރިޒަމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދެވުނު މި ހަރަކާތް ސްޕޮންސަރ ކޮށްފައިވަނީ ދިރާގުންނެވެ.

މާރޗް މަހުގެ އެއްވަނަ ދުވަހުން 14 ވަަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިހަރަކާތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައި، ރާއްޖޭގައި ވައިގެ ކުޅިވަރުތަކަށް އާންމުންގެ މަގުބޫލުކަން ހޯދުމެވެ. ހާއްސަ ގޮތެއްގައި ޕެރަމޯޓަރ ރާއްޖެއަށް ތާރަފް ކުރުމެވެ.

ދިރާގުން ސްޕޮންސަރ ކުރި މި ހަރަކާތުގެ ޝިޔާރެއްގޮތުގައި އެއްފަހަރު ބޭނުންކުރުމަށް ފަހު އެއްލާލެވޭ ޕްލާސްޓިކަށް ނޫނެކޭ ބުނުން ބޭނުންކޮށްފައިވާއިރު، ޕެރަމޯޓަރ ހަރަކާތުގެ ތެރެއިން ތިމާވެއްޓާ ރައްޓެހި ކޮތަޅު ވަނީ އާންމުނަށް ބަހާފައެވެ.

މި ހަރަކާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކޭތް ތެރިވި ފަރާތެއްކަމަށްވާ ޑޭވިޑް ހާރޑިންގްހަމް ބުނީ، ޕެރަމޯޓަރގައި 1،300 ކިލޯމީޓަރު ދަތުރު ކުރުމަކީ ތަފާތު ތަޖުރިބާއެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ ރާއްޖޭގައި މިފަދަ ހަރަކާތެއް ހިންގުނު މިއީ ފުރަތަމަ ފަހަރު ކަމަށާއި، މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ތަފާތު ގޮތަކަށް ޕްރޮމޯޓް ވެގެންދާނެ ކަމަށެވެ.

ޑޭވިޑް އިތުރަށް ބުނެފައިވަނީ، މި ހަރަކާތުގައި އެންމެ އުނދަގޫ ކަމަކަށް ދިމާވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައި ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ޕެރަމޯޓަރ ޖައްސާނެ ހިކިފަސްތަނެއް ފެންނަން ނެތުން ކަމަށެވެ. އޭނާގެ ވާހަކަ ނިންމާލަމުން ބުނެފައިވަނީ ޕެރަމޯޓަރ ހަރަކާތުގެ ތެރެއިން މަޑުކުރި ރައްރަށުގެ ރައްޔިތުންގެ ފަރާތުން ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ.

މި ހަރަކާތުގައި 12 ޕައިލެޓުން ޕެރަމޯޓާގައި އުދުހިފައިވާއިރު، މި ހަރަކާތުގެ ތެރެއިން ރާއްޖެ ދައްކުވައިދޭ ފިލުމެއް ހެދޭނެ ކަމަށް ޕެރަމޯޓަރ ޕައިލެޓުން ކަމަށްވާ ޓިމް ގްރީން އަދި އެންޓް ގްރީން ވަނީ ބުނެފައެވެ.

މި ހަރަކާތް ނިންމާލުމުގެ ގޮތުން އަދާރަން ރިސޯޓުގައި ބޭއްވުނު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދް ވިދާޅުވީ ޕެރަމޯޓަރ ހަރަކާތް ކުރިއަށް ގެންދިއުމުގެ ވިސްނުންއައީ އެބާފުޅާ ރައީސް ޔާމިން ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށް ސޯލްސްބެރީގައި ހުންނެވި ދުވަސްވަރު ކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުޅިވަރު މުހިންމު ކަމަށެވެ. ޕެރަމޯޓަރ ހަރަކާތްފަދަ ހަރަކާތް ތަކުގެ ސަބަބުން ގިނަބަޔަކަށް ރާއްޖެ އިނގި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރާނެކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ފަސް ވަނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި

29 އޯގަސްޓު 2017
ފަސް ވަނަ މޭރީބްރައުން ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ނިންމާލައިފި
13 މެއި 2017

މާލޭ ލީގު: ޓީސީ ބަލިކޮށް ހަ ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފި

13 މެއި 2017
މާލޭ ލީގު: ޓީސީ ބަލިކޮށް ހަ ޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފި
06 މެއި 2017

ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި

06 މެއި 2017
ތިންވަނަ ސްކޫލް ހޭންޑްބޯލް މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ނިންމާލައިފި
20 އެޕްރީލު 2017

ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި

20 އެޕްރީލު 2017
ވިލްޝެއާގެ ފަޔަށް ލިބުނު ބޮޑު އަނިޔާއާއެކު ސީޒަން ނިންމާލައިފި
18 އެޕްރީލު 2017

ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި

18 އެޕްރީލު 2017
ފުރަތަމަ އައިއޭއެސް ޓެނިސް ޗެމްޕިއަންޝިޕް ނިންމާލައިފި
15 އެޕްރީލު 2017

އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި

15 އެޕްރީލު 2017
އެމްއޯސީން ކުރިޔަށް ގެންދިޔަ ހައި ޕާފޯމެންސް މެންޓޯޝިޕް ޕްރޮގްރާމް ނިންމާލައިފި
14 މާރިޗު 2017

އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި

14 މާރިޗު 2017
އެޗްވަންއެންވަން ފެތުރޭތީ ކުޅިވަރުގެ ހަރަކާތް ހުއްޓުމަކަށް ގެނެސްފި
19 ފެބުރުއަރީ 2017

އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

19 ފެބުރުއަރީ 2017
އިންޓާ ސްކޫލް / ކޮލެޖް ބީޗް ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް