Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް

އެފްއައިވީބީ ލެވެލް ދޭއްގެ ކޯޗިން ކޯހުގެ ބައިވެރިން ތައިލެންޑަށް ފުރައިފި

13 މާރިޗު 2019 | ބުދަ 16:55

ކޯހުގެ ބައިވެރިން ތައިލެންޑަށް ދިޔައީ ޕްރެކްޓިކަލްބައި ފުރިހަމަ ކުރުމަށް

މިއުނާ ހަސަން
މިއުނާ ހަސަން | 13 މާރިޗު 2019 | ބުދަ 16:55
އެފްއައިވީބީގެ ބައިވެރިންނާއި ޔޫތު މިނިސްޓަރު އަދި އޮފިޝަލުން

އެފްއައިވީބީގެ ބައިވެރިންނާއި ޔޫތު މިނިސްޓަރު އަދި އޮފިޝަލުން

އެފްއައިވީބީ ލެވެލް ދޭއްގެ ވޮލީބޯލް ކޯޗިން ކޯހުގެ ބައިވެރިން ތައިލެންޑްއަށް ފުރައިފިއެވެ.

ކޯހުގެ ބައިވެރިން އޮންލައިންކޮށް ކިޔަވާބައި ނިންމުމަށް ފަހު ޕްރެކްޓިކަލްބައި ފުރިހަމަ ކުރުމަށް ތައިލެންޑްއަށް ފުރީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދުއާއި ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އަދި އޮފިޝަލުން ވަނީ އެފްއައިވީބީ ކޯހުގެ ބައިވެރިންނާއި ބައްދަލު ކުރައްވާފައެވެ.

ބައިވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.

ކޯސް ނިންމުމަށް ތައިލެންޑަށް ފުރާފައިވަނީ މުހައްމަދު ސާޖިދް، އިބްރާހިމް ރަޝީދް، މުހައްމަދު ސޮފްވާން، މުހައްމަދު ރިޝްވާންގެ އިތުރުން އިބްރާހިމް ފަލާޙްއެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓްރީ މުހައްމަދު ޝާފީ ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގެ ކޯޗުން ތަމްރީނު ކުރުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީބޯޅަ ދިރުވާ އާލާކޮށް، ރައްރަށުގައި ވޮލީބޯލް ޕޫލް ހިންގޭވަރަށް ކޯޗުން ތައްޔާރު ކުރުން ކަމަށެވެ.

ޝާފީ އިތުރަށް ވިދާޅުވީ، ތައިލެންޑަށް ދިޔަ ބައިވެރިން އެނބުރި އައުމަށްފަހު އެންމެ ބޮޑު އިސްކަމެއްދޭނީ އަތޮޅު މުބާރާތަށާއި އިންޓަރ ސްކޫލް ވޮލީބޯލް މުބާރާތަށް ކުޅުންތެރިން ތަމްރީނު ކުރުމަށް ކަމަށެވެ.

ތައިލެންޑެގެ ވޮލީބޯލް ޑިވެލޮޕްމެންޓް ސެންޓާރގައި އެފްއައިވީބީ ލެވެލް ދޭއްގެ ކޯސް ކުރިއަށް ދާއިރު، މާރޗްމަހުގެ 14 ވަނަ ދުވަހު އެފްއައިވީބީ ލެވެލް އެކެއްގެ ކޯސް 36 ބައިވެރިންނާއި އެކު މާލޭގައި ފެށޭނެއެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ތައިލެންޑެގެ ވޮލީބޯލް ޑިވެލޮޕްމެންޓް ސެންޓާރގެ ކޯޗެކެވެ.

ވޮލީބޯޅަ ކުރިއެރުވުމަށް ކޯޗުންނާއި ރެފްރީން ތަމްރީނުކުރުމަށް އެ އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުރަށް ކިޔާލަން

03 ޖެނުއަރީ 2019

މެސީ ހުރީ މެރެޑޯނާ އާއި ޕެލޭގެ ލެވެލްގައެއް ނޫން: ޒިކޯ

03 ޖެނުއަރީ 2019
މެސީ ހުރީ މެރެޑޯނާ އާއި ޕެލޭގެ ލެވެލްގައެއް ނޫން: ޒިކޯ
31 މެއި 2018

ޖެރާޑްގެ ފަހަތުން ލަމްޕާޑް ވެސް ކޯޗިން ދާއިރާއަށް

31 މެއި 2018
ޖެރާޑްގެ ފަހަތުން ލަމްޕާޑް ވެސް ކޯޗިން ދާއިރާއަށް
22 އޮކްޓޯބަރު 2017

މިއަހަރު ކުޅުން ހުއްޓާލުމަށް ފަހު، ފަރޭގެ ވިސްނުން ކޯޗިން އަށް

22 އޮކްޓޯބަރު 2017
މިއަހަރު ކުޅުން ހުއްޓާލުމަށް ފަހު، ފަރޭގެ ވިސްނުން ކޯޗިން އަށް
09 އޮކްޓޯބަރު 2017

ތައްޔާރީތައް ދިޔައީ އޭޝިއަން ކަޕް ލެވެލްގައެއް ނޫން، އޮމާން އަތުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ގައުމީ ކޯޗު

09 އޮކްޓޯބަރު 2017
ތައްޔާރީތައް ދިޔައީ އޭޝިއަން ކަޕް ލެވެލްގައެއް ނޫން، އޮމާން އަތުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ: ގައުމީ ކޯޗު
03 ސެޕްޓެމްބަރު 2017

ކުޅުން ހުއްޓާލުމަށް ފަހު ކުރިޔަށް ދާނީ ކޯޗިން ދާއިރާއިން: ކޮމްޕެނީ

03 ސެޕްޓެމްބަރު 2017
ކުޅުން ހުއްޓާލުމަށް ފަހު ކުރިޔަށް ދާނީ ކޯޗިން ދާއިރާއިން: ކޮމްޕެނީ
29 މެއި 2017

ހޭންޑްބޯލް ކޯޗިން ކޯސް ލެވެލް ވަން އަންނަ ޖުލައި މަހު ފަށަނީ

29 މެއި 2017
ހޭންޑްބޯލް ކޯޗިން ކޯސް ލެވެލް ވަން އަންނަ ޖުލައި މަހު ފަށަނީ
02 އެޕްރީލު 2017

ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން

02 އެޕްރީލު 2017
ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕް: މިއަހަރުގެ ޓާގެޓަކީ ލެވެލް މަތިކުރުން
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
18 ފެބުރުއަރީ 2017

އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި

18 ފެބުރުއަރީ 2017
އައްޑޫ ސިޓީގައި ބޭސިކް ސްވިމިންގް ކޯޗިންގް ކޯހެއް ފަށައިފި
07 ޖެނުއަރީ 2017

ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)

07 ޖެނުއަރީ 2017
ވޮލީބޯލް ކޯޗިން ކޭމްޕެއް ހިންގުމަށް ޗިޗޫ ސިންގަޕޫރަށް (2 ޖެނުއަރީ)
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް