Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ ރައީސް ނަޝީދު

ވޯޓު ހޯދަން އުޅުމަކީ ބިރުދެއްކުން ކަމަށް ރައްޔިތުން ދެކުނު: ރައީސް ނަޝީދު

13 މާރިޗު 2019 | ބުދަ 03:52

އެމްޑީޕީން ނުކުތީ އަނިޔާވެރިކަން ނިންމުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 13 މާރިޗު 2019 | ބުދަ 03:52
ކުރީގެ ރައީސް މުހައްމަދު ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

މިފާއިތުވެދިޔަ އަހަރުތަކުގަ ވޯޓު ހޯދަން އުޅުމަކީ ބިރުދެއްކުން ކަމަށް ރައްޔިތުން ދެކުނު ކަމަށާއި، އެވިސްނުން ބަދަލުކޮށްދިނީ އެމްޑީޕީން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އއ.ތޮއްޑޫގައި ބޭއްވި ކެންޕޭން ޖަލްސާގައި އެމްޑީޕީގެ ރައީސްކަން ކުރައްވާ ނަޝީދު ވިދާޅުވީ އެއްއިރެއްގަ ވޯޓު ހޯދުމަކީ ބިރުދެއްކުން ކަމަށް ރައްޔިތުން ދެކުނު ކަމަށެވެ.

Advertisement - newsAdvertisement

ނަޝީދު ވިދާޅުވީ ވޯޓު ހޯދުމުގެ ބޭނުމުގައި ބައެއް މީހުން ވަޒީފާއިން ވަކިކުރާނެ ކަމަށް ބިރު ދައްކާ ކަމަށާއި، ހައްޔަރުކޮށް އަނިޔާކުރާނެކަމުގެ ބިރު ދެއްކި ކަމަށެވެ. އަދި އަނބިދަރިންނާ ވަކިކުރާނެ ކަމުގެ ބިރާއި، މިލްކިއްޔާތު ނަގާނެ ކަމުގެ ބިރު ވެސް ދެއްކި ކަމަށެވެ.

"ބިރުވެރިކަމެއްގެ ތެރޭގައި ރައްޔިތުން ބޭއްތިއްބީމަ ބިރުން ގޮސް ހެޔޮ ފާހަގަޖަހާނެ ކަމަށް ވިސްނިގެން ވޯޓު ހޯދުމަށް ކުރާ މަސައްކަތް.އަޅުގަނޑުމެން އެމްޑީޕީން އެދުވަހު ވެސް ނުކުމެތިބީ މިއީ ކޮންކަމެއްކަން އެނގިގެން. ގައުމެއް ތަރައްގީވެދަނީ ވަކި ޚާއްސަ ކަންތައްތަކެއް ވަކި އިރެއްގަވަކި ގޮތަކަށް ކުރެވުނީމަ ކަން ސާފު." ނަޝީދު ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ މީގެ ކުރިން އެޖަލުތަކުގަ އެތައް ރައްޔިތަކަށް ނުހައްގު އަނިޔާދީފައިވާ ކަމަށެވެ. އެމްޑީޕީން ނުކުތީ އަނިޔާވެރިކަން ނިންމާ ބޭސް ސިޓީއަށް ސަލާން ޖެހުން ހުއްޓުވައި، ފޮތް ލިސްޓް ހޯދުމަށް ރައްޔިތުން ކުރި އާދޭސްތަކަށް ނިމުން ގެނައުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފުރަތަމަ މެނިފެސްޓޯ ހުށަހަޅަމުން ފާހަގަކުރީ އިޖްތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދޭން ކަމަށެވެ.

އެގޮތުން ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއްދޭނެ ކަމަށާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނާއި، ނުކުޅެދޭފަރާތްތަކަށް އިނާޔަތެއްދޭނެ ކަމަށާއި، ބަލިވީމަ ދެކޮޅު ޓިކެޓާއި، ތީމުގެއިންދޭ 200 ޑޮލަރު މަދުމީސްކޮޅަކަށް ދިނުމުގެ ބަދަލުގަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުއޮތްނަމަ އެމީހަކުވީ ބައްޔަކަށް ބޭސްކޮށްދިނުމަށް އޮންނަ ނިޒާމެއް އުފެއްދުން ކަމަށާ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅުވާލުން ކަމަށެވެ. މިކަންކަން ތަންފީޒު ކުރީ އެމްޑީޕީން ކަމަށް ނަޝީދު ވިދާޅުވިއެވެ.

2008 ވަނަ އަހަރު އެމެނިފެސްޓޯ ހުށަހެޅިއިރު ސިޔާސީ މަސައްކަތްތަކުގެ ތެރޭގައި މިބާވަތުގެ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި، ރައްޔިތުންގެ ހިޔާލަށް ވެސް ނުގެނެވޭ މިކަންކަން ތަންފީޒު ކޮށްދިނީ އެމްޑީޕީން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަހަރުގެ މަޖިލިސް އިންތިޚާބަށް އެކުލަވާލި އެޖެންޑާ19 އަކީ އެމްޑީޕީގެ ތަޖުރިބާއާ، ރައްޔިތުންގެ މަސްލަހަތަށް އެކުލަވާލައިފައިވާ އެޖެންޑާއެއް ކަމަށެވެ. އަދި މިއެޖެންޑާގެ ކަންކަން ތަންފީޒު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް