Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

މާލެ މެނޭޖްކުރަނީ ވަރަށް ދަތި ހާލުގައި: މޭޔަރ ޝިފާ

13 މާރިޗު 2019 | ބުދަ 04:46

ޖާގައިގެ ދަތިކަމާއި، ޓެކްނިކަލް މީހުން ނެތުމުން ބޮޑެތި ގޮންޖެހުން ހުރިކަން ފާހަގަކުރެއްވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 13 މާރިޗު 2019 | ބުދަ 04:46
މޭޔަރ ޝިފާ މުހައްމަދު

މޭޔަރ ޝިފާ މުހައްމަދު

މާލެ ސިޓީ ކައުންސިލުން މާލެ މެެނޭޖް ކުރަނީ ވަރަށް ދަތި ހާލުގައި ކަމަށް މޭޔަރ ޝިފާ މުހައްމަދު ވިދާޅުވވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި އެކު ހޯމަދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝިފާ ވިދާޅުވީ، ސިޓީ ކައުންސިލް ހިންގުމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ، މާލީ ތަނަވަސްކަން ނެތުމާއި، ޓެކްނިކަލް މީހުން ނެތުން ކަމަށެވެ.

Advertisement - newsAdvertisement

ޝިފާ ވިދާޅުވީ ސިޓީކައުންސިލުން ނެގި، ގިނަ މަސައްކަތްތައް އަނބުރާ އާ ސަރުކާރުން ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މިވަގުތު އޮތް އެންމެ ބޮޑު ދައްޗަކީ މާލީ ފޯރުންތެރިކަން ނެތުން ކަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން މާލީގޮތުން ސިޓީކައުންސިލަށް ލިބެންޖެހޭ ތަނަވަސްކަން ލިބޭނޭ މަގު ވީ އެންމެ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހަމަޖެހިގެން ދާނެމަގު ފަހިވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މޭޔަރ ޝިފާ ވިދާޅުވިގޮތުގައި، މާލެ އޮތީ މައްސަލަތަކުން ފުނިޖެހިފައެވެ. މަގުތައް ހުރީ އަލުން ހަދަން ޖެހިފައެވެ. ރިންގް ރޯޑް ފިޔަވާ އަލުން އާބާތުރަ ފިލުވަން ނުޖެހޭ އެއްވެސް މަގެއް ނެތް ކަމަށް ޝިފާ ވިދާޅުވިއެވެ. ކުނި މެނޭޖް ކުރަނީ އެހާމެ ދަތި ހާލުގައެވެ. ކުޑަމިނުން މާލޭގެ މަގުބައްތިތައް ބަދަލު ކޮށްލާނެ އެކަށީގެންވާ ވަސީލަތެއް ސިޓީކައުންސިލުގައި ނެތް ކަމަށް ވިދާޅުވިއެވެ.

މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމުގައިވާ ކުނީގެ މައްސަލައާއި ބެހޭ ގޮތުން މޭޔަ ވިދާޅުވީ، ކުނި އަޅާ މީހުން ދެނެގަނެ ޖޫރިމަނާކުރުމުގެ ކަންކަން އުސޫލެއްގެ ތެރެއިން ކުރަން ފެށުމުން އެކަށީގެންވާ ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށެވެ.

"ކުނިއެޅުމަށް ވަރަށް ބޮޑު ހައްލެއް އައިސްފި. ކުނި ބަހައްޓަނީ ގިނައިން ކޮންސްޓްރަކްޝަން ސައިޓް ތަކުން. އެތަނަށް ދެން އާއްމުން ކުނިއަޅަނީ. މާލޭސިޓީ އަށް ކުނިއަޅާ މީހާއާއި ދިމާލަށް ކުނި ނާޅާށޭ ބުނުމުގެ ހިތްވަރު ކޮންމެ ބޭފުޅެއްގައި ވެސް ހުންނަށް ޖެހޭ. މާލޭ ސިޓީއަކީއެންމެންގެ ތަނެއް" މޭޔަރ ޝިފާ ވިދާޅުވިއެވެ.

މާލޭގެ މަގުތަކުގައި އަޅާފައިވާ ވޯޓަރިންގެ ހޮޅިތަކުގެ މައްސަލަ ވަރަށް ބޮޑުކަމަށާއި، މަސައްކަތް ނިމިފައި ހުރި ހޮޅިތައް ނެގުމަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހޮޅިތަކުގައި މަސައްކަތް ކުރާ ކުންފުނީގެ ނަންޖަހާފައި އޮންނަން ޖެހޭއއިރު އެކަން ކޮށްފައި ނެތުމަކީ މައްސަލައެއް ކަަމަށް މޭޔަރ ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ނިމިފައިހުރި ތަންތާނގެ ހޮޅިތައް ވެސް ނުނަގާހުރި ކަމަށް ފާހަގަކުރެވި އެކަމުގެ ސާވޭއެއް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ސިޓީކައުންސިލް ހިންގުމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކުރައްވަމުން، ސިޓީކައުންސިލްގެ އިމާރާތުގެ ޖާގައިގެ ދަތިކަން މޭޔަރ ފާހަގަކުރެއްވިއެވެ. އަދި އެންމެ ކުރިން ސިޓީކައުންސިލް ހިންގި ބިއްލޫރިޖެހިގެ އިމާރާތުން ސިޓީކައުންސިލް ބޭރުކުރިއިރު، ގިނަ އަދަދެއްގެ މުދާ ގެއްލިފައިވާ ކަމަށް ވިދާޅުވިއެވެ.

"ބިއްލޫރިޖެހިގެއިން ނެރުނު އިރު އެތަނުގައި ހުރި ގިނަ މުދާ ވީނުވީއެއް ނޭނގޭ. މި ހަފްތާގައި ފުލުހުންނާއި ބައްދަލުކޮށް އެ މުދާތައް ހޯދުމުގެ މަސައްކަތް ކުރާނަން. ބައެއް މުދާތައް ތަންތަނުގައި ގުޅައަކަށް ޖަހާފައި އެބަހުރި" މޭޔަރ ވިދާޅުވިއެވެ.

ބިއްލޫރިޖެހިގެއިން ހުރަވީ ބިލްޑިންގ އަށް ބަދަލުކޮށް އެތަނުގައިވެސް ތިބެވޭގޮތެއް ނުވިކަމަށާއި، އެތަނުން ނެރުނު އިރު، ރައްޔިތުންގެ އެތައް ބައިވަރު އަގުބޮޑު ކުރެހުންތައް ބަހައްޓާނެޖާގަ ނެތުމުން އަދިވެސް ހުރީ ބިންމަތީގައި ކަމަށް މޭޔަރ ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލަށް ހިންގާނެ ޖާގައާއި، މާލީ ތަނަވަސްކަމާއި، ސިވިލް ސާވިސްގެ އެހީ ވެސް ވަރަށްބޮޑަށް ބޭނުންވާކަމަށް މޭޔަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކަށް އެހީތެރިވާ ބޯޓުފަހަރާ ކުންފުނިތަކަށް އީރާނުގެ އަސްކަރިއްޔާ އިން ފާރަލާން ފަށައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް