Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

''ކަލަންކް''ގެ ޓީޒާ ދައްކާލައިފި

"ކަލަންކް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 17 ގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 12 މާރިޗު 2019 | އަންގާރަ 16:14
\'\'ކަލަންކް\'\'ގައި ފެނިގެންދާ ތަރިން

\'\'ކަލަންކް\'\'ގައި ފެނިގެންދާ ތަރިން

ބޮލީވުޑްގެ ފިލްމް އުފައްދާ މަޝްހޫރު ފަންނާނެއް ކަމަށްވާ ކަރަން ޖޯހަރު އޭނާގެ އަންނަން އޮތް ފިލްމް "ކަލަންކް" ގެ ޓީޒާ ދައްލާލައިފިއެވެ.

މި ފިލްމްގެ ޓީޒާ ލައުންޗް ކޮށްފައި ވަނީ އަންގާރަ ދުވަހު ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މި ހަފްލާގައި މި ފިލްމުގައި ފެނިގެންދާ ހުރިހާ ތަރިން ވަނީ ބައިވެރި ވެފައެވެ. މި ހަފްލާގައި ފިލްމްގައި ހިމެނޭ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ވަރުން ދަވަނަ ފެނިގެންދަނީ ހުދު ކުލައިގެ ހެދުމެއްގައެވެ. އަދިތްޔާ ރޯއީ ކަޕޫރާއި ސޯނާކްޝީ ސިންހާ ފެނިގެންދަނީ ރަތް ކުލައިގެ ހެދުމުގައެވެ. މީގެ އިތުރުން ސަންޖޭ ދަތާއި މާދުރީ ޑިކްސިޓް ފެނިގެންދަނީ ކަޅު ކުލައިގެ ހެދުމެއްގައެވެ.

"ކަލަންކް" އަކީ 1940 ގެ އަހަރުތަކުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔަރުކޮށްފައިވާ ފިލްމެކެވެ.

މި ފިލްމު އެންމެ ހާއްސަވާ އެއް ސަބަބަކީ "ކަލަންކް"އަކީ ބައްޕަ އަދި ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރު މީގެ 15 އަހަރު ކުރިން ގެނެސް ދޭން އުޅުނު ފިލްމަކަށް ވުން ކަމަށް ކަރަން ވަނީ ބުނެފައެވެ. އަދި މި ފިލްމްގެ މަސައްކަތް ފެށުމަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށް ކަރަން ވަނީ ބުނެފައެވެ.

"ކަލަންކް" އަކީ 2014 ގައި ރިލީޒް ކުރި "ޓޫ ސްޓޭޓްސް" ޑައިރެކްޓަރ އަބީޝެކް ވަރުމަންގެ ޑައިރެކްޓް ކޮށްފއިވާ ފިލްމެކެވެ.

"ކަލަންކް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 17 ގައެވެ.

މި ފިލްމަކީ 21 އަހަރުގެ މެދުކެނޑުމަކަށް ފަހު ސަންޖޭދަތާއި މާދުރީ ޑިކްސިޓް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.

އިތުރަށް ކިޔާލަން

14 އޯގަސްޓު 2017

ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި

14 އޯގަސްޓު 2017
ސަންޖޭ ދަތުގެ "ބޫމީ"ގެ ޓްރެއިލާ ދައްކާލައިފި
13 އޯގަސްޓު 2017

"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި

13 އޯގަސްޓު 2017
"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި
10 އޯގަސްޓު 2017

ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި

10 އޯގަސްޓު 2017
ލެކިއުޓުން މޯލްޑިވްސް އާޓިސްޓް ކޮމިއުނިޓީ އާއި ގުޅިގެން ބާޗީގެ ކުރެހުންތައް ދައްކާލައިފި
16 ޖުލައި 2017

ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި

16 ޖުލައި 2017
ބިޔޯންސޭގެ އެއްމާބަނޑު ދެ ކުދިން ދައްކާލައިފި
01 ޖުލައި 2017

ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި

01 ޖުލައި 2017
ނޯޓީ 40" ގެ ދެވަނަ ޓީޒާ ރިލީޒްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު