Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހޮލީވުޑް

ޖެނިފާ ލޮޕޭޒް އެންގޭޖް ވެއްޖެ

އެ ދެ މީހުން ގެ ދެވަނަ އެނިވާސަރީ ފާހަގަ ކޮށްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 11 މާރިޗު 2019 | ހޯމަ 15:50
ޖެނިފާ ލޮޕޭޒް އާޢި އެލެކްސް ރޮޑްރިގޭޒް

ޖެނިފާ ލޮޕޭޒް އާޢި އެލެކްސް ރޮޑްރިގޭޒް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ބަތަލާ އަދި ޕްރޮޑިއުސަރ ޖެނިފާ ލޮޕޭޒް ކުރީގެ ޔޫއެސް ބޭސްބޯލް ކުޅުންތެރިޔާ އެލެކްސް ރޮޑްރިގޭޒްއާ އެންގޭޖް ވެއްޖެއެވެ.

އާންމު ނަމުން ނަމަ ޖޭލޯ އާއި އޭ ރޮޑް އެކުގައި އުޅޭތާ ވަނީ ދެ އަހަރު ވެފައެވެ.

"ލަވް ޑޯންޓް ކޯސްޓް އަ ތިންގް" އަދި "ޖެނީ ފްރޮމް ދަ ބްލޮކް" ފަދަ ހިޓް ލަވަތައް ކިޔާފައިވާ ލޮޕޭޒް ވަނީ އެންގޭޖްމަންޓް ރިންގްގެ ފޮޓޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. ރޮޑްރިގޭޒް ވެސް ވަނީ ޓްވިޓާގައި ހަމަ އެފޮޓޯ ހިއްސާ ކޮށްފައެވެ. ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައި ވަނީ "ޝީ ސެއިޑް ޔެސް" އެވެ.

އެ ދެ މީހުން ގެ ދެ ވަނަ އެނިވާސަރީ ފާހަގަ ކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލޮޕޭޒް، 49، އާއި އެލެކްސް، 43، އެންމެ ފުރަތަމަ ބައްދަލުވީ 2005 ވަނަ އަހަރު ނިއު ޔޯކްގެ ކްއީންސްގެ ޝިއާ ސްޓޭޑިއަމުންނެވެ.

މިހާރު ދެ ކުދިން ވެސް ތިބި ލޮޕޭޒް، އެލެކްސްއާ އެންގޭޖްވި އިރު، ކުރިން އޭނާ ވަނީ ތިން ކައިވެންޏެއްކޮށްފައެވެ. އަދި މިއީ ލޮޕޭޒްގެ ހަތަރު ވަނަ ކައިވެންޏަށް ވެގެންދާނެއެވެ. އެ ދެ މީހުން އެންގޭޖް ކުރި ކަމުގައި ވީނަމަވެސް ކައިވެނި ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ
17 މާރިޗު 2017

ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ

17 މާރިޗު 2017
ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ
16 މާރިޗު 2017

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ
08 މާރިޗު 2017

ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ

08 މާރިޗު 2017
ވިޝްކާގެ މައްސަލާގައި ރިޝްމީގެ ފަރާތުން ކޯޓުގައި ޖަވާބުދާރީ ވެއްޖެ
08 މާރިޗު 2017

ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ

08 މާރިޗު 2017
ނޫރަށް ފަހު ނޫސްވެރިންނަށް ކުރާ އިޚުތިރާމް އިތުރުވެއްޖެ: ސޮނާކްޝީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު