Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ަރައީސް ސޯލިހު

''އިބޫ އޯކޭ އީ ކުޑަކުދިންނާއި ސަލާންކުރާތީ''

"އިބޫ އޯކޭ" ތަސްވީރު އޭނާ ވަނީ ރައީސް ސޯލިހަށް ހަދިޔާކޮށްފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 11 މާރިޗު 2019 | ހޯމަ 10:49
އިބޫ އޯކޭ ތަސްވީރު އަންޖަލްގެ ވައިޓް ބޯޑްގައި ކުރަހަނީ

އިބޫ އޯކޭ ތަސްވީރު އަންޖަލްގެ ވައިޓް ބޯޑްގައި ކުރަހަނީ

ރިޔާސީ އިންތިޚާބު ނިމި އިބްރާހިމް މުހައްމަދު ސޯލިހު ހުރިހާ އެންމެނަށް "އޯކޭ" ވެ ރައީސްކަން ވެސް ލިބިއްޖެއެވެ. ނަމަވެސް "އިބޫ އޯކޭ" ލިޔެފައި ތަސްވީރު ކުރެހި ކުއްޖާއަކީ ކާކު ކަމާއި، އެ ކުއްޖާ އެ ތަސްވީރު ކުރެހީ ކީއްވެގެންކަން ގިނަ ބަޔަކަށް ނޭނގެއެވެ.

އަނެއްކާ "އިބޫ އޯކޭ" ތަސްވީރު ކުރެހި ކުއްޖާގެ ފޮޓޯ ވައިރަލްވެގެން ދިޔައެވެ. މި ފަހަރު ވައިރަލް ވެގެން ދިޔައީ "އިބޫ އޯކޭ" ތަސްވީރު ކުރެހި ކުއްޖާ އެ ތަސްވީރު އެ ކުއްޖާ ކުރެހިތާ އެއް އަހަރު ފަހުން ރައީސް ސޯލިހަށް ހަދިޔާއަކަށް ދިނުމުންނެވެ. ރައީސް ސޯލިހު ވަނީ "އިބޫ އޯކޭ" ތަސްވީރު ކުރެހި ކުއްޖާއާ އެކު ހެދުނުގެ ފަރިކޮޅަކަށް އިންސާފުކޮށްލައްވާފައެވެ.

"އިބޫ އޯކޭ" ތަސްވީރު އަންޖަލް ރައީސް ސޯލިހަށް ދެއްވަނީ

"އިބޫ އޯކޭ" ތަސްވީރު ކުރަހާފައި ވަނީ ހިތަދޫ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ މަރިޔަމް އަންޖަލް ސިޖްނީންއެވެ. އެ ތަސްވީރު ކުރެހި އިރު އަންޖަލްގެ އުމުރުން އެންމެ ހަ އަހަރެއެވެ. އެހާ ރަނގަޅަށް ޖުމްލަތައް ގުޅުވައިގެން ލިޔަން ވެސް ނޭނގެއެވެ.

"އިބޫ އޯކޭ" ތަސްވީރު ކުރެހުމަށް ފަހު ތަސްވީރުގެ އެއް ފަރާތުގައި އަންޖަލް ވަނީ މެސެޖެއް ވެސް ލިޔެފައެވެ. ލިޔެފައި ވަނީ "އިބޫއަކީ ވަރަށް ރަނގަޅު ރައީސްއެކެވެ. އަދި އޭނާ ކުދިން ދެކެ ލޯބިވެއެވެ. އަދި އިބޫގެ ކުލައަކީ ރީނދޫކުލައެވެ. އިބޫ އޯކޭ. އިބޫގެ ވާހަކަ" އެވެ. އޭރު އަންޖަލްއަކަށް އެހާ ރަނގަޅަށް ލިޔަންވެސް ނޭނގެއެވެ. ނަމަވެސް އަންޖަލް ބުނަން ބޭނުންވާ މެސެޖް އޭނާގެ ވައިޓް ބޯޑްގައި އެ ދުވަހު ލިޔުނީ އަންޖަލްގެ މަންމައަށް ސަޕްރައިޒްއެއް ދިނުމަށެވެ. ސަބަބަކީ އަންޖަލްގެ މަންމައަކީ ރައީސް ސޯލިހަށް ތާއީދްކުރާ މީހަކަށް ވާތީއެވެ.

""މަންމައަށް ސަޕްރައިޒް ދޭން ވެގެން" އަންޖަލް ބުންޏެވެ.

އެއްގޮތަކަށް ވެސް ގެއިން ނުނިކުންނަ އަދި ސިޔާސީ އެއްވެސް ހަރަކާތެއް ދުވަހަކު ވެސް ލޮލުން ނުދެކޭ އަންޖަލްއަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ސޯލިހު ޓީވީން އޭނާއަށް ފެންނައިރު، ފެނުނީ ކުޑަކުދިން އުރާލާ މަންޒަރާއި ކުޑަކުދިން ގޮވައިގެން ފޮޓޯ ނަގާ މަންޒަރެއެވެ. އެ ހިސާބުން އަންޖަލް އެންމެ ލޯބިވާ ރައީސްއަކަށް ރައީސް ސޯލިހު ވަނީ ވެގެން ގޮސްފައެވެ.

"އިބޫ ދެކެ ލޯބިވަނީ ކުޑަކުދިންނާއި ސަލާންކުރާތީވެ،" އިބޫއާ އެކީގައި ވަރަށް ގިނައިން ފޮޓޯ ނަގާ ހިތްވޭ،" އަންޖަލް ބުންޏެވެ.

އެ ހިސާބުން އަންޖަލް އެންމެ ބޭނުންވެފައި ވަނީ އެހެން ކުދިންނެކޭ އެއްގޮތަށް ރައީސް ސޯލިހު ސަލާންކޮށް ފޮޓޯ ނަގާށެވެ. އަދި އޭނާގެ މަންމަ އާއި މާމަ ކައިރީ އޭނާ އެކަމަށް އެ ދެމުން ވެސް ދިޔައެވެ. އަންޖަލްގެ މަންމަ އޭނާއަށް ވައުދުވެފައި ވަނީ ރިޔާސީ އިންތިޚާބު ރައީސް ސޯލިހު ކާމިޔާބުކުރައްވައިފި ނަމަ އޭނާ ގޮވައިގެން ރައީސް ސޯލިހާ ސަލާން ކުރަންދާނެ ކަމަށެވެ. ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ފަހުން އައްޑޫ ސިޓީއަށް ނިމިދިޔަ ހަފްތާ ބަންދުގައި ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އޭނާގެ މަންމަވަނީ ރައީސް ސޯލިހުއާ ސަލާންކުރަން އަންޖަލް ގޮވައިގެން ގޮސްފައެވެ. އަންޖަލް ބުނީ ރައީސް ސޯލިހާއި ސަލާން ކުރެވުމުން އޭނާ ވަރަށް އުފާވި ކަމަށެވެ. އަދި އެކަން އޭނާ ވަނީ އިޝާރާތުން ދައްކާފައެވެ.

""އިބޫ އާއި ބައްދަލުވީމައި ވަރަށް އުފާވި،" އަންޖަލް ބުންޏެވެ.

ބޮޑުވެގެން އެއަރ ހޮސްޓެސްއަކަށް ވާން ބޭނުން އަންޖަލް ބުނީ އޭނާ އެންމެ ބޭނުމީ ރައީސް ސޯލިހުއާ އެކު ވަރަށް ގިނަ ފޮޓޯ ނަގަން ކަމަށާއި، އަދި ރައީސް ސޯލިހުއާ އެކު ރަށްރަށަށް ދާން ކަމަށެވެ.

"އިބޫ އާއި އެކީގައި ވަރަށް ގިނައިން ފޮޓޯ ނަގާ ހިތްވޭ. އިބޫގެ ފަރާތުން އެންމެ ބޭނުންވަނީ އިބޫއާ އެކީގައި ރަށްރަށަށް ދާން،" އަންޖަލް ބުންޏެއެވެ.

ރިޔާސީ ގަނޑުވަރު އެންމެ ބަލަން ބޭނުންވާ އަންޖަލް މިހާތަނަށް ވަނީ ރައީސް ސޯލިހުގެ ދެ ތަސްވީރެއް ކުރަހާފައެވެ. ކުރެހުމަށް ޝައުގުވެރިކަން ހުންނަ އަންޖަލް ބުނީ އޭނާ ރައީސް ސޯލިހުގެ ތަސްވީރު ވަރަށް ކުރަހާ ހިތްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީއިން ނެރޭ ކެންޑިޑޭޓަކީ އިބޫ؟

އެމްޑީޕީއިން ނެރޭ ކެންޑިޑޭޓަކީ އިބޫ؟

29 ޖޫން 2018
ނަޝީދަށްފަހު އިބޫތަ؟

ނަޝީދަށްފަހު އިބޫތަ؟

13 ޖޫން 2018
އިބޫގެ ޓްވިޓާ އެކު ޅެމުގެ ގުލްޒާރަކަށް!

އިބޫގެ ޓްވިޓާ އެކު ޅެމުގެ ގުލްޒާރަކަށް!

11 ޖޫން 2018
އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

އިބޫ އާއި ޝިފާޒު ވިދާޅުވި ވައްކަމުގެ ބިނާ ދެކިބަލަ!

31 މާރިޗު 2018
އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

އެންމެންގެ އިބޫ ކުޑަގޮޅީގައި: ހައިރާން ކުރުވި ޝަހްސިއްޔަތެއް

27 މާރިޗު 2018

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު