ކ. މާލެ
|
10 މާރޗް 2019 | އާދީއްތަ 23:40
އެލެކްސަސް ސަންޗޭޒް
އެލެކްސަސް ސަންޗޭޒް
ގެޓީ އިމޭޖަސް
އެލެކްސަސް ސަންޗޭޒް
ޔުނައިޓެޑު ދޫކޮށްލަން ސަންޗޭޒް ބޭނުމެއް ނުވޭ
 
ސަންޗޭޒްގެ އެއްބަސްވުން ހަމަވާނީ 2022 ގައި

މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލަން އެ ކްލަބަށް ކުޅެމުން އަންނަ ޗިލީގެ ފޯވާޑް އެލެކްސްސަސް ސަންޗޭޒް ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޔުނައިޓެޑު ދޫކޮށްލަން ސަންޗޭޒް ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނަން ފަށާފައި ވަނީ، އޭނާ ޔުނައިޓެޑު ދޫކޮށްލަން އުޅޭ ކަމަށް އަޑުތައް ފެތުރެން ފަށާފައިވަނިކޮށެވެ.

ދާދި ފަހުން މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ "ދަ ސަން" އިން ބުނީ ސަންޗޭޒް ޕީއެސްޖީ އަށް ދޫކޮށްލުމަށް ޔުނައިޓެޑުން ނިންމާފައިވާ ކަމަށާއި، ކުރިއަށް އޮތް ޓްރާންސްފާގައި އެކަންތައް ކުރިއަށްދާނެ ކަމަށެވެ.

ސަންޗޭޒް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޖަރުމަން އަދި އިޓަލީގެ ކްލަބްތައްވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު އަހަރަކު 14 މިލިއަން ޕައުންޑު މުސާރައިގެ ގޮތުގައި ލިބޭ ގޮތަށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެގޮތުން އޭނާގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް ވަނީ އެ ކްލަބާ އެކު ވެސް ގިނަ ކާމިޔާބީތައް ހޯދާފައެވެ. ބާސާގައި ކާމިޔާބީތައް ހޯދުމަށް ފަހު ސަންޗޭޒް ބަދަލުވީ އާސެނަލަށެވެ.

ސަންޗޭޒް ވަނީ އާސެނަލް އަށް ކުޅުނު 166 މެޗުގައި 80 ލަނޑު ކާމިޔާބުކޮށްފައެވެ. އާސެނަލް ދޫކޮށް ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވެފައި ވާއިރު، އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 41 މެޗުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

ޗިލީގެ ގައުމީ ޓީމަށް ކުޅުނު 124 މެޗުގައި 41 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެޓީމާއެކު ކޮޕާ އެމެރިކާ ކާމިޔާބުކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
0%
0%
0%
0%
0%
ކޮމެންޓް