Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެންޓިކަރަޕްޝަން ކަމިޝަން

ނިމިދިޔަ އަހަރު ދައުލަތުގެ ކުންފުނިތަކުގެ ކަރަޕްޝަންގެ 238 މައްސަލަ، އެންމެ ގިނައީ ފެނަކައިގެ މައްސަލަތައް

10 މާރިޗު 2019 | އާދީއްތަ 08:44

ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 278 މައްސަލަ އެކަމިޝަނުން ބެލި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 މާރިޗު 2019 | އާދީއްތަ 08:44
އޭސީސީގެ މެމްބަރުން

އޭސީސީގެ މެމްބަރުން

ނިމިދިޔަ އަހަރު ދައުލަތުގެ ކުންފުނި ތަކުގެ ކަރަޕްޝަންގެ 238 މައްސަލަ ބަލާފައިވާ ކަމަށާއި އޭގެތެރޭގައި އެންމެ ގިނައީ ފެނަކައިގެ މައްސަލަތައް ކަމަށް އެންޓި ކަރަޕްޝަން ކަމިޝަން(އޭސީސީ)އިން ބުނެފިއެވެ.

ދެހާސް އަށާރަވަނަ އަހަރު އޭސީސީއިން ރެޖިސްޓްރީ ކޮށްގެން 930 މައްސަލަ ވަނީ ބަލާފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އޭސީސީން ތަހުގީގު ކުރި މައްސަލަތަކުގެ ތަފުސީލްތައް ހާމަކުރައްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެކަމިޝަނަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދި ބޮޑެތި މައްސަލަތައް ފާހަގަ ކުރެވިފައިވަނީ ދައުލަތުގެ ކުންފުނިތަކުން ކަމަށެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނުން 52 މައްސަލަ އެކަމިޝަނަށް މިދިޔަ އަހަރު ވަނީ ހުށައަޅާފައެވެ. ފެނަކައިގެ އިތުރުން ދެން އެންމެ ގިނަ މައްސަލަ އޭސީސީއަށް ހުށައަޅާފައިވަނީ އެސްޓީއޯގެ މައްސަލަތަކެވެ. އެސްޓީއޯގެ 31 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާއިރު ޕީއެސްއެމްގެ 23 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

އެމްޕީއެލްގެ 19 މައްސަލައަކާއި، ގްރޭޓާ މާލެ އިންޓަސްޓްރިއަލް ޒޯންގެ 13 މައްސަލައަކާއި، އެމްޓީސީސީގެ 10 މައްސަލައަކާއި، އެޗްޑީސީގެ 9 މައްސަލައަކާއި، އެމްއެމްޕީއާރްސީގެ 9 މައްސަލައަކާއި އެހެން ކުންފުނިތަކުގެ 72 މައްސަލައެއް މިދިޔަ އަހަރު އޭސީސީއަށް ވަނީ ހުށަހަޅާފަ އެވެ. އަދި ކޮމިޝަންގެ އަމިއްލަ އިސްނެގުމަށް 2018 ވަނަ އަހަރު 278 މައްސަލަ އެކަމިޝަނުން ބަލަން ފަށާފައިވެއެވެ.

ކުންފުނިތަކުގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ސިޔާސަތުތަކުގެ މައްޗަށް ހާއްސަ ކަރުދާހެއް ވެސް އެކުލަވާލައި ސަރުކާރަށް މިހާރު ހުށަހަޅާފައިވާނެ ކަމަށް މުއައްވިޒު ވިދާޅުވިއެވެ. މީގެއިތުރުން ކުންފުނިތަކުގެ ތެރޭގައި ހުރި މައްސަލަތައް މަދުކުރުމަށްޓަކައި ކުންފުނިތަކުގެ ބޯޑު މެންބަރުންނާ ބައްދަލުކޮށް އެކަމަށް މަޝްވަރާ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭސީސީއިން ނިމިދިޔަ އަހަރު ދައުލަތުގެ ކުންފުނި ތަކުގެ ކަރަޕްޝަންގެ 238 މައްސަލަ ބަލާފައިވާއިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގާފައިވަނީ ވެސް ދައުލަތުގެ ކުންފުންޏެެއް ކަމަށްވާ އެމްއެންޕީއާރުސީ މެދުވެރިކޮށެވެ. 2017 ވަނަ އަހަރު ހިންގާފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ އަގު 1.3 ބިލިއަނަށް އަރައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް