Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަންހެނުންގެ ދުވަސް

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ފެށުނީ ކިހިނެއް؟

އެންމެ ފުރަތަމަ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހެއް ފާހަގަ ކޮށްފައިވަނީ 1911 ވަނަ އަހަރު

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 7 މާރިޗު 2019 | ބުރާސްފަތި 19:29
ދިވެހި މުޖުތަމައުގައި ފާހަގަ ކޮށްލެޥޭ އަންހެނުންތަކެއް

ދިވެހި މުޖުތަމައުގައި ފާހަގަ ކޮށްލެޥޭ އަންހެނުންތަކެއް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަކީ މިއަދު ދުނިޔޭގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަސް ނަމަވެސް، މި ދުވަހަކީ ކޮން މަޤުޞަދެއްގައި، ކޮން އިރަކު ފާހަގަކުރަން ފެށުނު ދުވަހެއްކަން އެނގެނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ބާވައެވެ.

މާރިޗު މަހުގެ 8 ވަނަ ދުވަހަކީ އިޤުތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ދައުރު ފާހަގަކުރުމަށާއި، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށާއި، އަންހެނަކަށް ވީތީ ކުރާ ތަފާތުކުރުން ނައްތާލުމަށާއި، އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރާ އަންހެނުންގެ ދުވަހެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ފެށީ އެމެރިކާގައި ހަރަކާތެރިވި މަސައްކަތްތެރިންގެ ޖަމާއަތް، އދ. އިން ގަެޫ ުއެ ކުރި ހިސާބުންނެވެ. މަސައްކަތްތެރިންގެ ޖަމާޢަތުގެ ހަރަކާތްތައް ފެށިފައިވަނީ 1908 ވަނަ އަހަރު 15000 އަންހެނުން ނިއުޔޯކް މަގުތަކަށް ނުކުމެ މަސައްކަތުގެ ގަޑި ކުރު ކުރުމަށާއި، ކުރާ މަސައްކަތަށް ރަނގަޅު އުޖޫރައެއް ދިނުމަށާއި، ވޯޓް ދިނުމުގެ ހައްގު ހޯދުމަށް އަޑު އުފުލަން ފެށި ހިސާބުންނެވެ.

އޭގެ އެއް އަހަރު ފަހުން ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް އަންހެނުންގެ ދުވަސް ފާހަގަ ކޮށްފައިވަނީ ސޯޝަލިސްޓް ޕާރޓީ އޮފް އެމެރިކާއިންނެވެ.

ބައިނަލްއަގުވާމީ ފެންވަރެއްގައި މިދުވަސް ފާހަގަ ކުރުމުގެ ފިކުރު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ޕްލެރެޒެޓް ކިން ކިޔާ އަންހެނެކެވެ. ޕްލެރެޒެޓް ކިން 1910 ވަނަ އަހަރު ޑެންމާކުގެ ކޯޕަން ހޭގަންގައި އޮތް "އިންޓަރނޭޝަނަލް ކޮންފަރެންސް އޮފް ވާރކިން ވުމަން" އަށް އޭނާގެ ވިސްނުން ހުށައެޅިއެވެ. މިކޮންފަރެންސްގައި 17 ގައުމެއްގެ 100 އަންހެނުން މި ހުށައެޅުމަށް ތާއީދުކޮށް ބައިނަލްއަގުވާމީ ފެންވަރުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ފާސްކުރިއެވެ.

އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ވިމެންސް ޑޭ ފާހަގަ ކޮށްފައިވަނީ 1911 ވަނަ އަހަރު އޮސްޓްރިއާ، ޑެންމާކް، ޖަރމަނީ، އަދި ސުވިޒަރލޭންޑްގައެވެ. 2011 އަހަރު މި ހަތަރު ޤައުމުން ވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރާތާ ގަރުނެއް ފުރުން ފާހަގަ ކޮށްފައެވެ. 1911ގެ އެ ފެށުމަށް ބަލާނަމަ، މިއަހަރުގެ މާރިޗު 8 ވެގެންދާނީ ބައިނަލްއަގުވާމީ 108 ވަނަ އަންހެނުންގެ ދުވަހަށެވެ.

މި ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ތަރުހީބު ލިބި، ފާހަގަކޮށްލެވޭ ފެންވަރެއްގައި ބައިނަލްއަގުވާމީ ގޮތުން އަންހެނުންގެ ދުވަސް ފާހަގަ ކުރަންފެށީ 1975 ވަނަ އަހަރު އދ. އިން މިދުވަސް ޝިއާރަކާއި އެކު ފާހަގަ ކުރަން ފެށި ހިސާބުންނެވެ.

އެގޮތުން އދ އިން މި ދުވަސް ފާހަގަ ކުރުމަށް އެންމެ ފުރަތަމަ 1976 ގައި ކަނަޑައެޅި ޝިއާރަކީ "ސެލެބްރޭޓިން ދަ ޕާސްޓް - ޕްލޭނިން ފޮ ދަ ފިއުޗަރ" އެވެ.

މި އަހަރު ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ BalanceForBetter# އެވެ.

ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ވެގެން ގޮސްފައިވަނީ މުޖުތަމައުގެ އަންހެނުން ސިޔާސީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ހޯދަމުން އަންނަ ކުރިއެރުން ފާހަގަކޮށް އެކަމަށް އަންހެނުން އަހުލުވެރި ކުރުވުމަށް ބާރުއަޅާ ދުވަހެއްގެ ގޮތުގައެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އަންހެނުންގެ ދުވަސް ފަހަގަ ކުރަނީ ތަފާތު އެކިއެކި ހަރަކާތްތަކާއި އެކުގައެވެ.

ބައެއް ގައުމު ތަކުގެ ސަރުކާރު ތަކުން އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ.

އަދި ރަޝިޔާ ފަދަ ގައުމުތަކުގައި އަންހެނުންގެ ދުވަސް އައުމުގެ ދެދުވަސް ނުވަތަ ތިންދުވަސް ކުރީއްސުރެ މަލުގެ ވިޔަފާރި އާދަޔާއި ޚިލާފަށް އިތުރު ވެގެން ދެއެވެ. ޗައިނާގައި އެ ދުވަހަކީ 'ހާފްޑޭ' ގައި މަސައްކަތް ކުރާ ދުވަހެއް ގޮތައް ހަމަޖައްސާފައި ވާއިރު އެގައުމުގައި ގިނަ ކުންފުނިތަކުން އެ ދުވަސް ވަނީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑަ އަޅާފައެވެ.

އެމެރިކާގައި މާރިޗު މަހަކީ އަންހެނުންގެ ތާރީޚީ މަހުގެ ގޮތުގައި ފާހަގަ ކުރާ މަހެކެވެ. އަދި އެމެރިކާގެ ރައީސް ކޮންމެ އަހަރެއްގެވެސް އަންހެނުންގެ ދުވަހު ޚާއްސަ ތަގުރީރެއް ދެއްވައެވެ.

އިތުރަށް ކިޔާލަން

29 މާރިޗު 2017

ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް

29 މާރިޗު 2017
ނުފޫޒު ގަދަ އަންެހެން ކަނބަލަކަށް ވާނެ ގޮތް އެނގެން މާގިނަ ދުވަސްތަކެއް ނެެތް
21 މާރިޗު 2017

ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟

21 މާރިޗު 2017
ގާސިމް ކަރުތާފެނަށް: މިފަހަރު ވާނީ ކިހިނެއް؟
08 މާރިޗު 2017

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!
25 ފެބުރުއަރީ 2017

ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟

25 ފެބުރުއަރީ 2017
ރާއްޖޭގައި ޗައިނާއަށް ތިލަފަތް ބަރުވަނީ، އިންޑިއާ ހަދާނީ ކިހިނެއް؟
21 ފެބުރުއަރީ 2017

މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟

21 ފެބުރުއަރީ 2017
މެޑަމް ފާތުންގެ މަގުބޫލުކަން އިތުރުވަނީ، ދެން ވާނީ ކިހިނެއް؟
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
01 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!
31 ޖެނުއަރީ 2017

ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!

31 ޖެނުއަރީ 2017
ކާރޫބާރޫ ބޮޑު މާލޭ ވިޔަފާރި ބަނދަރަށް އަރާމުކޮށްލަން އެއް ދުވަސް!
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
07 ޖެނުއަރީ 2017

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

07 ޖެނުއަރީ 2017
ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު