Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިލްމު ބަދްލާ

'ބަދްލާ' ތަފާތު ފިލްމަކަށް ވާނެ!

ފިލްމު ރިލީޒްކުރާނީ 8 މާރޗްގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 7 މާރިޗު 2019 | ބުރާސްފަތި 19:44
ފިލްމު ބަދްލާގެ އެންމެ ފަހުގެ ޕޯސްޓަރ

ފިލްމު ބަދްލާގެ އެންމެ ފަހުގެ ޕޯސްޓަރ

ބޮލީވުޑުގެ ރަސްގެފާނު އަމީތާބް ބައްޗަންގެ އެންމެ ފަހުގެ ފިލްމު 'ބަދްލާ' އިންޑިއާގެ ސިނަމާތަކުގައި ހުކުރު ދުވަހު ރިލީޒްކުރާނެއެވެ.

ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މިފިލްމުގައި އަމީތާބާއި އެކު ދެން ފެނިގެންދާނީ ތާޕްސީ ޕަންނޫއެވެ. ކުރިންވެސް މިދެތަރިން އެކުގައި ކުޅެފައިވާ ޕިންކު ވަނީ ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައެވެ.

މިފިލްމު ރިލީޒްކުރުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފިލްމުގެ ޓީމުން ވަނީ އަނެއްކާވެސް މިފިލްމުގެ އިތުރު ޕޯސްޓަރެއް ބެލުންތެރިންނަށް ދޫކޮށްލާފައެވެ. ކުޑަ ދޮރެއްގެ ފުރަގަހުގައި އަމީތާބާއި ތާޕްސީ ހުއްޓިގެން ތިބި މަންޒަރު ފެންނަ މި ޕޯސްޓަރުން މުޅި ފިލްމާއި ދޭތެރޭ މީހުން ދެކޭގޮތް މުޅިން ބަދަލުވެެގެންދާނެ ކަމަށް ބުނެ މިފިލްމު އުފައްދާ ރެޑް ޗިލީ އެންޓަރޓެއިންމަންޓުން ވަނީ ޓުވީޓްކޮށްފަައެވެ.

އަދި ބާދަލް ގުޕްތާއަށް އެ ދޮގުތަކުގެ ހަޤީޤަތް އެނގޭނެތޯ ބުނެ ވަނީ ސުވާލު އުފައްދާފައެވެ.

މިފިލްމުގެ ޓްރެއިލާވެސް ދައްކަން ފަށާފައިވާއިރު މިއީ މިސްޓީރީ ވާހަކައެކެވެ. އެގޮތުން މިފިލްމުގައި ދައްކުވައިދެނީ ނައިނާ (ތާފްސީ ޕަންނޫ)ގެ ހަޔާތުގައި އޭނާއަށް ކުރިމަތިވާ އެކި ކަންތައްތަކާއި އަދި ބްލެކްމެއިލް ކުރުމުގެ ސަބަބުން އޭނާ ތަހައްމަލު ކުރަމުންދާ ކަންކަމެވެ. މުޅި ވާހަކަ އެހެން ގޮތަކަށް ބަދަލުވެގެންދަނީ އޭނާ ރައްޓެހިވެގެންއުޅުނު ފިރިހެން ކުއްޖާ މަރާލުމާއި ގުޅިގެން އެކަމުގައި އޭނާ ކުށްވެރިއަކަށް ވެގެންދާ ހިސާބުންނެވެ.

ސުޖޯއީ ގޯޝް ޑައިރެކްޓްކޮށްފައިވާ މިފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ މާރޗްމަހުގެ 8 ވަނަ ދުވަހުގައެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

"ބަދްލާޕޫރް 2" ގައި ދިޕިކާ

28 މެއި 2017
"ބަދްލާޕޫރް 2" ގައި ދިޕިކާ
11 މެއި 2017

ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ

11 މެއި 2017
ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ
01 މެއި 2017

މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް

01 މެއި 2017
މާމަ ދެކެ ވަރަށް ލޯބިވޭ، ވަރަށް ހަނދާންވާނެ: ސޯނަމް
24 އެޕްރީލު 2017

މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ

24 އެޕްރީލު 2017
މިސްޓަރ ބީން އެނބުރި އައުންވެސް އެހާ މަޖާވާނެ
22 އެޕްރީލު 2017

"ހާފް ގާލްފްރެންޑް" 1،600 ސިނަމާގައި އަޅުވާނެ

22 އެޕްރީލު 2017
"ހާފް ގާލްފްރެންޑް" 1،600 ސިނަމާގައި އަޅުވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު