Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސުުއިޒާ އިބްރާހިމް

މިކަމުގައި ސުއިޒާގެ ވާހަކަ ޝައުޤުވެރިވެފައި ވަރަށް ތަފާތު!

ސުއިޒާ ވަނީ ސާކް އަންހެން ވިޔަފާރިވެރިންގެ އެވޯޑު ހާސިލްކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 7 މާރިޗު 2019 | ބުރާސްފަތި 15:56
ސުއި ސެލޫންގެ ވެރިޔާ ސުއިޒާ އިބްރާހިމް

ސުއި ސެލޫންގެ ވެރިޔާ ސުއިޒާ އިބްރާހިމް

މަސައްކަތުގެ ދާއިރާއަށް ގިނަ މީހުން ނިކުންނަނީ އެކަމަކަށް ޝައުޤުވެރިވެގެނެއް ނޫނެވެ. ސްކޫލު ދައުރު ނިމޭއިރު ވެސް ތިމާ ހިޔާރު ކުރާނެ ދާއިރާއެއް ގިނަ ކުދިންނަށް ނަގައި ނުގަނެވެ. ސަބަބުތައްވެސް ބައިވަރެވެ. ގިނަ ފަހަރު ވާޒީފާ ލިބުމުގެ ދަތިކަން ހުރުމާއި، ކިޔަވަން ބޭނުންވާ ދާއިރާއަކުން އިތުރަށް މަތީ ތައުލީމް ހާސިލް ކުރެވެން ނެތުމާއި، ތަފާތު ސްޓްރީމްތަކަށް ކިޔަވައިދޭއިރު ޝައުޤުވެރިވާ ދާއިރާއިން ކިޔެވެން ނެތުންވެސް ހިމެނެއެވެ. ކަން މިހެން ހުރި ނަމަވެސް ބައެއް ކުދިން ދުރާލާ، ޅަ އުމުރުގައި ތިމާ ބޮޑުވެގެން ހިޔާރު ކުރާނީ ކޮން ދާއިރާއެއްކަން ނިންމައެވެ.

ދައްކާލަން މިއުޅެނީ މިފަދަ މީހެއްގެ ވާހަކައެވެ. މަޝްހޫރު ސުއި ސެލޫންއަކީ ކޮންމެ މީހަކަށްވެސް ނޭނގި ނުދާނެ ނަމެކެވެ. ރީތި ކަމަށް ލޯބި ގިނަ މީހުން ޚިޔާރުކުރާ އެއް ތަނަކީ ހަމަ ސުއި ސެލޫންއެވެ.

ކޮންމެއަކަސް ސުއި ސެލޫންގެ ވެރިޔާ ސުއިޒާ އިބްރާހިމްއާއި ވާހަކަ ދައްކާލުމުން އަޑު އިވިގެންދިޔައީ ޝައުޤުވެރިވާ ފަދަ ތަފާތު ވާހަކައެކެވެ. މިދާއިރާއާއި މެދު ވިސްނާ މިންވަރު ވަރަށްވެސް ތަނަވަހެވެ. ސުއިޒާވަނީ ދާދި ފަހު ބޭއްވި ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރޯޖަނަލް ކޯޕަރޭޝަން (ސާކް) ގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ އިން ދޭ އަންހެން ވިޔަފާރިވެރިންގެ އެވޯޑު ހާސިލްކޮށްފައެވެ.

މިހިސާބަށް ވާސިލްވެވުނު ގޮތް ކިޔައިދެމުން ސުއިޒާ ވިދާޅުވީ މިދާއިރާއަށް ވަދެވުނީ ކުޑައިރުސުރެ މިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑު ކަމުން ކަމަށާއި ބައްޕައަކީވެސް މިފަދަ ހެއާ ޑްރެސިންގެ ދާއިރާގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. ބައްޕަ ބޯކޮށާތަން ފެނުމުން އެކަމަށް ވަރަށް ޝައުޤުވެރިވެ ބައްޕަ ކައިރިން އެމަސައްކަތް ކޮންމެވެސް ވަރަކަށް ދަސްކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އެއަށްފަހު ސްކޫލުގައި އުޅެމުންވެސް ސްކޫލު ކިޔަވައި ގަޑި ނިންމުމަށްފަހު ދެން އޮންނަ ވަގުތުތަކުގައި އޭނާގެ ބޭބެ ސެލޫންގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބި އެކަމުގެ ތަޖްރިބާ ލިބުނު ކަމަށާއި އެއީވެސް މިކަމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ޕާޓްޓައިމްކޮށް ކުރި މަސައްކަތެއް ކަމަށް ސުއި ވިދާޅުވިއެވެ. އަދި އެއަށްފަހު ސްކޫލު ނިންމުމަށްފަހު މަޝްހޫރު ޝެރީ ސެލޫންގެ މޭކަޕް އާޓިސްޓޭއްގެ ގޮތުގައި މަސައްކަތް ކުރުމަށް ލިބުނު ފުރުޞަތަކީ ތަފާތު ތަޖްރިބާއެއް ކަމަށްވެސް ސުއިޒާ ވިދާޅުވިއެވެ.

އެތަނުގައި މަސައްކަތް ކުރި ދުވަސްވަރު މިކަމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވި ޝައުޤުވެރިކަން އިތުރުވެގެން ދިއުމުން ބޭނުންވީ އަމިއްލަ ސެލޫންއަށް ހުޅުވައި މީހުންނަށް ޚިދުމަތް ދިނުމަށް ކަމަށާއި އެގޮތުން 2003 ވަނަ އަހަރު އަމިއްލަ ގޭގައި، އަންހެނުންނަށް ހާއްސަ ސެލޫންއެއް ސުއިޒާ ހުޅުވިއެވެ. އޭގެ ފަހުން 2009 ވަނަ އަހަރު އެ ސެލޫންގެ ހިދުމަތް ފިރިހެނުންނަށްވެސް ފުޅާކޮށް، މާފަންނުގައި މިހާރު ހުންނަ ސުއި ސެލޫން ހުޅުވިއެވެ. އަދި 2013 ވަނަ އަހަރު ސުއި ސެލޫންގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް ހުޅުމާލޭގައިވެސް ފެށިއެވެ.

ފާއިތުވި 35 އަހަރު މިދާއިރާގައި ތަފާތު ގިނަ ތަޖްރިބާއެއް ލިބިގެންދިޔަކަން ފާހަގަކުރައްވާ ސުއިޒާ ވިދާޅުވީ އަމިއްލަ ސެލޫންއެއް ހުޅުވައިގެން މިއަދާއި ހަމައަށް މަސައްކަތްކޮށް ލިބުނު ކާމިޔާބީގެ ފަހަތުގައި ތިއްބެވި ކަސްޓަމަރުން ކަމަށާއި އަދި އާއިލާ މީހުންގެ އެހީތެރިކަންވެސް މިކަމަށް ލިބިގެން ދިޔަ ކަމަށެވެ. އެހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަމުން ސުއިޒާ ފާހަގަކުރެއްވީ މިދާއިރާގައި މަސައްކަތް ކުރަން ޝައުޤުވެރިކަން ހުންނަ ކުދިން މަދު ކަމަށާއި މިކަމުގެ ސަބަބަކީ މިދާއިރާއިން ރާއްޖޭގައި ތިބެގެން ކިޔެވުމުގެ ފުރުޞަތު ނުލިބުން ކަމަށެވެ.

ސުއިޒާ އިބްރާހިމް

މިދާއިރާގައި މަސައްކަތް ކުރާތާ އެތައް އަހަރެއްވީ އިރުވެސް އެއްވެސް މީހެއްގެ ފަރާތުން ނެގެޓިވް ކޮމެންޓެއް ނުލިބޭއިރު، މިއީ ހަޑި މަސައްކަތެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ޝައުޤުވެރިކަމާއި އެކީ މިމަސައްކަތްކޮށްފިނަމަ ގިނަ ބައެއްގެ އިޚްތިރާމް ލިބޭ ރީތި މަސައްކަތެއް ކަމަށާއި ރަނގަޅު އާމްދަނީއެއް މިކަމުން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދާއިރާގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިން މަދުވުން ކަމަށްވާއިރު މިމަސައްކަތަށް ބިދޭސީން ގެނައުމަކީ ދެރަ މައްސަލައެއް ކަމަށާއި، ގިނަ އަދަދެއްގެ ފާއިސާ ގައުމުން ބޭރަށްދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ ރާއްޖޭގައި ވަޒީފާގެ ބާޒާރު އިތުރުކުރުމަށްވެސް ރަނގަޅު ދާއިރާއެއްކަން ފާހަގަކުރެވޭ ކަމަށާއި މިކަމަށް ކުދިން ޝައުޤުވެރިކުރުވުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތްތަކެއް ކުރުމަކީ ސުއިޒާގެ އެންމެ ބޮޑު އެއް އުއްމީދެވެ.

ސުއިޒާ ވިދާޅުވީ އޭނާގެ މި ކެރިއަރުގައި އެންމެ އުފާވަނީ އަލަށް މިދާއިރާއަށް ވަންނަން ބޭނުންވާ ކުދިންނަށް އެކަމުގެ ތަޖްރިބާ ދިނުން ކަމަށާއި އެގޮތުން އޭނާ މުވައްޒަފަކަށް ހުރި ކުއްޖަކު މިހާރު އަމިއްލަ މަސައްކަތަށް ނިކުތުމަކީ ލިބުނު ވަރަށް ބޮޑު ފަޚްރެއް ކަމަށެވެ. އަދި މި ލިބުނު އެވޯޑަކީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެއް ކަމަށާއި މިކާމިޔާބީ އަކީ ސުއި ސެލޫންއިންދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017
އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

އުތުރު ކޮރެއާ އާއި މެލޭޝިއާގެ ގުޅުން ވަރަށް ގޯސްވެއްޖެ! ނިމޭނީ ކިހާ ހިސާބަކުންބާ؟!

07 މާރިޗު 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު