Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިހު

ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، މަޖިލީހަށް ބިލެއް ހުށައަޅަނީ

އަންހެނުން އަންނަނީ ގައުމުގެ ކަންކަން ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން: ރައީސް

އަލީ ސަމާޚް
އަލީ ސަމާޚް | 7 މާރިޗު 2019 | ބުރާސްފަތި 06:49
އަންހެނުން ދުވަހުގެ ޖަލްސާގެ ތެރެއިން

އަންހެނުން ދުވަހުގެ ޖަލްސާގެ ތެރެއިން

ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހްކުރުމުގެ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސިޔާސީ އެންމެ މަތީ މަގާމުތަކުގައި ވެސް އަންހެނުން އަންނަނީ ގައުމުގެ ކަންކަން ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުންކަމަށެވެ. އަދި މިނިސްޓަރުންނާއި ސިޔާސީ އެކި މަޤާމުތަކުގައިވެސް ވަރަށް ޤާބިލް އަންހެން ބޭފުޅުންތަކެއް އެބަތިއްބެވި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ އަންހެން މެންބަރުންގެ ކުޅަދާނަކަމާއި ކެރުމާ މެދު އިތުރު އެއްޗެއް ދެންނެވުމުގެ މާނައެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement
''ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކޮށް އަންހެނުން ބާރުވެރިކުރުމަކީ އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް. އެހެންކަމުން، ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހްކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް އަޅުގަނޑު މިހާރު ވާނީ ނިންމާފައި.'' ރައީސް ސޯލިހު ވިދާޅުވިއެވެ.

މިއީ ސިޔާސީ ގޮތުން ކަންކަން ނިންމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށްވާނެ ކަމަށާއި މިހާރު ޤައުމު އޮތް ޙާލަތުން އެއަށް ވުރެ މަތީ މަރުޙަލާއަކަށް ގެންދެވޭނީ، އަންހެނުން ބާރުވެރިކޮށްގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެކަމަށްޓަކައި މި ފުރުޞަތުތަކުގެ ބޭނުން، ހުރިހާ އަންހެނުން ވެސް ހިފުމަށް ރައީސް ވަނީ ގޮވާލާފައެވެ.

އިންސާނީ ނަސްލު ފުރިހަމަވެގެންދަނީ އަންހެނުންނާ އެކު ކަމަށާއި އިންސާނީ ވަންހަ އެ މައްޗަށް ބިނާވެފައިވާ ތަރަހައަކީ ވެސް އަންހެނުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢު ބާރުވެރިވެގެންދާނެ ކަމެއް ކަމަށާއި، އެއީ ފިރިހެނުން ވެސް ބާރުވެރިވުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެއަށް އިތުރަށް ބާރުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އަންހެނުން ބާކީކޮށް ހަވާސާކޮށްލައިގެން ހޯދޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށާއި އަންހެނުންނާ މެދު ކަމޭ ހިތައި އޯގާތެރިކަން އިސްކޮށް އަންހެނުން ބާރުވެރިކުރުވައި މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަކީ، އެންމެންގެ ވެސް ވާޖިބެއް ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު