Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކ. މާފުށި

ރަށްރަށް ތަރައްގީ ކުރުމަށް މާފުށި މިސާލަކަށް ބަލަންޖެހޭ: ރައީސް ނަޝީދު

5 މާރިޗު 2019 | އަންގާރަ 16:02

މާފުށިން އެއްމިލިއަން ޑޮލަރާ ގާތްކުރާ އަދަދަށް ދައުލަތަށް ޓެކްސްގެ ގޮތުގައި ފައިސާ ދައްކާ

އަމްނާ އިމާދު
އަމްނާ އިމާދު | 5 މާރިޗު 2019 | އަންގާރަ 16:02
ރައީސް މުހައްމަދު ނަޝީދު، ކ. މާފުށީގައި ވާހަކަދައްކަވަނީ

ރައީސް މުހައްމަދު ނަޝީދު، ކ. މާފުށީގައި ވާހަކަދައްކަވަނީ

ތަރައްގީގެ ރޮނގުގައި ކ. މާފުށި މިސާލަކަށް ބެލުމަށްފަހު، އެހެން ރަށްރަށް ވެސް ތަރައްގީ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމްޑީޕީގެ ޓިކެޓްގައި ކ. ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ އާދަމް ސަލީމްގެ ކެންޕޭންގެ ތެރެއިން ކ. މާފުއްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން އެމްޑީޕީގެ ރައީސްކަންވެސް ކުރައްވާ ނަޝީދު ވިދާޅުވީ ތަރައްގީގެ ރޮނގުން މާފުއްޓަށް ބަދަލު އައި ބާރުމިނުގައި ބަދަލުތައް އައި އެއްވެސް ރަށެއް މިރާއްޖޭގައި ނެތް ކަމަށެވެ. އަދި ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ފުރުސަތު ލިބުމާއެކު އޭގެ މަންފާ އެންމެ ބޮޑަށް ނަގަމުން އަންނަ އެރަށަކީ މާފުށި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ގެސްޓްހައުސް ވިޔަފާރި ފަށައިގަތުމުގެ ގޮތުން އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރެވި، ބަނދަރު ހެދިގެން ދިއުމީ ރަށަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ ރަށުގެ ޒުވާނުން ރަށުގައި ތިބެގެން ކުރާ ވިޔާފާރިގެ ސަބަބުން ރަށަށް އެތައް ދިރުންތަކެއް ލިބިފައިވާ ކަމަށެވެ. މާފުށީގެ ރައްޔިތުންގެ އިތުރުން އެހެން ރަށްރަށުގެ މީހުން އެރަށުގައި ދިރިއުޅެމުން އަންނަކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ މާފުށިން އަހަރެއްގެ މައްޗަށް އެއްމިލިއަން ޑޮލަރާ ގާތްކުރާ އަދަދަށް ދައުލަތަށް ޓެކްސްގެ ގޮތުގައި ފައިސާ ދައްކާ ކަމަށެވެ. މިއީ ގައުމަށް ލިބޭ ކުރިއެރުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ވިޔަފާރީގެ ފައިދާއާއި، ޑިއުޓީން ވަންނަ އެއްޗަކާ އަދި އެހެން އާންމު ޖީއެސްޓީ ވަންނަ އެއްޗެއް އިތުރު ކުރީމަ މިމާފުށިން ދައުލަތަށް އެބަލިބޭ 20 ނުވަތަ 25 މިލިއަން ރުފިޔާ. ދިވެހިރާއްޖޭގެ ރަށްތައް ބަދަލުވަމުން މިއައި އައުމުގައި އެންމެ ރަނގަޅު މިސާލަކީ މި މާފުށި. އަޅުގަނޑު ކީ ފޮތަކުން ވޯލްޑްބޭންކުން މި މާފުށި މިސާލެއްގެ ގޮތުގައި ނަގާ އެހެން ގައުމުތަކަށް އެބަ ދައްކާ. މާފުށީ ރައްޔިތުން ފަހުރުވެރިވާނެ." ނަޝީދު ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ނިޒާމަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވީ މާފުއްޓާއި މާލެއާ ދޭތެރޭގައި އަބަދުވެސް އުޅަނދުފަހަރު ދުއްވާ ކަމަށާއި، މިއީ ވެސް ރައްޔިތުންނަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ބޭސްފަރުވާއަށް މާލެ އަންނަ މީހުން މާފުށީގައި މަޑުކުރާ ކަމަށާއި، ފެރީން ޑޮކްޓަރަށް ދައްކަން ބޭނުންވާ ގަޑީގަ މާލެ އަންނަ އައުމަކީ އެރައްޔިތު މީހާގެ ޖީބަށް ލިބޭ ލުޔެއް ކަމަށެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން

29 އެޕްރީލު 2017
ތަރައްގީގެ މީޓަރުން ރައީސް ޔާމީނަށް ލިބެނީ ސުމެއް: އަލީ ހުސެއިން
26 އެޕްރީލު 2017

މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި

26 އެޕްރީލު 2017
މާފަރު އެއާޕޯޓް ތަރައްގީކުރުން ސަން ސިޔާމްގެ ކުންފުންޏާ ހަވާލުކޮށްފި
22 އެޕްރީލު 2017

މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް

22 އެޕްރީލު 2017
މާފުށިން އެމްޑީޕީއަށް ހޫނު މަރުހަބާ އެއް
15 އެޕްރީލު 2017

މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި

15 އެޕްރީލު 2017
މާފުށި ޖަލުގެ ގައިދީއަކަށް ހޫނު ފެނުން ހަމާދީ ޒަހަމް ކޮށްލައިފި
06 ފެބުރުއަރީ 2017

ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު

06 ފެބުރުއަރީ 2017
ވަޒަން އެރި ގޮތް ބަލަންޖެހޭ، ފުލުހުން ތަޙްގީގް ނުކުރާތީ ކަންބޮޑުވޭ: ރިޔާޒު
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް