Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ވައްކަން ނުކުރާނީ ކޮންކަމަކުން؟

5 މާރިޗު 2019 | އަންގާރަ 14:01

ފާތިމަތު އިބްރާހިމްގެ މައިންބަފައިންގެ ނަމުގައި އިމާރާތްކުރި މިސްކިތަށް މޯލްްޑިވްސް ގޭސްއިން 2.5 މިލިއަނަށް ވުރެ ގިނައިިން ހަރަދުކޮށްފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 5 މާރިޗު 2019 | އަންގާރަ 14:01
ކުރީީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން

ކުރީީގެ ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން

ނިމުނު ފަސް އަހަރަކު ފެނިގެންދިޔައީ، ކަމަނާއަކު ހިންގެވި ސަދަގާތު ފައުންޑޭޝަނަކުން، މާ ދީލަތި އެހީތަކެއް ފޯރު ކޮށްދެއްވަމުންގެންދެވި މަންޒަރެވެ. ޕެނަޑޯލު ގުޅައަކަސް، ކަދުރަކަސް، ހިތާނުކުރަންޖެހުނަސް، ހަނޑޫ ހަކުރު ފުށް ބަހަން ޖެހުނަސް، ޗޮކުލެޓް ބަހަންޖެހުނަސް މި ދެންނެވި ސަދަގާތު ފައުންޑޭޝަނުން، ދީލަތިކަމާއެކު އެކަމެއް ކުރަމުންގެންދިޔަ މަންޒަރެވެ. މައިންބަފައިންގެ ހަނދާނުގައި މިސްކިތްތައް ވެސް ބިނާ ކުރައްވަމުންގެންދެވި އެވެ.

ނަމަވެސް މިފަދަ ދީލަތި އެހީތަކެއް، ފޯރުކޮށްދެއްވަމުންގެންދެވިއިރު، އެއީ ކޮންތާކުން ލިބުނު މުއްސަނދިކަމަކުން ފޯރުކޮށްދިން ދީލަތި އެހީތަކެއްތޯ އޮތީ ބޮޑު ސުވާލެއްގެ ގޮތުގަ އެވެ. އެހެނީ އެއީ ވިޔަފާރިއެއް ކުރައްވާ ކަނބަލަކަށް ނުވާތީ އެވެ. ނުވަތަ އެފަދަ މާލީ މުއްސަނދިކަމެއް ލިބިވަޑައިގެންފައިވާ ކަނބަލެއްކަން ވެސް އެނގެން ނެތުމުންނެވެ.

ބޭސް ބަންދުކުރުމަށް ފާތިމަތު އިބްރާހިމް، މުލިއާގޭގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޓުވިޓަރ

އެހީތައް ބައްސަވަމުންގެންދެވި ގޮތުގެ ތަފްސީލްތައް ހާމަވެ، ބިތުފަންގި ނެގެމުންދިޔައިރު ކަމަކު ދާކަށް ނެތެވެ. ފައުންޑޭޝަނަކުން މާ ދިލާތިކަމާއެކު ބެއްސެވި އެހީތަކަކީ ރައްޔިތުންގެ މާލިއްޔަތުން ކުރި ވައްކަންތަކުގެ ތެރެއިން ނުވަތަ ހޯއްދެވި ނާޖާއިޒް ފައިސާތަކެއްގެ ތެރެއިން ބައްސަވަމުންގެންދެވި އެހީތަކެއްކަން އޮތީ ފަޅާ އަރާފަ އެވެ.

ބެއްސެވި ކަދުރުތަކުގައި، އަމިއްލަ ނަންޖައްސަވައި، އެެކަމާނާގެ ހެޔޮ އެދުންތަކާއެކު ބެއްސެވިކަމަށް އެއްޗެއް ކަމަށް ވިދާޅުވަމުންގެންދަވަނިކޮށް އެއީ ސައުދީ ސަރުކާރުން ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ފޯރުކޮށްދިން ކަދުރުތައްކަން އޮތީ ފަޅާއަރާފަ އެވެ. ޕެނަޑޯލާއި ބޭސްތައް ބެއްސެވީ، އެސްޓީއޯގެ ތެރެއިންނެވެ. ހިތާނީ ކޭމްޕްތައް ހިންގެވީ ސަރުކާރުގެ ކުންފުނިތައް ދަރަނިވެރި ކޮށްލައިގެންނެވެ. އާސަންދަ އާއި، އެންސްޕާއާއި، މޯލްޑިވްސް ގޭސްއާއި، ފެން ކުންފުނުންޏާއެކު ދައުލަތުގެ ހުރިހާ ކުންފުނިތަކެއްގެ ތެރެއިންނެވެ.

ދައުލަތުގެ ކުންފުނިތަކަށް ބަލަދުއަރާ ފައުންޑޭޝަނެއްގެ ގޮތުގައި ދެއްވި ހުރިހާ އެހީތަކެއްދޭން ޖެހުނީ ރައްޔިތުންނަށެވެ.

މެޑަމް ފާތިމަތު އިބްރާހިމްގެ "ހެޔޮ އެދުންތަކާއެކު" ބެއްސެވި އެއްޗެހީގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ރައްޔިތުން ހީކޮށްގެންތިބީ، ކައިރީގައި ތިބި ކުދިންނަށް ބެއްސެވިހާ އައި ފޯނުތަކާއި، ދެންވެސް މާ ދީލަތިވެގެން ބެއްސެވި އެއްޗެއްސާ ހިސާބުން އެކަން ނިމުނީ ކަމަށެވެ. ދީލަތި އެހީތަކުުގެ ނަމުގައި އިތުރު ވައްކަންތަކެއް ކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް ބިތު ފަންގި ނެގެމުންދިޔައިރު، މައިންބަފައިންގެ ނަމުގައި އިމާރަތްކުރި މިސްކިތް ވެސް އޮތީ ވައްކަމާއި ހިޔާނާތުގެ ފައިސާއިން އިމާރަތްކޮށްފަ އެވެ.

މޯލްޑިވްސްގެ ގޭސްގެ ހިސާބުތައް ދައްކާގޮތުން މައިންބަފައިންގެ ނަމުގައި ހުޅުމާލޭގައި އިމާރަތްކުރި އެ މިސްކިތަށް 2.5 މިލިއަނަށް ވުރެ ގިނައިން ހަރަދުކޮށްފައިވެއެވެ. އަދި އެކަން ކޮށްފައިއޮތީވެސް ވައްކަން ކުރުމަށް އެންމެ ތަޖުރިބާ ލިބިގެން، ވައްކަންކުުރާ އުސޫލުންނެވެ. ގދ. ތިނަދޫގައި އިމާރަތް ކުރާ ގޭސްޕްލާންޓްގެ ނަމުގައި ތަކެތި ހުޅުމާލެއަށް ޑައިވާޓް ކޮށްގެންނެވެ.

މެޑަމް ފާތިމަތު އިބްރާހިމްގެ މައިބަފައިންގެ ހަނދާނުގައި އިމާރަތްކުރި މިސްކިތް -- ފޮޓޯ: ރާއްޖެ.އެމްވީ

މިގޮތަށް ގޮސް، މި ދެންނެވި ކަނބަލާއި، އެކަމަނާ ހިންގެވި ފައުންޑޭޝަނުން ކުރި އެތައް ވައްކަންތަކަކާއި، ހިޔާނާތެއްގެ ވާހަކަދެއްކިދާނެ އެވެ. ބެއްސެވި ހާ ފޯނަކާއި، ކައިރީގައި އުޅޭ ކުދިންނަށް ދެއްވި ހާ ފައިސާއަކަށްދާންދެން ލައްކަ ކަންތައްތަކެއް ހިންގާފައިވެއެވެ.

ސުވާލަކީ މައިންބަފައިންގެ ނަމުގައި އިމާރަތްކުރި މިސްކިތަށް ހިޔާނާތާއި، ވައްކަމުގެ ތެރެއިން ފައިސާއާއި ވަސީލަތްތައް ހޯދިއިރު، ވައްކަން ނުކޮށް އޮންނާނީ ކޮންކަމެއްގަތޯ އެވެ. ހިޔާނަތްނުވެ އޮންނާނީ ކޮންކަމަކުންތޯ އެވެ.

މި މައްސަލަތައް ބަލައި، އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ރައްޔިތުންގެ ފައިސާއިން، ކުރި ހަރަދުތަކުގެ ބަދަލުތައް ހޯދަންޖެހެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

20 އޯގަސްޓު 2020

ސިޔާސީ މަގާމެއް ލިބުމަކީ، ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން ދެވޭ ލައިސަންސެއް ނޫން!

20 އޯގަސްޓު 2020
ސިޔާސީ މަގާމެއް ލިބުމަކީ، ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރަން ދެވޭ ލައިސަންސެއް ނޫން!
30 އޯގަސްޓު 2019

ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

30 އޯގަސްޓު 2019
ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!
16 ޖުލައި 2019

ހައްޖުގެ އަޅުކަމުންވެސް މަކަރާއި ވައްކަން!؟

16 ޖުލައި 2019
ހައްޖުގެ އަޅުކަމުންވެސް މަކަރާއި ވައްކަން!؟
29 މާރިޗު 2019

ވައްކަން ނުކުރިޔަސް ރައްޔިތުންނަށް ހިދުމަތްކޮށް ދެވިދާނެ!

29 މާރިޗު 2019
ވައްކަން ނުކުރިޔަސް ރައްޔިތުންނަށް ހިދުމަތްކޮށް ދެވިދާނެ!
07 ޖެނުއަރީ 2019

ވައްކަން ނުކުރާ މަޖިލީހެއް ހޯދޭނީ ރައްޔިތުން ރިޝްވަތަށް އެދުން ހުއްޓާލައިގެން

07 ޖެނުއަރީ 2019
ވައްކަން ނުކުރާ މަޖިލީހެއް ހޯދޭނީ ރައްޔިތުން ރިޝްވަތަށް އެދުން ހުއްޓާލައިގެން
28 ނޮވެމްބަރު 2018

ނަމަނަމަ ވައްކަން ކުރަން ސަރުކާރަށް ނުދާތި!

28 ނޮވެމްބަރު 2018
ނަމަނަމަ ވައްކަން ކުރަން ސަރުކާރަށް ނުދާތި!
27 ސެޕްޓެމްބަރު 2018

ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ

27 ސެޕްޓެމްބަރު 2018
ރިޔާސީ އިންތިހާބު: ކޮރަޕްޝަނާއި އެޑްވާންސްކޮށް ވައްކަން ކުރުމަށް ރައްޔިތުން ބުނީ ނޫނެކޭ
14 ޖެނުއަރީ 2018

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

14 ޖެނުއަރީ 2018
66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
13 އެޕްރީލު 2017

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް