Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލ؛ިސް

ކޮމެޓީ ރިޕޯޓާމެދު ސުވާލު އުފެއްދުމުން، އީސީއަށް މެމްބަރު ނުހޮވައި، ޖަލްސާ ނިންމާލައިފި

5 މާރިޗު 2019 | އަންގާރަ 09:34

ކޮމެޓީގެ މެޖޯރިޓީ އޮތީ ސަރުކާރަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 5 މާރިޗު 2019 | އަންގާރަ 09:34
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި ގާސިމް އިބްރާހިމް

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ދެ ވަނަ ދައުރަކަށް ކުރިމަތިލެއްވި އިސްމާއިލް ހަބީބަށް އެންމެ މަތިން މާސް ލިބިވަޑައިގެންނެވި ކޮމެޓީ ރިޕޯޓާ މެދު، އެމްޑީޕީން ސުވާލު އުފެއްދުމުން، އީސީއަށް މެމްބަރަކު އައްޔަން ކުރަން ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމާލައިފިއެވެ.

މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އޭނާއަށް ފޮނުއްވާފައިވާ ސިޓީއެއް އިއްވަވާފައެވެ. އެ ސިޓީގައި ބުނެފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އީސީގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ މީހުންނާއި އިންޓަރވިއު ކުރުމަށް ތިން ބައްދަލުވުމެއް ބާއްވައި ދިރާސާކޮށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ ތައްޔާރުކޮށްފައިވާ ރިޕޯޓަކީ ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށް އަސްލަމް ފޮނުއްވެވި ސިޓީގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އަސްލަމް ފާހަގަ ކުރެއްވި އެ މައްސަލައާ ގުޅިގެން ރިޔާސަތުން ނިންމެވީ އެކަމުގައި ގޮތެއް ނިމެންދެން އެ މައްސަލާގައި ވޯޓަށް އެހުން މަޑުޖައްސާލުމަށެވެ.

"އެ ކޮމިޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަށް ވެފައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެމްބަރަކަށްވާއިރު، އަސްލަމް ފޮނުވި ސިޓީގެ ހަގީގަތް ކޮމިޓީން ބަލައިނިމުމުން ވޯޓަށް އަހާނެ ވާހަކަ ދަންނަވަން،" ގާސިމް ވިދާޅުވިއެވެ.

ކޮމެޓީ ރިޕޯޓުގައިވާ ގޮތުން ފާސްވާ މިންވަރަށް 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންނެވީ ދެ ބޭފުޅަކަށެވެ. އެއީ ހަބީބާއި ހ. އަމްސާވިލާ، އަހުމަދު މޫސާއެވެ.

އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި 16 ބޭފުޅުންގެ ނަންތައް ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަކީ ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމެޓީއެކެވެ. އަދި އެ ކޮމެޓީގައި ޖޭޕީގެ ތިން މެމްބަރުންނާއި އެމްޑީޕީގެ ތިން މެމްބަރުން ހިމެނިވަޑައިގަންނަވައެވެ. ކޮމެޓީގައި ހިމެނޭ ޖުމްލަ އަދަދަކީ 11 އެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި

21 ފެބުރުއަރީ 2017
ނިހާނު ހާޒިރު ނުވުމުން މާލިއްޔަތު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކޮށްފި
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލް ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
14 ފެބުރުއަރީ 2017

ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!

14 ފެބުރުއަރީ 2017
ޝަމްއޫން ހަމީދު އަށް ކޮމެޓީން ރުހުމެއް ނުދިން!
14 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި

14 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ހުށަހެޅި އިސްލާހު ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވައިފި
12 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި

12 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރަށް ކޮމެޓީން ރުހުންދީފި
05 ފެބުރުއަރީ 2017

ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟

05 ފެބުރުއަރީ 2017
ޔުމްނާގެ ސުވާލު: ބޮޑު ޖަލްސާ ފަސްކުރީ އިންތިހާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ނުވެގެންބާ؟
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް