Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޖަމާލް ޚާޝޮގްޖީ

ޚާޝޮގްޖީގެ މަރު: ހަށިގަނޑު ކޮންސަލް ޖެނެރަލްގެ ގެކޮޅުގައި؟!

4 މާރިޗު 2019 | ހޯމަ 06:27

މަރާލާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރ 2 ވަނަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 4 މާރިޗު 2019 | ހޯމަ 06:27
ޖަމާލް ޚާޝޮގްޖީ

ޖަމާލް ޚާޝޮގްޖީ

ވޮޝިންގޓަން ޕޯސްޓަށް ލިޔަމުން އައި ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގްޖީ މަރާލާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރ 2 ވަނަ ދުވަހުއެވެ.

ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ޚާޝޮގްޖީ ގޮސްފައި ވަނީ އޭނާގެ ތުރުކީގެ ލޯބިވެރިޔާ، ހަޓިސް ސެންޖިޒްއާ ކައިވެނި ކުރުމަށްޓަކައި ކުރީގެ ކައިވެނީގެ ލިޔުންތަކެއް ނެގުމަށް އޭނާއާ އެކުއެވެ. އޭނާގެ މަރު ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނު އަމުރު ކުރައްވައިގެން ކަމަށް ބުނާ ބުނުން ސައުދީ އިން ދޮގުކުރެއެވެ. ސައުދީއިން ބުނަނީ ޚާޝޮގްޖީ މަރާލީ ވަލީއަހުދު ނޫންކަމަށާ އޭނާ މަރާލަން އެންގީ ޑެޕިއުޓީ އިންޓަލިޖެންސް ޗީފް، ޖެނެރަލް އަހުމަދު އަލް އަސީރީ ކަމަށެވެ.

ޔަގީންވާ ކަމަކީ ޚާޝޮގްޖީ ވަނީ މަރާލާފައި ކަމެވެ. އެކަމަކު އޭނާ މަރާލުމަށް ފަހު ހަށިގަނޑަށް ވީ ކީއްކަމެއް ކަނޑައެޅިގެން ބުނަން އެކަކަށް ވެސް ނޭނގެއެވެ.

ޚާޝޮގްޖީގެ މަރުގެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރަންފެށީ ތުރުކީ އިންނެވެ. އޭނާގެ މަރުގެ ތަހުގީގަށް ފަހު ތުރުކީން ބުނެފައި ވަނީ ޚާޝޮގްޖީ މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ބުރިބުރި ކޮށްލާފައިވާ ކަމަށެވެ. އަދި ހަށިގަނޑުގެ އެއްވެސް ނިޝާނެއް ނެތް ގޮތަށް ނައްތާލުމަށް ބާރުގަދަ އެސިޑެއް ބޭނުންކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އެކަމުގައި ސައުދީގެ ކޮންސަލް ޖެނެރަލްގެ ގެކޮޅު ބޭނުންކޮށްފައިވާ ކަމަށާއި ޚާޝޮގްޖީގެ ހަށިގަނޑު ވަނީ އެގެކޮޅުގައި ހުންނަ ބަގީޗާގައި ވަޅުލާފައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެ ތަހުގީގުން ހާމަވެއެވެ.

ޚާޝޮގްޖީ ކޮންސިއުލޭޓް ތެރޭގައި މަރާލާފައިވާކަން ސައުދީއިން އެންމެ ފުރަތަމަ ދޮގު ކުރި ނަމަވެސް، އެގައުމުގެ ވާހަކަތައް ބަދަލުކޮށް، އޭނާ މަރާލާފައިވާކަމަށް ފަހުން ވަނީ އެއްބަސްވެފައެވެ.

ސައުދީއިން ބުނެފައިވަނީ ޚާޝޮގްޖީ މަރުވެފައިވަނީ އެގައުމުގެ ކޮންސިއުލޭޓްތެރޭގައި ހިނގައިދިޔަ ޒުވާބެއްގެ ތެރޭގައި ކަމަށެވެ. އެހެން ނަމަވެސް އޭނާއަށްވީ ގޮތެއް އަދި ހަށިގަނޑަށްވީ ކީއްކަމެއް ހާމައެއް ނުކުރެއެވެ.

ޚާޝޮގްޖީގެ މަރުގެ މައްސަލައިގައި އދ.ގެ ޓީމެއް ތުރުކީއަށް ގޮސް ތަހުގީގު ކުރުމަށް މަސައްކަތް ކުރި ކަމުގައި ވިއަސް މި ތަހުގީގުގައި ސައުދީން އެކަށީގެންވާ އެއްބާރުލުމެއް އދ.އަށް ދީފައެއް ނުވެއެވެ. އޭގެތެރޭގައި ތުރުކީގައި ހުންނަ ސައުދީގެ އިމާރާތަށް ވަނުމަށް ހުއްދަ ނުދިނުމާއި ޚާޝޮގްޖީގެ މަރާއި ގުޅޭގޮތުން އިންޓަވިއު ދިނުމަށް ސައުދީ އިން ވަނީ ދެކޮޅު ހަދާފައެވެ.

ނޫސްވެރިޔާގެ މަރާއި ގުޅޭގޮތުން އަލްޖަޒީރާއިން އާދީއްތަ ދުވަހުގެރޭ އާންމުކުރި ޑޮކިއުމެންޓްރީގައިވާ ގޮތުން ޚާޝޮގްޖީ ސައުދީ ކޮންސިއުލޭޓް ތެރޭގައި މަރާލުމަށް ފަހު އޭނާގެ ހަށިގަނޑުގެ ބައިތައް އަންދާލާފައިވަނީ ތުރުކީގައި ހުންނަ ސައުދީ ޖެނެރަލްގެ ގެކޮޅުގައެވެ. އަދި އަންދާލިކަމުގެ ހެކި ނައްތާލުމަށް އެ އަވަނުގައި ކާ އެއްޗެހިތަކެއް ފިހެފައިވާ ކަމަށް އެނގިފައިވާ ކަމަށް އެ ޑޮކިއުމެންޓްރީގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

03 ޖުލައި 2017

މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!

03 ޖުލައި 2017
މަޖިލީހުގެ މެޖޯރިޓީ ގެއްލުން: ސަރުކާރުގައި މަރުތަޅު އެޅުން!
16 ޖޫން 2017

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟
03 ޖޫން 2017

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!

03 ޖޫން 2017
ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދައުލަތުގެ ޒިންމާ!
02 ޖޫން 2017

ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް

02 ޖޫން 2017
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
26 އެޕްރީލު 2017

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
05 އެޕްރީލު 2017

ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!

05 އެޕްރީލު 2017
ރައުދާގެ މަރު: ބައްޕަގެ އެތައް ސުވާލުތަކެއް!
28 ޖެނުއަރީ 2017

މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ

28 ޖެނުއަރީ 2017
މަންމަގެ އަނިޔާތަކުން އިބްތިހާލް މަރުވިތާ ދެއަހަރު، އިންސާފް ލިބޭނެ ދުވަހެއް ނޭނގޭ
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް