Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
އިންޓަރ ރިސޯޓް ޓެލެޑްރާމާ މުބާރާތް

ރާއްޖެ ޓީވީން ހުޅުވާލި އިންޓަރ ރިސޯޓް ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މުއްދަތު އިތުރު ކޮށްފައިވަނީ މާރޗް މަހުގެ 10 އަކަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 3 މާރިޗު 2019 | އާދީއްތަ 17:13
އިންޓަރ ރިސޯޓް ޓެލެ ޑްރާމާ މުބާރާތް

އިންޓަރ ރިސޯޓް ޓެލެ ޑްރާމާ މުބާރާތް

ރާއްޖެ ޓީވީން ހުޅުވާލި އިންޓަރ ރިސޯޓް ޓެލެޑްރާމާ މުބާރާތް 2019 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމު ވިދާޅުވީ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މިދިޔަ ފެބްރުއަރީމަހުގެ ނިޔަލަށް ކުރިން ހުޅުވާލި ނަމަވެސް ގިނަ ރިސޯޓްތަކުން އެދެމުންދާތީ މިމަހުގެ ދިހައަކާއި ހަމައަށް މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ.

މިއީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މުނިފޫހި ފިލުވުމުގެ ފަންނުވެރި މުވައްޒަފުންނަށް އެ މީހުންގެ ހުނަރު ދައްކާލައި، ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ފަންނު ކުރިއެރުވުމުގެ މަގުސަދުގައި ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާ އެކު ރާއްޖެޓީވީ އިން އުފައްދާ ޓެލެޑްރާމާ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ރާއްޖޭގައި އޮޕަރޭޓްކޮށް ހިންގާ ރިސޯޓުތަކަށް ކަމަށް ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމު ވިދާޅުވިއެވެ. އެގޮތުން މުބާރާތުގައި ޑްރާމާ ބައިވެރި ކުރެވޭނީ ރިސޯޓެއްގެ ނަމުގައި ކަމަށާއި މި މުބާރާތަށް ހުށަހަޅާ ޑްރާމާގެ ދިގުމިނަކީ ކުރުވެގެން 40 މިނެޓު އަދި ދިގުވެގެން 45 މިނެޓެވެ.

މުބާރާތައް ހުށަހަޅާ ޑްރާމާގައި ކެމެރާ ކުރިމަތީގައި ހަރަކާތްތެރި ވާންވާނީ ރިސޯޓުގެ މުވައްޒަފުން ކަމަށްވާއިރު، މި މުބާރާތައް ހުށަހަޅާ ޑްރާމާ އުފައްދާ ރިސޯޓަކުން ބޭނުންވެއްޖެ ނަމަ ބައެއް މަސައްކަތްތަކަށް ރިސޯޓުގެ މުވައްޒަފުން ނޫން ފަރާތްތައް ވެސް ހަޔަރ ކުރެވިދާނެއެވެ.

(ހ) ޑްރާމާގެ ސްކްރީން ޕްލޭ ލިޔުމަށް

(ށ) ޑްރާމާ ޑައިރެކްޓު ކުރުމަށް

(ނ) ޑްރާމާ އެޑިޓް ކުރުމަށް

(ރ) ޑްރާމާ ކެމެރާ ކުރުމަށް

(ބ) ޑްރާމާގެ ބެކް މިއުޒިކް ހެދުމަށް

(ޅ) ޑްރާމާގައި ލަވައެއް ހިމަނޭ ނަމަ އެލަވައެއްގެ މަސައްކަތަށް

މުބާރާތުގައި ބައިވެރިކުރާ ޑްރާމާ މޭ މަހުގެ 01 ވަނަ ދުވަހުގެ 00:00 ގެ ކުރިން ރާއްޖެޓީވީ އަށް ހުށަހަޅަންޖެހެއެވެ.

މުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ޖަޖު ކުރާނީ މި ކަމަށް ކަނޑައަޅާ ތިން ޖަޖުންގެ ޕެނަލަކުންނެވެ.

މުބާރާތުގެ ވަނަތަކަށް އިނާމުދިނުން އޮންނާނީ މުބާރާތުގައި ބައިވެރި ކުރާ ހުރިހާ ޑްރާމާތަކެއް ރާއްޖެޓީވީ އިން ދެއްކުމަށް ފަހު އެކަމަށް ހާއްސަކޮށްގެން ބާއްވާ ރަސްމިއްޔާތެއްގައެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް އެއްލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މުބާރާތަށް ހުށަހަޅާ އެއްވެސް ޑްރާމާއެއްގައި ރާއްޖޭގެ ޤާނޫނުތަކާއި އިސްލާމްދީނާ ރާއްޖޭގެ ސަގާފަތާ ބީރައްޓެހި އެއްވެސް މަންޒަރެއް، އަޑެއް ހިމަނައިގެން ނުވާނެ ކަމަށް އާމިރު ވިދާޅުވިއެވެ.

މީގެ އިތުރުން މި މުބާރާތުގައި ހޮވަން ހަމަޖެހިފައިވާ މަޤާމު ތަކަކަކީ:

(ހ) ބެސްޓް އެކްޓަރ

(ށ) ބެސްޓް އެކްޓްރެސް

(ނ) ބެސްޓް ސަޕޯޓިންގ އެކްޓަރ

(ރ) ބެސްޓް ސަޕޯޓިންގ އެކްޓްރެސް

(ބ) ބެސްޓް ކޮމީޑިއަން

(ޅ) ބެސްޓް އެކްޓަރ / އެކްޓްރެސް އިން އަ ނެގަޓިވް ރޯލް

(ކ) ބެސްޓް ބެކްސްކޯރ

(އ) ބެސްޓް އެޑިޓަރ

(ވ) ބެސްޓް ސިނެމެޓޮގްރަފަރ

(މ) ބެސްޓް ސްކްރީން ޕްލޭ

(ފ) ބެސްޓް ޑައިރެކްޓަރ

(ދ) ބެސްޓް ޑްރާމާ

(ތ) މޮސްޓް ޕޮޕިއުލަރ ޑްރާމާ

އާމިރު ވިދާޅުވީ މި މަގާމުތަކުގެ ތެރެއިން މޯސްޓް ޕޮޕިއުލަރ ޑްރާމާ ނޫން ހުރިހައި މަގާމެއް ހޮވޭނީ ޖަޖުންގެ މާކްސުން ކަމަށާއި ޕޮޕިއުލަރ ޑްރާމާ ހޮވާނީ ބެލުންތެރިންގެ އެސް.އެމް.އެސް އަދި ފޭސްބުކް ވިއުސް އިން އެކަނި ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އޯލްޑް އިޒް ގޯލްޑް" ގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޕްލަސް

"އޯލްޑް އިޒް ގޯލްޑް" ގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެ ޕްލަސް

20 ސެޕްޓެމްބަރު 2017
ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި

ރާއްޖެޓީވީގެ އީދު ލަވަ އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލައިފި

06 ސެޕްޓެމްބަރު 2017
ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

ޕްރިޔަންކާ އަނެއްކާ ވެސް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ

17 ޖުލައި 2017
ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ

ރާއްޖެއަކީ ހަމަ ސުވަރުގެއެއް: އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ޓާރާ

30 ޖޫން 2017
އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

އީދު ދުވަހު ރާއްޖެ ޓީވީން ހާއްސަ "ދަސްތާއެއް"

18 ޖޫން 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު