Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ

ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ މީޑިޔާ ޕާޓްނަރަކަށް ރާއްޖެޓީވީ!

3 މާރިޗު 2019 | އާދީއްތަ 10:11

އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 4 އަދި 5 މާރޗުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 މާރިޗު 2019 | އާދީއްތަ 10:11
ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ މީޑިޔާ ޕާޓްނަރަކަށް ރާއްޖެޓީވީއާ އެކު ސޮއިކުރުން

ނޭޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ މީޑިޔާ ޕާޓްނަރަކަށް ރާއްޖެޓީވީއާ އެކު ސޮއިކުރުން

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިޔުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމް.އޭ.އެޗް.އާރް.ޕީ) އިން ބާއްވާ ރާއްޖޭގެ ފުރަތަމަ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ މީޑިޔާ ޕާޓްނަރ ކަމަށް ރާއްޖެޓީވީ ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެޓީވީ އަދި އެމް.އޭ.އެޗް.އާރް.ޕީ އާއި ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

މި އެއްބަސްވުމުގައި އެމް.އޭ.އެޗް.އާރް.ޕީގެ ފަރާތުން ސޮއި ކުރެއްވީ އެމް.އޭ.އެޗް.އާރް.ޕީގެ ޖެނެރަލް ސެކްރެޓަރީ އަލީ އާދަމްއެވެ. އަދި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަލީމްއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެމް.އޭ.އެޗް.އާރް.ޕީގެ ޖެނެރަލް ސެކްރެޓަރީ އަލީ އާދަމް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އެޗް.އާރް ކޮންވެންޝަންގެ އެކި އެކި މައުލޫމާތުތައް ރާއްޖެޓީވީ މެދުވެރިކޮށް ފޯރު ކޮށްދިނުމަށް އިތުރު ފުރުޞަތެއް ލިބުމަކީ ލިބޭ، ޚާއްސަ އުފަލެއް ކަމަށެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަލީމް ވިދާޅުވީ ވިޔަފާރީގެ ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި އިންސާނީ ވަސީލަތަކީ ވަރަށް މުހިއްމު ދައުރެއް އަދާ ކުރާ ދާއިރާއެއް ކަމަށާއި މިފަދަ ދަނޑިވަޅެއްގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ހިއުމަން ރިސޯސް ވިއުގަ ބިނާކޮށް، ކުރިއެރުވުމަށްޓަކައި، ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ ފަދަ ހަރަކާތްތައް ވަރަށް ވެސް މުހިންމު ކަމަށެވެ.

މިއެއްބަސްވުމާއި ގުޅިގެން އެމް.އޭ.އެޗް.އާރް.ޕީގެ ރައީސް، ހުސެން އަފީފް ވިދާޅުވީ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީއެކު މަސައްކަތް ކުރަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި ރާއްޖެޓީވީއަކީ މިފަދަ މައުލޫމާތުތައް ހިއްސާކުރުމަށް އެންމެ މުހިއްމު އެއް ޗެނަލް ކަމަށް ވާތީއެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަންގެ ފުރަތަމަ ހަރަކާތުގެ ތީމް އަކީ "ފިއުޗަރ އޮފް އެޗް.އާރް އަދި ވާރކް" ކަމަށްވެފައި، މައިގަނޑު ހަތަރު ދާއިރާ އަކަށް ސަމާލުކަން ދޭނެއެވެ.

މިއީ، މުވައްޒަފުންގެ ކުރިއެރުވުން އަދި އާދަކާދަ، މުވައްޒަފުންގެ ދުޅަހެޔޮކަން އަދި މަސައްކަތަށް ހުންނަ ޝައުގުވެރިކަން، އެޗް.އާރުގެ މަސައްކަތްތައް ޑިޖިޓަލް ކުރުމާއި އީޖާދުތައް، އަދި ވިޔަފާރީގެ ބައިވެރިއެއްގެ ގޮތުގައި އެޗް.އާރުގެ ދައުރާއި މުސްތަޤްބަލުގެ މަސައްކަތްތަށް، މި ހަތަރު ދާއިރާ އެވެ.

އެޗް.އާރް ޕްރޮފެޝަނަލުންނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓު ކަމުގައިވާ ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ގައި، މި ސަރަހައްދުގެ އެންމެ ކުރިއަރާފައިވާ އަދި އިތުބާރު ހުރި އެޗް.އާރް ލީޑަރުންނާއި ފަންނުވެރިންގެ ފަރާތްތަކާއި، ދާއިރާގެ އެންމެ ފަހުގެ މައުލޫމާތާއި، ރޭވުންތަކާއި، އީޖާދީ އަދި އެންމެ ރަނގަޅު ޕްރެކްޓިސްތައް ހިއްސާ ކުރެވިގެންދާނެއެވެ.

ނެޝަނަލް އެޗް.އާރް ކޮންވެންޝަން އެންޑް އެކްސްޕޯ 2019 ބޭއްވުމަށް ހަމަޖެހިފައިވާނީ 4 އަދި 5 މާރޗު 2019 ގައި، ދަރުބާރުގޭގައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
15 މާރިޗު 2017

މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

15 މާރިޗު 2017
މޮސްކޯ އިންޓަރނޭޝަނަލް އެގްޒިބިޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
27 ފެބުރުއަރީ 2017

ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި

27 ފެބުރުއަރީ 2017
ވޯކް ވިސާ މީހުންނަށް ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރޭ ގޮތް ހަމަޖައްސައިފި
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް