Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއާދު ތައުފީގު

މަޖިލީހަށް ހޮވަން ޖެހޭނީ ގައުމަށް އިހްލާސްތެރި މީހުން: ފުއާދު

އީސީގެ ލޯގޯ އާއި ކުލަ ބަދަލުކުރަން ބޮޑު ހަރަދެއް ކުރުމަކީ ގަބުލޫފުޅު ކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 3 މާރިޗު 2019 | އާދީއްތަ 03:09
އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި

އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި

ރައްޔިތުންގެ މަޖިލީހަށް ހޮވާ މެމްބަރުންވާން ޖެހޭނީ ގައުމަށް ތެދުވެރި އިހްލާސްތެރި ބަޔަކަށް ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ފުއާދު ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން އިސްކުރައްވަން ޖެހޭނީ ގައުމުގެ މަސްލަހަތު ކަމަށާއި، ވަކި ބަޔަކަށް ފައިދާ ހޯދައިދޭ ބަޔަކަށް މެމްބަރުން ވާން ޖެހޭ ކަމަށް ގަބޫލްފުޅުނުކުރައްވާ ކަމަށެވެ.

Advertisement - newsAdvertisement
''ކޮންމެ ޕާޓީއެއްގައި ތިއްބަސް ، ސަރުކާރާއި އެއްކޮޅު ޕާޓީގައި ތިއްބަސް އަދި ސަރުކާރާއި އިދިކޮޅު ޕާޓީއެއްގައި ތިއްބަސް ރަނގަޅު ބަޔަކު ހޮވެން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ... އަޅުގަނޑު ދަންނަވާނީ ރަނގަޅު މީހުން ހޮއްވަވާށޭ. ކޮންމެ ޕާޓީ އަކުން ވިޔަސް ރަނގަޅު ގައުމަށް ތެދުވެރި އަދި އަމާނާތްތެރި، އިހްލާސްތެރި މީހުން ހޮއްވާވައިފިއްޔާ ކޮންމެ ޕާޓީއެއްގައި ތިއްބަސް އެމީހުން ކުރާނީ ރަނގަޅު މަސައްކަތް'' ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ، މަޖިލީހަށް ކެމްޕޭނު ކުރައްވާއިރު ކެންޑިޑޭޓުން ރައްޔިތުންނަށް ފޯރުކޮށްދޭ މެސެޖަކަށް ވާން ޖެހޭނީ، ގާނޫނުތައް އިސްލާހު ކުރާ ވާހަކަ އާއި ރަނގަޅު ގާނޫނު ތައް ގެންނާނެ ވާހަކަ ކަމަށެވެ. އެއަށް ބާރު ދެއްވަމުން ފުއާދު ވިދާޅުވީ، ކޮންމެ ޕާޓީއަކުން ހުށައެޅި ގާނޫނަކަށް ވިޔަސް ރައްޔިތުންނަށް ގެއްލުން ލިބިދާނެ ގާނޫނެއް ވިއްޔާ އެކަމަށް އެ ކެންޑިޑޭޓަކު ދެކޮޅު ހަދާނެ ކަމުގެ ޔަގީން ކަން ރައްޔިތުންނަށް ދެއްވަން ޖެހޭ ކަމަށެވެ.

މަޖިލީހަށް އިންތިހާބު ކުރެވިފައިވާ އަންހެނުން މަދުކަން ފާހަގަ ކުރައްވަމުން ފުއާދު ވިދާޅުވީ، ކަނބަލުން މަޖިލީހުގައި ތަމްސީލު ކުރާ އަދަދު އިތުރު ކުރެވޭނީ އެމީހުންނަށް ހިތްވަރުދީ ހޭލުންތެރިކަން އިތުރު ކޮށްގެން ކަމަށެވެ. ނަމަވެސް މިހާރުގެ ގާނޫނުތައް އޮތްގޮތުން މަޖިލީހަށް އަންހެނުން އިތުރު ކުރެވިދާނެ ވަކި ''ފޯމިއުލާ'' އެއް ނެތްކަމަށް ފުއާދު ވިދާޅުވިއެވެ.

އަންހެން ބޭފުޅުން އިތުރު ކުރެވޭނީ ގާނޫނަށް ބަދަލުތަކެއް ގެނެވިގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

''ކަޑައެޅޭ އެކިއެކި ދާއިރާތަކުގައި މިސާލަކަށް ދާއިރާގެ ދެބައިކުޅަ އެއްބައިން ހޮވެން ވާނީ އަންހެން ބޭފުޅުން ކަމުގައި ހެދިދާނެ'' ފުއާދު ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ 18 ވަނަ މަޖިލީހުގައި ތިއްބަވަނީ ހަތަރު އަންހެން މެމްބަރުންނެވެ

އިލެކްޝަން ކޮމިޝަންގެ ލޯގޯއާއި ކުލަ ބަދަލުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ބުރަވާގޮތަށް ބޭކާރު ހަރަދުތައް ކުރުމަކީ އެއްވެސް މުއައްސަސާއަކުން ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި އެކަން ސިފަކުރައްވަނީ ރައްޔިތުންގެ ޓެކްސް ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ކުރުން ކަމަށެވެ.

''އަޅުގަނޑު ގަބޫލުނުކުރަން އެއަކީ އެއްވެސް ގޮތަކަށް ކުރައްވަންވާނެ ކަމެއްކަމަށް. އަނެއްކާ އަޅުގަނޑަށް ނުފެނޭ ކުރީގެ ލޯގޯއާއި މިހާރުގެ ލޯގޯއާއި މާބޮޑު ތަފާތެއްވެސް '' ފުއާދު ވިދާޅުވިއެވެ.

އީސީގެ އާ ލޯގޯ އާއި ކުލަ ބަދަލު ކޮށްފައިވަނީ އެކަމަށް ހާއްސަކޮށްގެން ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި ހަފްލާއެއްގައެވެ. އީސީގެ ލޯގޯ އާއި ކުލަ އިފްތިތާފް ކުރުމަކީ ބޭކާރު ޚަރަދެއް ނޫންތޯ ސުވާލު އުފައްދަވައި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ
21 ފެބުރުއަރީ 2017

ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ

21 ފެބުރުއަރީ 2017
ގައުމަށް އަލުން އެނބުރިވަޑައިގަންނަވާނޭ ކަމަށް އަނެއްކާވެސް ރައީސް ނަޝީދު ވިދާޅުވެއްޖެ
19 ފެބުރުއަރީ 2017

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި

15 ފެބުރުއަރީ 2017
މަޖްބޫރުން މުވައްޒަފުން ޕީޕީއެމަށް ވައްދާތީ އެމްޑީޕީން މަޖިލީހަށް ޤަރާރެއް ހުށަހަޅައިފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު