Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

އެންމެ ފަހުން ދެ ކޮމޯލިކާ ދިމާވެއްޖެ

މި ދެތަރިން ބައްދަލުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފްލާއެއްގައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 2 މާރިޗު 2019 | ހޮނިހިރު 13:56
ހީނާ ޚާން އާޢި އުރުވަޝީ ޑޮލާކިއާ

ހީނާ ޚާން އާޢި އުރުވަޝީ ޑޮލާކިއާ

ސްޓާޕްލަސް އިން ދެއްކި ކާމިޔާބު ޑްރާމާ ސީރީއަލް "ކަސައުޓީ ޒިންދަކީ" ގައި ކޮމޯލިކާގެ ރޯލުން ފެނިގެން ދިޔަ އުރުވަޝީ ދޮލާކިއާ އާއި އަދި މިހާރު ސްޓާޕްލަސް އިން ދައްކަމުންދާ "ކަސައުޓީ ޒިންދަގީކީ2" ގައި ކޮމޯލިކާގެ ރޯލު ކުޅެމުންދާ ހީނާ ޚާން އާއި ބައްދަލުވެއްޖެ އެވެ.

މި ދެތަރިން ބައްދަލު ވެފައިވަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި ހަފްލާއެއްގައެވެ.

އުރުވަޝީ ވަނީ ހީނާ އާއި އެކު ނަގާފައިވާ ފޮޓޯ އެއް އޭނާގެ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ. އަދި ފޮޓޯގެ ކެޕްޝަންގައި ހީނާ އާއި ދިމާވުމުން އުފާކުރާ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ހީނާ ވެސް ވަނީ އުރަވްޝީ އާއި އެކު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލާފައެވެ. ހީނާ ވަނީ އުރުވަޝީ ދިން އިރުޝާދު ތަކަށް ޝުކުރު އަދާކޮށްފައެވެ.

މި ދެތަރިން އެކުގައި ފެނުނުން ވެގެން ގޮސްފައިވަނީ ކޮމޯލިކާގެ ފޭނުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކަށެވެ.

2001 ވަނަ އަހަރުން ފެށިގެން ހަތް އަހަރު ވަންދެން ދެއްކި "ކަސޯޓީ ޒިންދަގީކީ" ގައި އުރުވަޝީ ފެނިގެންގޮސްފައިވަނީ ވިލަން ގެ ރޯލުންނެވެ. އޭކްތާ ކަޕޫރު ޕްރޮޑިއުސް ކޮށްފައިވާ މިޝޯގައި ލީޑް ރޯލު ކުޅެފައިވަނީ ޝްވޭތާ ތިވާރީ އާއި ސިޒޭން ޚާން އެވެ. މިދިޔަ އަހަރު ދައްކަން ފެށި މި ސީރިޒް ގެ ރީބޫޓްގައި ލީޑް ރޯލުން ފެނިގެން ދަނީ އެރިކާ ފެނާންޑޭޒް އާއި ޕާރތް ސަމްތަން އެވެ.

އިތުރަށް ކިޔާލަން

01 އޯގަސްޓު 2023

އިންޑިޔާގައި ކުނި ނެގުމުގެ މަސައްކަތް ކުރާ 11 އަންހެނަކަށް ނަސީބު ލޮޓަރީ ދިމާވެއްޖެ

01 އޯގަސްޓު 2023
އިންޑިޔާގައި ކުނި ނެގުމުގެ މަސައްކަތް ކުރާ 11 އަންހެނަކަށް ނަސީބު ލޮޓަރީ ދިމާވެއްޖެ
16 ޖުލައި 2019

"ދަ ލަޔަން ކިންގް" ޕްރިމިއަރ ގައި މޭގަން އާއި ބިޔޯންސޭ ދިމާވެއްޖެ

16 ޖުލައި 2019
"ދަ ލަޔަން ކިންގް" ޕްރިމިއަރ ގައި މޭގަން އާއި ބިޔޯންސޭ ދިމާވެއްޖެ
08 އެޕްރީލު 2019

''ކަސައުޓީ ޒިންދަގީކީ'' ގައި ކޮމޯލިކާއަކީ ހީނާ: އޭކްތާ

08 އެޕްރީލު 2019
''ކަސައުޓީ ޒިންދަގީކީ'' ގައި ކޮމޯލިކާއަކީ ހީނާ: އޭކްތާ
12 މާރިޗު 2019

ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟

12 މާރިޗު 2019
ހީނާގެ ބަދަލުގައި ކޮމޯލިކާގެ ރޯލު ކުޅޭނީ އާލީޝާތަ؟
05 ފެބުރުއަރީ 2019

ހީނާ ޚާން ކޮމޯލިކާގެ ރޯލުން ވަކިވަނީތަ؟

05 ފެބުރުއަރީ 2019
ހީނާ ޚާން ކޮމޯލިކާގެ ރޯލުން ވަކިވަނީތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު