Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

ރިޔާސީ ކޮމިޝަންގެ ބިލު: މުޅި ގައުމު އެއަށް ހުއްޓިފައި

މަޖިލީހުގައި އޮތީ ކޯލިޝަނުގެ މެޖޯރިޓީ

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 3 މާރިޗު 2019 | އާދީއްތަ 05:51
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

މިއޮތީ އެތައް ޕާޓީއެއް އެކުވެގެން ގެނައި ވެރިކަމެކެވެ. މި ވެރިކަން ގެންނަން ޖެހުނީ ކުރިން އޮތް ވެރިކަން ނިމުމަކަށް ގެނެސްގެން ނޫނީ މި ރާއްޖޭގައި ހަމައާ އިންސާފު އޮވެދާނެ ކަމަށް ގަބޫލު ނުކުރެވިގެންނެވެ. އެ ދުވަހު ދުވާލެއް މެންދަމެއް ނެތި ގައުމުގައި ހިނގާދިޔަ ވައްކަމުގެ މައްސަލަތަކާ، ގޮތް ނޭނގޭ މަރުތަކުގެ ވާހަކަ ދިވެހިން ދައްކަމުން ދިޔައީ އެކަންކަން ފުރިހަމައަށް ބެލޭނެ ދުވަހަކަށް އިންތިޒާރު ކޮށްގެން ތިބެއެވެ.

ރަގަޅެވެ. ރައީސް ޔާމީނަށް ފަހު ޕާޓީތައް ގުޅިގެން އުފެއްދި ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ދެ ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. އެއް ކޮމިޝަނަކީ މަރާލާފައިވާ މީހުންނާ ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނެވެ. އަނެއް ކޮމިޝަނަކީ ކޮރަޕްޝަންގެ މައްސަލަތަކާ ސަރުކާރަށް ގެއްލުނު މުދަލާއި ފައިސާގެ މައްސަލަތައް ބަލާ ކޮމިޝަނެވެ. ދެ ކޮމިޝަނުން ކުރަން އޮތް މަސައްކަތަކީ ވެސް ރިޔާސީ އިންތިހާބުގައި ރައީސް ކަމުގެ މަގާމަށް ވަޑައިގެން ކުރައްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައިވާ ވާހަކަފުޅެކެވެ.

މިއަދު ސަރުކާރުގެ މަގާމުތަކާ ސަރުކާރުގެ ބާރުތައް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ހަމަހަމައަށް ނުލިބުމުގެ ޝަކުވާގެ އަޑެއް ނެތެވެ. ކެނބިނެޓްގައި ތިއްބެވި ވަޒީރުންނަކީ ހުސް އެކަނި އެމްޑީޕީގެ މެމްބަރުންނެއް ނޫނެވެ. ފަސޭހަ ކަމަކަށް ނުވިޔަސް ރައީސް ޞާލިހް ކޯލިޝަނަށް ދެއްވަންޖެހޭ ބާރުތައް ދެއްވަމުން އެބަ ގެންދަވައެވެ. މަގާމުތައް އެބަ ދެއްވައެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމަށް މަޖިލިސް ތެރެއިން މިހާރު ނުލިބި އޮތް އެއްބާރުލުމުގެ ވާހަކަ ދައްކަން ރައީސް ޞާލިހަށް ތަންކޮޅެއް އުނދަގޫފުޅުވެދާނެއެވެ. ސަބަބަކީ މުޅި ސަރުކާރުގެ ކޯލިޝަނަށް ނިސްބަތްވާ އެތައް ބޭފުޅުންނެއް މަޖިލީހުގައި ތިއްބައިގެން ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ބޭނުންވާ ބިލް ފާސް ކުރުމަށް ތިން ދުވަހު ވޯޓަށް އެހޭނެ ގޮތް ނުވެ އެންމެ ފަހުން ކޮމިޓީއަށް އަނެއްކާ ވެސް ބިލު ފޮނުވާލައިފައި އޮތުމުންނެވެ. މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ މެޖޯރިޓީ އޮވެ ކަން ހިނގާ ގޮތުންނެވެ.

ކަންކަން މިހެން ދިމާވާ ސަބަބަކަށް ފަހަރެއްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އިން 87 ގޮނޑިއަށް ވާދަކުރަން ނިންމުން މައްސަލައެއް ގޮތުގައި ކޯލިޝަނުގެ ބައެއް ޕާޓީތަކުން ނަގާފާނެއެވެ. އެހެން ނަމަވެސް އެހެން ފާޅުގައި އަދި ބުނެފައެއް ނެތެވެ. އެހެން ނަމަވެސް މިހާރު ވެސް 86 ގޮނޑިއަށް އެމްޑީޕީ އިން ވާދަކުރާއިރު އެމްޑީޕީގެ ރައީސްއަށް ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ބަހުގެ ހަމަލާދެއްވައެވެ. އަދި ރައީސް ނަޝީދާއި އެމްޑީޕީ އިން ވެސް ގާސިމަށް ބަހުގެ ހަމަލާ ދެމުން ގެންދެއެވެ. މިއަށް އަޅުގަނޑުމެން ކިޔާނެ ނަމެއް ކިޔަސް އެންމެ ރަގަޅެވެ. އެކުވެރިކަމާ އެކު ތިބެ ހަމަލާ ދިނުން ކަމަށް ކިޔަސް އެންމެ ރަގަޅެވެ.

އެމްޑީޕީ އަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު އޮންނަންޖެހޭ ކަމަށް އެއްބަސްވެގެން، އަދި ޖުމްހޫރީ ޕާޓީ އަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމު އޮންނަން ޖެހޭ ކަމަށް އެއްބަސްވެގެން މިދަނީ ވެރިކަމެއް މި ގައުމުގައި ކުރަމުންނެވެ. އަދި އެހެން ބައެއް ފަރާތްތަކަށް ސަރުކާރުގެ މަގާމުތަކާ، ބޯޑު މެމްބަރުކަން ވެސް ލިބޭނެ ގޮތަކަށް ސަރުކާރު މިދަނީ ހިނގަމުންނެވެ.

ސަރުކާރު ބައިބަޔަށް ފޮތިކޮށް ކޮށާފައި ބެހިޔަސް، ކޮންމެހެން ފާސްކުރަން ދިވެހިން ބޭނުންވާ ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމާ ބެހޭ ބިލް އެޔޮތީ ކޯލިޝަންގެ މެޖޯރިޓީ މަޖިލީހުގައި އޮވެ އާ ރައީސް ހުވާކުރެއްވި ފަހުން 100 ދުވަސް ހަމަވިޔަސް ފާސްނުކޮށެވެ. މިއީ ދޮގެއް ހެއްޔެވެ؟. މިވާހަކަތައް ދައްކާ މީހުން ގޯސް ނުކުރާށެވެ. މުޅިގައުމު އެޔޮތީ އެބިލަށް ބަލަހައްޓައިގެންނެވެ.

އިތުރަށް ކިޔާލަން

26 މެއި 2017

ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!

26 މެއި 2017
ދުނިޔޭގެ ގައުމުތަކުގެ ރޯދަ ވަގުތު!
24 މެއި 2017

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!
15 މެއި 2017

"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"

15 މެއި 2017
"މީ ވީގޮތޭ، އަދުބަދަލުވެއްޖެޔޭ، މުޅިޒަމާން"
13 އެޕްރީލު 2017

ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!

13 އެޕްރީލު 2017
ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!
01 މާރިޗު 2017

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް
23 ފެބުރުއަރީ 2017

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟
16 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟
08 ފެބުރުއަރީ 2017

ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!

08 ފެބުރުއަރީ 2017
ސަނާ ކިޔާވަރުގެ ރިޔާސީ ބަޔާނެއް އަޑެއް ނީވުނު!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
09 ޖެނުއަރީ 2017

ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި

09 ޖެނުއަރީ 2017
ދެމަފިރިންގެ ކުއްލި މަރާއެކު މުޅި ވިލުފުށި ފެންކަޅިވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު