Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ވިލިނގިލި-ކޫއްޑޫ ބްރިޖު: ހުވަފެން ހަގީގަތަކަށް ވާނެ ކަމުގެ އުންމީދުގައި!

ބްރިޖު ހެދުމުގެ ދިރާސާއަށް އެއް މިލިއަން ވަނީ ބަޖެޓްކޮށްފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 2 މާރިޗު 2019 | ހޮނިހިރު 09:57
ރިޔާސީ ކެމްޕެއިނަށް ރައީސް ސޯލިހު ވިލިނގިއްޔަށް ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު ސައުދު ހުސައިން ރައީސް ސޯލިހަށް ހުށަހެޅުއްވި ބްރިޖު ކޮންސެޕްޓް ކުރެހުން

ރިޔާސީ ކެމްޕެއިނަށް ރައީސް ސޯލިހު ވިލިނގިއްޔަށް ވަޑައިގަތުމުން އެ ދާއިރާގެ މެމްބަރު ސައުދު ހުސައިން ރައީސް ސޯލިހަށް ހުށަހެޅުއްވި ބްރިޖު ކޮންސެޕްޓް ކުރެހުން

އެއާޕޯޓަކާ އެކު ރިސޯޓެއް ހިންގާ ރާއްޖޭގެ ފުރަތަމަ ރަށަކީ ގއ. ކޫއްޑޫއެވެ. އެ ރަށުގައި މިފްކޯގެ މަސް ކާރުހާނާއެއް ވެސް ހިންގަމުންދެއެވެ. ކޮންމެ ދުވަހަކު ޒިޔާރަތް ކުރާ ފަތުރުވެރިންނާއި ސިނާއީ މަސައްކަތްތެރިން ވަޒީފާ އަދާ ކުރާ ކޫއްޑޫއަށް ދަތިވެފައި ވަނީ ދަތުރުފަތުރެވެ. މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އާއިލާއަށް ކައިރިއަށް ދިއުމަށް ކުރަންޖެހޭ ދަތުރުވެފައި ވަނީ އިތުރު ބުރައަކަށެވެ. އެ ބުރަ އުފުލަން ނުޖެހި، އިތުރު ތުރާލެއް ނުޖެހި ޖެހިގެން އޮތް ވިލިނގިއްޔަށް ދެވޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވޑައިގެންފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ސޯލިހު ގއ. ވިލިނގިއްޔަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޫއްޑޫ އާއި ވިލިނގިލި ގުޅާލެވިގެންދާނެ ކަމަށެވެ.

"ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލުމަކީ އެހާ ބޮޑު ޚަރަދެއް ދާނެ ކަމެއް ނޫން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި އެކަން ތިބޭފުޅުންނަށް ފެނިގެންދާނެ،" މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ ވައުދާ ގުޅޭ ގޮތުން ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ވިލިނގިއްޔާއި ކުއްޑޫ ގުޅާލުމުން، އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް، ވިލިނގިލީގެ ވިޔަފާރިއަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި 68 ވިލާ tތަރައްގީކޮށްފައިވާ ކޫއްޑޫ ރިސޯޓުން، ފަތުރުވެރިންނަށް ފަސޭހައިން ވިލިނގިއްޔަށް އާދެވި ސުވެނިއާ ވިޔަފާރި ކުރިއަރައިގެންދާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ. އަދި އެ ބްރިޖުގެ ސަބަބުން އަތޮޅުގެ އެހެން ރައްޔިތުންނަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޫއްޑޫ އާއި ވިލިނގިލި ގުޅާލުމުން، ވިލިނގިލީގެ މަސްވެރިންނާއި ކޫއްޑޫގެ ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ކޫއްޑޫގައި އެއާޕޯޓް އޮންނަ އޮތުމުގެ ސަބަބުން، އެ ރަށުގައި ހަދާފައިވާ ރިސޯޓުން ފަތުރުވެރިން ވިލިނގިއްޔަށް އައިސް، ސުވެނިއާ ވިޔަފާރި ކުރިއަރައިގެންދާނެ،" އާބާދީގައި 4،000 މީހުން ދިރިއުޅޭ ވިލިނގިލީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ގއ. ވިލިނގިލީ ކައުންސިލް ރައީސް މުސްތަފާ: ބްރިޖުގެ ސަބަބުން އަތޮޅުގެ ރައްޔިތުންނަށް ވެސް ފަސޭހަ ވާނެ ކަމަށް ވިދާޅުވި-- ފޮޓޯ/ ރާއްޖެއެމްވީ

ކޫއްޑޫ-ވިލިނގިލި ބްރިޖަކީ ކަނޑުހުރަސްކޮށް، ރައީސް ސޯލިހުގެ ސަރުކާރުން އަޅާ ފުރަތަމަ ބްރިޖެވެ. ހުވަދު އަތޮޅު އުތުރުބުރީގެ ވެރިކަން ކުރާ ރަށް، ވިލިނގިލިއްޔާއި ހުވަދޫގެ އެންމެ މުހިއްމު ރަށް، ކޫއްޑޫއާ ގުޅާލުމުން ވިލިނގިލީ ރައްޔިތުން ތިބީ އެކަމާ ވަރަށް އުފާވެފައެވެ.

"ޚަބަރު ލިބުނު ހިސާބުން ފެށިގެން އަހަރުމެން މި ތިބީ ވަރަށް އުފަލުން. އަޅުގަނޑުމެއުންމީދު ކުރަނީ ރައީސް ސޯލިހުގެ ސަރުކާރުން އެ ވައުދު ފުއްދައި، އެކަމުގެ ފަސޭހަތައް އަޅުގަނޑުމެންނަށް ލިބިގެންދާނެ ކަމަށް،" އުމުރުން ދުވަސްވީ މީހަކު ބުންޏެވެ.

ކޫއްޑޫ-ވިލިނގިލި ބްރިޖުގެ ފުރަތަމަ މަރުހަލާ މަރުހަލާ ފެށުމަށް މި އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ބެރިޖު އެޅުމަށްޓަކާ ދިރާސާ ހެދުމަށް މިއަހަރުގެ ބަޖެޓުގައި އެއް މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ރައީސް ސޯލިހު ކެމްޕެއިން ތެރޭގައި ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅުގައި ބްރިޖުގެ ކޮންސެޕްޓް ކުރެހުމެއް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވަނީ އެމަނިކުފާނަށް ހުށަހަޅުއްވާފައެވެ. އަދި އެ ކޮންސެޕްޓް ޕެޕާ ޕްލޭނިން މިނިސްޓްރީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އެ ކުރެހުމުގައިވާ ގޮތުން ބްރިޖު ގުޅާލަނީ ކުއްޑޫ އުތުރު ފަރާތުން ވިލިނގިލީ ދެކުނު ފަރާތު ބަނދަރު ސަރަހައްދަށްވާ މަގަށެވެ.

ވިލިނގިލީ ރައްޔިތުން އުންމީދުކޮށްގެން ތިބީ ބްރިޖުގެ ސާވޭ މަސައްކަތް ނިމި، އެ މަސައްކަތް ފަށައިގަންނާނެ ދުވަހެއްގެ އުންމީދުގައެވެ. ޒަމާންތަކެއް ވަންދެން ވިލިނގިލީ ރައްޔިތުން ކުރަމުންދާ އެ ހުވަފެނުގައި ރައީސް ސޯލިހު ކުލަޖައްސަވާނެ ދުވަހަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ދޭ، ނަވާޒް ދޭ" އެންމެ ފަހުން ހަގީގަތަކަށް

"ދޭ، ނަވާޒް ދޭ" އެންމެ ފަހުން ހަގީގަތަކަށް

28 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

ރައީސް ޔާމީން ދެއްކެވި އެ ހުވަފެން!

23 ޖޫން 2017
މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

10 ޖޫން 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު