Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އިޓާލިއަން ލީގު: ކަގްލިއާރީ އަތުން ބަލިވެ އިންޓައަށް ހުރަސްތަކެއް!

2 މާރިޗު 2019 | ހޮނިހިރު 05:41

އިންޓަ ބަލިވީ ކަގްލިއާރީއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 2 މާރިޗު 2019 | ހޮނިހިރު 05:41
ކަގްލިއާރީ ކުޅުންތެރިން އުފާފާޅުކުރަނީ

ކަގްލިއާރީ ކުޅުންތެރިން އުފާފާޅުކުރަނީ

އިޓާލިއަން ލީގުގައި ކަގްލިއާރީ އަތުން ބަލިވެ އިންޓަ މިލާނަށް ހުރަސްތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ ބަލިވީ ކަގްލިއާރީއާ ވާދަކޮށް 1-2 ގެ ނަތީޖާއަކުންނެވެ.

ކަގްލިއާރީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ އިންޓަގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއްވެސް ތަނަވަސްކޮށްފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް ކަގްލިއާރީންނެވެ. މި ލަނޑު 31 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސެޕިޓެލީއެވެ. މި ލަނޑަށްފަހުވެސް އެޓީމަށް ވަނީ ލީޑު ފުޅާކުރަން ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

ކަގްލިއާރީން ރަނގަޅަށް ކުޅެމުންދަނިކޮށް 38 ވަނަ މިނެޓުގައި އިންޓައިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ނައިގޮލަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލައުޓާރޯ މާޓިނޭޒްއެވެ.

ނަމަވެސް ކަގްލިއަރީން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް، ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕެވޮލެޓީއެވެ.

ދެވަނަ ހާފްގައި ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ދެ ޓީމަށް ވެސް އެންމެ އެދެވޭ ގޮތެއްގައި ދެވަނަ ހާފްގައި ހިފިފައެއް ނުވެއެވެ.

މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކަގްލިއާރީއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އެޓީމުގެ ބަރޭލާ ފޮނުވާލި މި ޕެނަލްޓީ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

މިއީ 2016 ވަނަ އަހަރުގެ އޮކްޓޫބަރ މަހަށް ފަހު، އިންޓަ އަތުން ކަގްލިއާރީއަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި މިއީ 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހަށް ފަހު، އިޓާލިއަން ލީގުގެ މެޗެއްގެ ފުރަތަމަ ހާފްގައި އެޓީމު ދެ ލަނޑު ޖެހި ފުރަތަމަ ފަހަރު ވެސް މެއެވެ.

މި ނަތީޖާއާ އެކު އިންޓައަށް ލިބިފައިވަނީ 26 މެޗުން 47 ޕޮއިންޓެވެ. އިންޓައަށްވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރުވަނައިގައި 45 ޕޮއިންޓާއެކު އޭސީ މިލާން އޮތްއިރު، ހޮނިހިރު ދުވަހުގެ ރޭ ސަސޫލޯއާ ދެކޮޅަށް ކުޅޭ މެޗުން އޭސީ މިލާން މޮޅުވެގެން އެޓީމު ތިންވަނައަށް އަރާނެވެ. އަދި އިންޓަ ހަތަރުވަނައަށް ވެއްޓޭނެއެވެ.

މެޗުން މޮޅުވި ކަގްލިއާރީ ވަނީ ކުޅުނު 26 މެޗުން 27 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ 14 ވަނައަށް ޖެހިލާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް