Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ކާތިކް އާއި ސާރާ އެކުގައި ފިލްމަކުން

މި ދެތަރިން އެކުގައި ފެނިގެންދާނީ "ލަވް އާޖްކަލް" ގެ ސީކުއެލް އިން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 1 މާރިޗު 2019 | ހުކުރު 14:10
ކާތިކް އާރްޔަން އާއި ސާރާ އަލީ ޚާން

ކާތިކް އާރްޔަން އާއި ސާރާ އަލީ ޚާން

ކާތިކް އާރްޔަން އާއި ސާރާ އަލީ ޚާން އެކުގައި ފިލްމެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ދެތަރިން އެކުގައި ފެނިގެންދާނީ ޑައިރެކްޓަރ އިމްތިއާޒް އަލީ ގެ ލޯބީގެ ފިލްމް "ލަވް އާޖްކަލް" ގެ ސީކުއެލް އިންނެވެ.

އަދި މި ފިލްމްގެ މަސައްކަތް ފެށުމަށް ކާތިކް އާއި ސާރާ އަންނަ ހަފްތާގައި ދިއްލީއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.

"ލަވް އާޖްކަލް" އަކީ ސާރާގެ ބައްޕަ ސައިފް އަލީ ޚާން އާއި ދިޕިކާ ޕަދުކޯން 2009 ވަނަ އަހަރު ކުޅެފައިވާ ލޯބީގެ ފިލްމެކެވެ.

ހުކުރު ދުވަހު ރިލީޒް ކުރި ވިޖަންސް މެޑޮކް ފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ފިލްމް "ލޫކާ ޗުއްޕީ" ގެ ބަތަލާ ކާތިކް އާރްޔަން ވަނީ އޭނާ އިމްތިއާޒްގެ ފިލްމެއް ކުޅެން އުޅޭކަން ޔަގީން ކޮށްދީފައެވެ.

އިމްތިއާޒް އަކީ ފިލްމް އުފައްދާ ފަރާތްތަކުގެ ތެރެއިން އެނާގެ ފޭވަރިޓެއް ކަމަށާއި އިމްތިއާޒް އާއި އެކު މަސައްކަތް ކުރަން އަބަދުވެސް ބޭނުންވާ ކަމަށް ކާތިކް ވަނީ ބުނެފައެވެ. އަދި އެ ފުރުސަތު ލިބުމުން ހިތްހަމަ ޖެހިއްޖެ ކަމަށް ކާތިކް ވަނީ ބުނެފައެވެ.

ކޮފީވިތް ކަރަން ޝޯގައި ސާރާ ވަނީ ކާތިކް އަކީ އޭނާގެ ކްރަޝްއެއް ކަމަށް ބުނެފައެވެ.

އެހެން ކަމުން ސާރާ އާއި ކާތިކް އެކުގައި ފިލްމަކުން ފެނިގެންދިއުމަކީ މި ދެ ތަރިންގެ ފޭނުންނަށް ލިބޭނެ ވަރަށް ބޮޑު ހަދިޔާ އަކަށް ވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
05 މާރިޗު 2017

"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ

05 މާރިޗު 2017
"ޖައްގާ ގާސޫސް" ޕްރޮމޯޓް ކުރުމުގައި ރަންބީރާއި ކެޓްރީނާ އެކުގައި ބައިވެރިވަނީ
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު