Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އިޓާލިއަން ލީގު: ޔުވަންޓަސް އާއި ނަޕޯލީ މޮޅުވިއިރު، އިންޓަ އެއްވަރުވެއްޖެ

25 ފެބުރުއަރީ 2019 | ހޯމަ 06:49

ޔުވަންޓަސް މޮޅުވީ ބޮލޮގްނާއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުން

ލީވާން އަލީ
ލީވާން އަލީ | 25 ފެބުރުއަރީ 2019 | ހޯމަ 06:49
ޔުވަންޓަސް ކުޅުންތެރިން ލަނޑު ޖެހުމަށް އުފާފާޅުކުރަނީ

ޔުވަންޓަސް ކުޅުންތެރިން ލަނޑު ޖެހުމަށް އުފާފާޅުކުރަނީ

އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ނަޕޯލީ ކުޅުނު މެޗުތަކުން މޮޅުވިއިރު، އިންޓަ މިލާން ކުޅުނު މެޗުން އެޓީމު އެއްވަރުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުވަންޓަސް މޮޅުވީ ބޮލޮގްނާއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ބޮލޮގްނާ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވަންޓަސްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ލަނޑު ޖެހުމަށް މުޅި މެޗުގައިވެސް އެޓީމަށް ވަނީ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

މި ހާފްގައި ބޮލޮގްނާގެ ފަރާތުން ވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔައިރު، އެހަމަލާތަކުގެ ބޭނުން އެޓީމަށް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ޔުވަންޓަސްއިން މެޗުގެ ލީޑު ނެގީ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޕައުލޯ ޑިބާލާއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ނަޕޯލީ މޮޅުވީ ޕާމާއާ ވާދަކޮށް 0-4 ގެ ނަތީޖާއަކުންނެވެ.

ޕާމާ ދަނޑުގައި ކުޅުނު މި މެޗުގައި ނަޕޯލީގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން އެޓީމުން ވަނީ 18 ވަނަ މިނެޓުގައި ޒިއެލެންސްކީ ކާމިޔާބުކުރި ލަނޑުން މެޗުގެ ލީޑުވެސް ނަގާފައެވެ.

ނަޕޯލީން މެޗުގެ ލީޑު ފުޅާކުރީ 36 ވަނަ މިނެޓުގައި މިލިކް ކާމިޔާބުކުރި ލަނޑުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓީމަށް ވަނީ ލީޑު އިތުރަށް ފުޅާކުރަން ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ނަޕޯލީގެ ތިންވަނަ ލަނޑު 73 ވަނަ މިނެޓުގައި މިލިކް ކާމިޔާބު ކޮށްފައިވާއިރު، ހަތަރުވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އޯނަސްއެވެ.

މެޗުގައި ޕާމާއަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފިފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ އެއްވަރުވީ ފިއޮރެންޓީނާއާ ވާދަކޮށް 3-3 ގެ ނަތީޖާއަކުންނެވެ.

ފިއޮރެންޓީނާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ފިއޮރެންޓީނާއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިރިޖްއެވެ.

ނަމަވެސް އިންޓައިން ވަނީ ކުޅުން ރަނގަޅުކޮށް ހަވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބުކުރީ ވެސީނޯއެވެ. އިންޓައިން ލީޑު ނެގީ ފުރަތަމަ ހާފް ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ޕޮލިޓާނޯ ކާމިޔާބުކުރި ލަނޑުންނެވެ.

ދެވަނަ ހާފް ފެށިގެން އިންޓައިން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން އިވާން ޕެރިސިޗްއެވެ. ނަމަވެސް 74 ވަނަ މިނެޓުގައި ފިއޮރެންޓީނާގެ މުރިއެލް ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

ފިއޮރެންޓީނާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ އިތުރުވަގުތުގެ ތެރޭގައެވެ. މި ލަނޑު ކާމިޔާބުކުރީ ވެރެތޯޓްއެވެ.

މި ނަތީޖާތަކާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 25 މެޗުން ލިބުނު 69 ޕޮއިންޓާއެކު އޮތީ ޔުވަންޓަސްއެވެ. ދެވަނައިގައި 25 މެޗުން 56 ޕޮއިންޓް ހޯދައިގެން ނަޕޯލީ އޮތްއިރު، ތިންވަނައިގައި 25 މެޗުން 47 ޕޮއިންޓް ހޯދައިގެން އޮތީ އިންޓައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް