Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖަމުޢިއްޔާތަކުގެ ވިއުގަ

ޖަމުޢިއްޔާތަކުގެ ވިއުގަ އިފްތިތާހްކޮށްފި

24 ފެބުރުއަރީ 2019 | އާދީއްތަ 14:04

ވިއުގާ އިފްތިތާހް ކޮށްދެއްވީ ހޯމް މިނިސްޓަރ

އަލީ ސަމާޚް
އަލީ ސަމާޚް | 24 ފެބުރުއަރީ 2019 | އާދީއްތަ 14:04
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ހުރިހާ ޖަމުއިއްޔާތަކެއް އިންޓަރނެޓްގެ ޒަރީޔާއިން ގުޅާލަދޭ ވިއުގަ ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

މި ވިއުގަ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ އެވެ.

Advertisement - newsAdvertisement

މި ވިއުގައިގެ ޒަރީއްޔާއިން ޖަމުއިއްޔާތައް ގުޅިގެން މަސައްކަތްކުރުމަށް އެހީވެދީ، ޖަމުއިއްޔާތަކަށް ހުރި ފުރުޞަތުތަކާއި، މައުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ. ވިއުގަ މެދުވެރިކޮށް މަޞްލަހަތުވެރިންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށްވެސް ޖަމުއިއްޔާތަކާ ގުޅިގެން މަސައްކަތްކުރަން ފުރުޞަތު ބޮޑުވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެެއެވެ.

މި ވިއުގަ އިފްތިތާހު ކުރުމަށް ބޭއްވި ހަފްލާގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ރާއްޖޭގެ ކުދިކުދި ރަށްތައް ޖަޒީރާތަކަކަށް އެކުލެވިގެންވުމާއި، އަދި ޒަމާނަށް މިއަންނަ ބަދަލުތަކާ، ތަރައްޤީއާ ކުރިއެރުމާއެކު ސަރުކާރުގެ ވިސްނުން އޮތީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކަންކަން ކުރިއެރުވުމަށް ކަަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ މަދަނީ ޖަމުއިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ޖަމުއިއްޔާތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

''އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް މިއޮތް ދުވަސްތަކުގައި މަދަނީ ޖަމިއްޔާތައް ބާރުވެރި ކުރުމުގައި، މި ކުރެވޭ މަސައްކަތުގައި މިއަދި ތައާރަފު ކުރެވުނު ޕޯޓަލް އިން އިތުރަށް، ޖަމިއްޔާތަކާއި، އަދި އާއްމު ރައްޔިތުންނަށް، ހާއްސަކޮށް ފަންނީ ބޭފުޅުން ގުޅިގެން ތަރައްގީ ކުރުމަކީ ވަރަށްވެސް މުހިއްމު ކަމެއް. މި ފަށައިގަނެވުނު މަސައްކަތަކީ، އެތައް ދުވަހެއްގެ ބުރަ މަސައްކަތެއް'' އިމްރާން ވިދާޅުވިއެވެ.

މި މަަސައްކަތުގައި ހޯމް މިނިސްޓްރީގެ މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ޖަމުއިއްޔާތަކާއި ވަރަށް ގާތް ގުޅުމެއް ބަދަހިވެފައިވާ ކަމަށެވެ.

ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، މި ވިއުގަ ވުޖޫދަށް ގެނައުމުގައި ޔޫ.އެން.ޑީޕީގެ އެހީތެރިކަން ވަރަށްބޮޑަށްް ލިބިފައިވާ ކަމަށެވެ.

ޖަމުއިއްޔާތަކުން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް މި ވިއުގައިގެ ސަބަބުން ފަސޭހަވާނެ ކަމަށާއި، މަޝްރޫއުތަކަށް ފައިސާ ހޯދެން ހުރި ފުރުޞަތުތަކާއި، ޖަމުއިއްޔާތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން ތަމްރީނު ހޯދަން ހުރި ފުރުޞަތުތައްވެސް މިވިއުގައިގެ ތެރެއިން ޙިއްޞާކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެެވެ.

ހޯމް މިނިސްޓްރީން ބުނީ، ޕްރޮޖެކްޓް ޕްރޮޕޯސަލްތައް ހެދުމާއި، އިދާރީ މަސައްކަތްތައް ކުރުމުގައި ޒަމާނީ ގޮތްތައް ބޭނުންކުރުމަށްވެސް މިވިއުގައިގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖޫން 2019

އޭޖީ އޮފީހުގެ މަސައްކަތް ހަލުވި ކުރުމަށް ހާއްސަ ވިއުގައެއް

30 ޖޫން 2019
އޭޖީ އޮފީހުގެ މަސައްކަތް ހަލުވި ކުރުމަށް ހާއްސަ ވިއުގައެއް
06 މެއި 2019

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ރާއްޖެއިން ބައިވެރިވާނެ: ފޮރިން މިނިސްޓްރީ

06 މެއި 2019
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ރާއްޖެއިން ބައިވެރިވާނެ: ފޮރިން މިނިސްޓްރީ
20 އެޕްރީލު 2019

ދަރުމަ ކަމާކެމި، ހަރަކާތް އިފްތިތާހްކޮށްފި

20 އެޕްރީލު 2019
ދަރުމަ ކަމާކެމި، ހަރަކާތް އިފްތިތާހްކޮށްފި
12 އެޕްރީލު 2019

މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް އެއްވިއުގައިން ގުޅާލަނީ

12 އެޕްރީލު 2019
މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް އެއްވިއުގައިން ގުޅާލަނީ
12 ފެބުރުއަރީ 2019

ކޮރަޕްޝަން ރިޕޯރޓު ކުރާ ވިއުގަ ތައާރަފް ކޮށްފި

12 ފެބުރުއަރީ 2019
ކޮރަޕްޝަން ރިޕޯރޓު ކުރާ ވިއުގަ ތައާރަފް ކޮށްފި
22 ޖެނުއަރީ 2019

ސިއްހީ ހިދުމަތްދޭ ތަންތަން އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

22 ޖެނުއަރީ 2019
ސިއްހީ ހިދުމަތްދޭ ތަންތަން އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި
14 އޯގަސްޓު 2018

އެއް ކޮޓަރީގެ ފްލެޓެއް 8 ލައްކަ ރުފިޔާއަށް ވިއްކާގޮތަށް އެމްޓީސީސީގެ ހިޔާ މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްފި

14 އޯގަސްޓު 2018
އެއް ކޮޓަރީގެ ފްލެޓެއް 8 ލައްކަ ރުފިޔާއަށް ވިއްކާގޮތަށް އެމްޓީސީސީގެ ހިޔާ މަޝްރޫއު ރަސްމީކޮށް އިފްތިތާހްކޮށްފި
27 މެއި 2018

ފެނަކައިގެ ހުރިހާ ބްރާންޗްތަކެއް ވިއުގަޔަަކުން ގުޅުވާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

27 މެއި 2018
ފެނަކައިގެ ހުރިހާ ބްރާންޗްތަކެއް ވިއުގަޔަަކުން ގުޅުވާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
02 މެއި 2018

ރައީސް ނަޝީދު ލިޔެދެއްވާފައިވާ އެއްބަސްވެވޭ އިންގިލާބު ފޮތް އިފްތިތާހްކޮށްފި

02 މެއި 2018
ރައީސް ނަޝީދު ލިޔެދެއްވާފައިވާ އެއްބަސްވެވޭ އިންގިލާބު ފޮތް އިފްތިތާހްކޮށްފި
04 މާރިޗު 2018

އަލަށް އުފަންވާ ކުދިންގެ ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިސީސް ދެނެގަތުމަށް އެކުލަވާލެވިފައިވާ ނޭޝަނަލް ޕްރޮޓޯކޯލް އިފްތިތާހްކޮށްފި

04 މާރިޗު 2018
އަލަށް އުފަންވާ ކުދިންގެ ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިސީސް ދެނެގަތުމަށް އެކުލަވާލެވިފައިވާ ނޭޝަނަލް ޕްރޮޓޯކޯލް އިފްތިތާހްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް