Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް މިނިސްޓްރީ

ސިއްހީ ހިދުމަތްދޭ ތަންތަން އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި

22 ޖެނުއަރީ 2019 | އަންގާރަ 14:07

މި ބަދަލާއެކު ސިއްހީ ހިދުމަތްތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓްރީން ބުނޭ

އަލީ ސަމާޚް
އަލީ ސަމާޚް | 22 ޖެނުއަރީ 2019 | އަންގާރަ 14:07
ސިއްހީ ހިދުމަތްތައް އެއް ވިއުގާއަކުން ގުޅާލުމުގެ ފަހުނަމާގައި ސޮއިކުރުމަށްފަހު ހެލްތް މިނިސްޓަރު އަމީން (ކ) އާއި މަލީހް (ވ)

ސިއްހީ ހިދުމަތްތައް އެއް ވިއުގާއަކުން ގުޅާލުމުގެ ފަހުނަމާގައި ސޮއިކުރުމަށްފަހު ހެލްތް މިނިސްޓަރު އަމީން (ކ) އާއި މަލީހް (ވ)

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަން އެއް ނެޓްވޯކަކުން ގުޅާލުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސިއްހީ ހިދުމަތްތައް އެއްވިޔުގާއަކުން ގުޅާލުމުގެ ފަހުމާނުގައި ސޮއިކުރެއްވެވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި، މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހް ޖަމާލްއެވެ.

Advertisement - newsAdvertisement

މި ނެޓްވޯކްގެ ތެރެއިން ސިއްހީ ހިދުމަތްތައް ގުޅާލެވޭނެ ކަމަށާއި، އެ ނެޓްވޯކް ޤާއިމްކުުރުމަށް ޓެންޑާއަށް ހުޅުވާލައިފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މި ހިދުމަތް ފޯރުކޮށްދިނުމުގެ ޓެކްނިކަލް އެހީ ދޭން ހަމަޖެހިފައިވަނީ ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއަޓީ) އިންނެވެ.

މިނިސްޓްރީން ބުނީ އަމަލީ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ފެށޭނެ ކަމަށެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ އަމީން -- ފޮޓޯ: ހެލްތް މިނިސްޓްރީ

ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމްގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ، މި ހިދުމަތުގެ ސަބަބުން ހެލްތުން ފޯރުކޮށްދޭ ހިދުމަތްތަށް އަވަސް ވެގެންދާނެ ކަމަށާއި، ޑޮކްޓަރަށް ދެއްކުމާއި އެހެނިހެން ކަންތައްތައް ވެސް މިހާރަށް ވުރެ ފަސޭހަ ވެގެންދާނެ ކަމަށެވެ.

''އަޅުގަނޑުމުން އަލަށް ތައަރަފް ކުރެވޭ ސޮފްޓްވެއާ ތަކާއި އަދި އަލަށް ބޭނުން ކުރެވޭ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށްމ ނުވަތަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަދި ސިއްހީ ހިދުމަތުގެ އެކި އެކި ކަންކަމުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިގޮތުން ޑޮކްޓަރަށް ދެއްކުމާއި އަދި ޑޮކްޓަރަށް ދެއްކުމަށްފަހުގައި އެމީހަކު ޑޮކްޓަރަށް ދެއްކުމާއި ގުޅިގެން އުފަންވާ މައުލޫމާތުތަކާއި އެމިހާ ކުރިޔަށް އޮތް ތަނުގައި ސިއްހީ ހިދުމަތް ހޯދުމަށްޓަކައި ބޭނުންވާ މައުލޫމާތު ފަސޭހައި އެކްސެސްވުން'' އަމީން ވިދާޅުވިއެވެ.

މި ހިދުމަތް ދޭން ފެށޭ ހިސާބުން ފަހުގެ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ފޯނާއި ހިސާބަށް ހިދުމަތްތައް އަންނާނެ ކަމަށާއި، އޭގެ ސަބަބުން ހިދުމަތައް ބަދަލު އައިސް ކުރިއެރުންތަން އަންނާނެ ކަމަށް ގަބޫލްކުރާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ވިދާޅުވީ، އެ މިނިސްޓްރީގެ ބޭނުމަކީ ރާއްޖޭގެ 187 ރަށް އެއްވިޔުގާއަކުން ގުޅާލުން ކަމަށާއި، މި ސަރުކާރުގެ ބޭނުމަކީ ރައްޔިތުންނަށް ވީހާވެސް ފަސޭހާ ގޮތަށް ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

''އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ 187 ރަށުގައި މީހުން ދިރުއުޅޭ އިރު މީގެ ކޮންމެ ރަށެއްގައި ވެސް ކޮންމެވެސް އެއް ފަންތިއެއްގެ ހިދުމަތް ފޯރުކޮށްދޭތަންތަން އެބަހުރި. އެހެންވީމާ ސިއްހީ މަރުކަޒަށް ކައުންސިލާއި، ސްޓެލްކޯއާއި މިހުރި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ރަށު ފެންވަރުގައި ހެދޭ ވިޔުގަޔަކުން ގުޅުވާލެވެން އެބަޖެހޭ.'' މަލީހް ވިދާޅުވިއެވެ.

މަލީހް ވިދާޅުވީ، ކޮންމެ ރައްޔިތެއްގެ ސިއްހީ ރިކޯޑްތަކަކީ، ހާއްސަކޮށް ދިގު މުއްދަތަކަށް ފަރުވާދެމުންދާ ބަލިތަކުގެ ރެކޯޑްތައް ގެއްލިއްޖެނަމަ އެ ރައްޔިތުންނަށް އިތުރު ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ކަމެއް ކަމަށެވެ. އަދި އަލަށް ތައަރަފްކުރާ ވިއުގާ އަށް އިޝަރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަމަކީ ރާއްޖޭގެ ތަރައްގީއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށާއި، ސަރުކާރުގެ ވަސީލަތްތައް ބެހިފައިވަނީ ދާއިރާތަކުން ކަނޑައެޅި ލަނޑުދަނޑިތައް ހާސިލް ކުރުން ކަމަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

19 މެއި 2017

ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި

19 މެއި 2017
ތިރިވަނަންތަޕޫރަމްއަށް ދިވެހިން ގޮސް އުޅޭ ތަންތަން ފާސް ކުރުމުގެ ޚާއްސަ އޮފަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށައިފި
12 މެއި 2017

އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި

12 މެއި 2017
އޭޑީކޭ ހޮސްޕިޓަލުން އާސަންދަގެ ހިދުމަތްދޭން ފަށައިފި
09 މެއި 2017

އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ

09 މެއި 2017
އާސަންދަ ހިދުމަތުގެ ބޭރުގެ ސިއްހީ ފަރުވާ އަށް 89 މިލިއަން ރުފިޔާ
25 އެޕްރީލު 2017

މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި

25 އެޕްރީލު 2017
މައްޗަންގޯޅިން ތަންތަން ބަލައިފާސްކުރީ ޤައުމީ ސަލާމަތަށް ނުރައްކާކުރުމުގެ ތުހުމަތުގައި
16 އެޕްރީލު 2017

ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން

16 އެޕްރީލު 2017
ޤާސިމްގެ އޮފީހާއި ތަންތަން ފާސްކުރުމުން ފެންނާނީ ޔާމިން ހޮވަންކުރި ޚަރަދުގެ ތަފްސީލް: އަމީން
12 އެޕްރީލު 2017

މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި

12 އެޕްރީލު 2017
މަޑަވެލީ ސިއްހީ މަރުކަޒުގެ ސީނިއަ އެޑްމިނިސްޓްރޭޓަރ ވަކިކޮށްފި
29 މާރިޗު 2017

ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި

29 މާރިޗު 2017
ވެކްސިން ޖަހައިދޭ ތަންތަން އިތުރުކޮށްފި
22 ފެބުރުއަރީ 2017

އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް

22 ފެބުރުއަރީ 2017
އައިޖީއެމްއެޗްގައި ބޮޑު އިމާރާތެއް އެކަނި އެޅުމަކުން ސިއްހީ ދާއިރާ ކުރިއެއް ނާރާނެ: ޝަރީފް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް