Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވާދޫގައި ފިނިހަކަ އާލާވުން

ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި

އެއްވަނައަށް ހޮވިފައިވަނީ ވާދޫ ޖަމާލުއްދީން ސުކޫލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2019 | ހުކުރު 07:11
ވާދޫގައި ބޭއްވި ފިނިހަކަ ހޮވުމުގެ މުބާރަތް

ވާދޫގައި ބޭއްވި ފިނިހަކަ ހޮވުމުގެ މުބާރަތް

ގދ ވާދޫގެ ދަނޑުތަކާއި ގަސްތަކުގައި އާދަޔާ ހިލާފަށް ''ފިނިހަކަ'' އާލާވަމުންދާތީ، އެކަން ކޮންޓްރޯލް ކުރުމަށް ރަށު ފެންވަރުގައި ބޭއްވި ފިނިހަކަ ހޮވުމުގެ މުބާރާތް ނިންމާލާފައިވާއިރު، ގާތްގަނޑަކަށް ބައިލައްކައަށްވުުރެ ގިނަ ފިނިހަކަ ހޮވައިފިއެވެ.

އެކަމާ ގުޅޭ ގޮޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެެއްވަމުން ވާދޫގެ އިޖުތިމާއީ މަސައްކަތް ކުރާ ޖަމާއަތަކަށް ނިސްބަތްވާ ފަރާތެއް ކަމަށްވާ އަލީ އާނިމް ވިދާޅުވީ، މި މުބާރާތުގައި ޖުމުލަ 53،325 ފިނިހަކަ ހޮވާފައިވާ ކަމަށާއި، ފިނިހަކަތައް ގުނުމަށް ގާތްގަނޑަކަށް ތިން ގަޑިއިރު ހޭދަވި ކަމަށެވެ.

Advertisement - newsAdvertisement

ޓީމުތަކުން ހޮޮވި ފިނިހަކަތައް ގުނުމުގެ މަސައްކަތް ކުރަނީ

އާނިމް އިތުރަށް ވިދާޅުވީ، ހަތަރު ޓީމެއްގެ މަސައްކަތުުން ބައިލައްކައަށްވުރެ ގިނަ ފިނިހަކަ ހޮވާފައިވީ ނަމަވެސް މިއީ ނިސްބަތުން މަދު އަދަދެއް ކަމަށާއި، ކުރިއަށް އޮތް ތާނގައި މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު ހޮވާފައިވާ ފިނިހަކަތައް ނައްތާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާނިމް ވިދާޅުވިއެވެ.

ފިނިހަކަ ކޮންޓްރޯލް ކުރުމަށް ފިޝަރީޒް މިނިސްޓްރީންގެ އޮފިޝަލުން ސާރވޭ ކުރި ކަމަށާއި، ފިނިހަކަތައް ނައްތާލުމަށް ރަށުގެ ތެރެއަށް ދެ ފަހަރެއްގެ މަތިން ފަނިތަކެއް ދޫކުރި ކަމަށް ވާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ މުހައްމަދު އިބްރާހިމް ވިދާޅުވެފައިވެއެވެ. ނަމަވެސް ފާއިތުވެގެންދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ފިނިހަލަ ކޮންޓްރޯލް ނުކުރެވި، އޭގެ އުނދަގޫ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ފިނިހަކަތައް ހޮވި ޓީމުތަކުން ގުނުމުގެ މަސައްކަތް ކުރިއަށްދަނީ

ޓީމުތަކަށް ބަހާލައިގެން ބުރާސްފަތި ދުވަހުގެ ހަވީރު ފަހެއް ޖެހިއިރު ފެށި މި މުބާރާތުން އެއްވަނަ ލިބިފައި ވަނީ ވާދޫ ޖަމާލުއްދީން ސުކޫލު ޓީމަށެވެ. އެގޮތުން އެޓީމުން ވަނީ 27،300 ފިނިހަކަ ހޮވާފައެވެ. ދެވަނައަށް ވާދޫ ހެލްތު ސެންޓަރުުގެ ޓީމް ހޮވިފައިވާއިރު، އެ ޓީމުން ހޮވާފައިވަނީ 14،300 ފިނިހަކައެވެ. އޭގެ އިތުރުން 3 ވަނައަށް ހޮވިފައިވާ ވަދޫ ކައުންސިލުގެ ޓީމުން ހޮވާފައިވަނީ 7000 ފިނިހަކައެވެ.

ފިނިހަކަ ހޮވުމުގެ މުާރާތުގެ ނަތީޖާ

ވާދޫ ކައުންސިލުން ހިންގި އެ މުބާރާތުގައި އެންމެ ގިނައިން ފިނިހަކަ ހޮވާ ޓީމަކަށް 5،000 ރުފިޔާ، ދެވަނައަށްދާ ޓީމަކަށް 3،000 ރުފިޔާ، އަދި ތިން ވަނައަށްދާ ޓީމަކަށް 2،000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް މުހައްމަދު ވިދާޅުވެފައިވެއެވެ.

ފިނިހަކަތައް ގުނުމަށް 3 ގަޑިއިރު ހޭދަވި

ވާދޫގައި ފިނިހަކަ އާލާވެފައިވާތާ ހަތް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ފިނިހަކައިގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ޚާއްސަކޮށް ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އެ ރަށުން ވާހަކަ ދެއްވި ފަރާތްތަކުން ބުނެފައިވެއެވެ. އަދި މިހާރު އެ މައްސަލަ ސަރުކާރުގެ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް ރަށު ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުވަދޫގެ 18 ރަށަކަށް އިބޫ ކުރައްވާ ދަތުރުފުޅު ވާދޫއިން ފައްޓަވައިފި

ހުވަދޫގެ 18 ރަށަކަށް އިބޫ ކުރައްވާ ދަތުރުފުޅު ވާދޫއިން ފައްޓަވައިފި

31 އޯގަސްޓު 2018
އިންޑިއާއަށް ބައިލައްކަ ޑޮލަރު ހަދިޔާކުރަން ސަރުކާރުން ނިންމައިފި

އިންޑިއާއަށް ބައިލައްކަ ޑޮލަރު ހަދިޔާކުރަން ސަރުކާރުން ނިންމައިފި

20 އޯގަސްޓު 2018
ބްރޯޑްކޮމް އަށް ނޭނގި ޕެކޭޖްތަކަށް ބަދަލު ގެނައުމުން ބައިލައްކަ ރުފިޔާއިން މީޑިއާނެޓު ޖޫރިމަނާކޮށްފި

ބްރޯޑްކޮމް އަށް ނޭނގި ޕެކޭޖްތަކަށް ބަދަލު ގެނައުމުން ބައިލައްކަ ރުފިޔާއިން މީޑިއާނެޓު ޖޫރިމަނާކޮށްފި

22 ޖޫން 2018
މީރާގެ މުވައްޒަފުން ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

މީރާގެ މުވައްޒަފުން ކެއަރ ޑިވެލޮޕްމަންޓް ސެންޓަރަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފި

20 އެޕްރީލު 2018
އެއް ކެނޑިޑޭޓަކު ހޮވުމުގެ މަޝްވަރާއަށް މަންދޫބުން ކަނޑައަޅައިފި

އެއް ކެނޑިޑޭޓަކު ހޮވުމުގެ މަޝްވަރާއަށް މަންދޫބުން ކަނޑައަޅައިފި

31 ޑިސެމްބަރު 2017

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު