Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިނިހަކަ

ގަސްތަކަށް ގެއްލުންދޭ ފިނިހަކަތަކެއް ވާދޫއިން ފެނިއްޖެ

ފިނިހަކަ އަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި ދިރޭ އެއްޗެހީގެ ލިސްޓުގައި 100 ވަނަ އަށް ލިސްޓު ކުރެވިފައިވާ އެއްޗެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ސެޕްޓެމްބަރު 2017 | ހޯމަ 13:45
ގަސްތަކަށް ގެއްލުންދޭ ފިނި ހަކައިގެ ފޮޓޯއެއް

ގަސްތަކަށް ގެއްލުންދޭ ފިނި ހަކައިގެ ފޮޓޯއެއް

ގަސްތަކަށް ގެއްލުންދޭ ފިނި ހަކަތަކެއް ވާދޫއިން ފެނިއްޖެ އެވެ.

މިކަމާ ގުޅޭގޮތުން ގދ. ވާދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ރަށު ތެރޭގެ ވަކި ހިސާބަކުން ފިނި ހަކަތައް ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދި ދަނޑުބިންތަކާއި ހަމައަށް ފިނިހަކަތައް ނުފެތުރޭ ކަމަށާއި ފެތުރިއްޖެނަމަ ވަރަށް ނުރައްކާވާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

މުހައްމަދު އިތުރަށް ވިދާޅުވީ މިއަދު ކަމާއި ބޭހޭ މުއައްސަސާތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އުންމީދަކީ މި މައްސަލައަށް އަވަސް ޙައްލެއް ލިބިގެން ދިއުން ކަމުގަ އެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުން ނިކުމެ ރަށުގެ ގިނަ ސަރަޙައްދެއް ސާފުކޮށްފައިވާ ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ.

މަންޒަރު ދުށް މީހަކު ރާއްޖެއެމްވީ އަށް މައުލޫމާތުދިން ގޮތުގައި ފިނި ހަކަތައް އެ ރަށުން ފެނިފައިވަނީ މީގެ އެއް އަހަރު ކުރިން ކަމަށާއި އޭރު ރަށުން ފިނިހަކަތައް ފެނިފައިވަނީ ވަރަށް މަދުން ކަމަށެވެ.

އެހެންނަމަވެސް މިހާރު މިހާ ގިނަ އަދަދަކަށް އެ ރަށުން ފިނިހަކަތައް ފެންނަތާ ދެ މަސް ވެއްޖެކަމަށް ވެސް އެ މީހާ ބުންޏެވެ. އަދި އާދީއްތަ ދުވަހުގެ ރޭ ރަށު އަންހެނުންތަކެއް ނިކުމެ ފިނިހަކަތައް އަންދާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެނާ އިތުރަށް ބުނީ ކޮންމެ ފަޅު ގޯއްޗެއްގައި 1000 އަށް ވުރެ ގިނަ ފިނި ހަކަ އެބަހުރި ކަމަށާއި ފަޅޯ ގަސްތައް ކާލައި ފަޅޯ ތެރޭގައި އެ އެއްޗެހި އާލާވެފައިވާ ކަމަށެވެ. އަދި ރަށަކީ ދަނޑުވެރި ރަށެއް ކަމުން މި ދިރޭ އެއްޗެހީގެ ސަބަބުން ރަށުގެ ދަނޑުވެރިކަމަށް ވަރަށް އަސަރު ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ފިނި ހަކަ ނުވަތަ "ޖަޔަންޓު އެފްރިކަން ސްނެއިލް"ގެ އުމުރަކީ ގާތްގަނޑަކަށް 5 އަހާރާއި 7 އަހަރެވެ. ފިނިހަކަ އަށް ރަނގަޅަށް ކާނާ ލިބި، މޫސުން ރަނގަޅު މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ލިބިއްޖެނަމަ އެ އެއްޗެހި 10 އަހަރުވަންދެން ދިރިއުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިނި ހަކައަކީ ވަރަށް އަވަހަށް އާލާވާ، ވަރަށް ނުރައްކާތެރި ދިރޭ އެއްޗެކެވެ. މި ދިރޭ އެއްޗަކީ ގަސްގަހާގެސްއަށް ގެއްލުންދޭ އެއްޗަކަށް ވާއިރު، ތަފާތު 500 ވައްތަރުގެ ގަސް މި ފިނިހަކަ ކައެވެ.

މިއީ ދުނިޔޭގެ އެންމެ ނުރައްކާތެރި ދިރޭ އެއްޗެހީގެ ލިސްޓުގައި 100 ވަނަ އަށް ލިސްޓު ކުރެވިފައިވާ ދިރޭ އެއްޗެކެވެ.

ފިނި ހަކައަކީ އެފްރިކާގެ ޤައުމުތަކެއް ކަމަށްވާ ގާނާ، އައިވޮރީ ކޯސްޓް އަދި މޮރޮކޯގައި އާންމު ގޮތެއްގައި ދިރިއުޅޭ ދިރޭ އެއްޗެކެވެ. އެހެން ނަމަވެސް މި އެއްޗެހި މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދިރިއުޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޗައިނާ، ޖަޕާނު، ބަންގްލަދޭޝް، ސްރީލަންކާ ފަދަ ޤައުމުތައް ފިނިހަކަތައް ވަނީ ފެނިފައެވެ.

އެއެއްޗެހި އެއެއްޗެހީގެ މަސައްކަތާއިގެން އަވަދި ނެތި އުޅެނީ ރޭގަނޑު ގަޑީގައި ކަމަށްވާއިރު ދުވާލު ގަޑީގައި މި އެއްޗެހި ތިބޭނީ ބިމު އަޑީގައި ވަޅު ލެވިގެން ނުވަތަ ނިދާފަ އެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ފިނިހަކަ ގެންގުޅުމަކީ މަނާ ކަމަކެވެ. ސަބަބަކީ މީގެ ނުރައްކާތެރިކަން ބޮޑު ކަމުންނެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

06 ފެބުރުއަރީ 2017
ބިދޭސީއަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު