Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކޮލެސްޓްރޯލް

ހަށިގަނޑުގައި ކުލެސްޓްރޯލް ހުންނަވަރު އެނގުން މުހިންމު

ސިއްހީ ހާލަތު ގަވައިދުން ބެލުމަށް ސިއްޙީ މާހިރުން ބާރުއަޅާ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 21 ފެބުރުއަރީ 2019 | ބުރާސްފަތި 10:49
ސިއްޙަތަށް ފައިދާ ހުރި ކާނާ

ސިއްޙަތަށް ފައިދާ ހުރި ކާނާ

ކޮލެސްޓްރޯލަކީ ހަށިގަނޑުގައި އުފައްދާ ވަރަށް މުހިންމު ކެމިކަލްތަކެއް (މިސާލަކަށް އިސްޓްރޯޖެން ފަދަ ހޯމޯން) އުފެއްދުމަށްޓަކާ ގުދުރަތީގޮތުން އިންސާނާގެ ހަށިގަނޑުގައި އުފެދޭ މާއްދާއެކެވެ. އެގޮތުން ސަރުބީ ހިމެނޭ ކާނާ ނުކެއިކަމުގައިވިޔަސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ގުދުރަތީގޮތުން ސަރުބީ އުފެދެއެވެ.

ނަމަވެސް ޒަމާނާ އެކު ދިރުއުޅުމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން، ސެޗުރޭޓަޑް ފެޓްސް އާއި ޓްރާންސް ފެޓް ހިމެނޭ ދަޅުކާނާއާއި ޕެކެޓްތަކުގައި ބަންދުކުރެވިގެން ވިއްކާ ލުއިކާނާގެ އިތުރުން ތެލުލި ހެދިކާފަދަ ތަކެތި ބޭނުން ކުރުމުން ކޮލެސްޓްރޯލްގެ މިންވަރު ހަށިގަނޑުގައި މާބޮޑަށް މަތިވެގެންދަނީއެވެ.

ކޮލެސްޓްރޯލް ނުވަތަ ސަރުބީ މަތިވުމަކީ ދުނިޔޭގެ ނިސްބަތުން ބަލާނަމަ 25 އަހަރުން މަތީގެ %39މީހުންނަށް ކުރިމަތިވެފައިވާ ގައިންގައިން ނާރާ ބަލިތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާރަށް ފެތުރެމުންދާ އެއްބައްޔެވެ.

ހިތުގެ ބަލިތަކާއި ލޭގެ ޕްރެޝަރ ކޮންޓްރޯލް ނުވުމަކީ ހާޓް އެޓޭކާއި އަދި ސްޓްރޯކް ޖެހޭނެ ކަމުގެ އެންމެ އާދައިގެ އަލާމާތް ތަކެވެ.

ސިއްހީ މާހިރުން ދަނީ ވީހާ ވެސް ގިނަގިނައިން އެމީހެއްގެ ސިއްހީ ހާލަތު ގަވައިދުން ޗެކް ކުރުމަށް ބާރު އަޅަމުންނެވެ. އަދި ބަލިވުމުގެ ކުރިއަށް ބަލިން ސަލާމަތް ވުމަށް ގޮވާލަމުންނެވެ.

ހިތުގެ ބައްޔާއި ލޭގެ ޕްރެޝަރ އަދި ހަކުރު ބަލީގެ ސަބަބުން އިނގިރޭސި ވިލާތުގައި މަރުވާ ކޮންމެ ހަތަރުމީހުން އެކަކު ހިމެނެއެވެ . މީ ކޮންމެ ހަތަރު މިނެޓަކުން އެކަކު މަރުވުން ކަމަށް އެގައުމުގެ ޕަބްލިކް ހެލްތު އަދި ނޭޝަނަލް ހެލްތް ސެކްޓަރއިން ބުނެފައި ވެއެވެ.

ހިތުގެ ބައްޔާއި ހިތާގުޅުން ހުރި ހަށިގަނޑުގެ ގުނަވަން ތަކަށް ޖެހޭ ބަލީގެ ސަބަބުން ހިތް ހުއްޓި ކިޑްނީ ބަލި އަދި ލޭ ދައުރު ކުރުމުގެ މައްސަލަ ، އަދި ސިކުނޑީގެ މައްސަލަތައް ޖެހެއެވެ.

ދުނިޔޭގެ ސިއްހީ ވުޒާރާތަކުން ދަނީ މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ލޭ މަށްޗަށް ދިއުން އަދި ހަކުރު ބަލީގެ ސަބަބުން ޖެހޭ ބަލިތަކަށް ސަމާލު ކަން ދެމުންނެވެ.

އާންމުން ގޮތެއްގައި މާބޮޑު އަލާމާތެއް ނުފެންނާތީ އެދެވިގެންވަނީ އުމުރުން 30 އަހަރަށް ވުރެން މަތީ އުމުރުގެ މީހުން ސިއްހީހާލަތު ޗެކް ކުރުމެވެ.

ސިއްޙަތު ރަނގަޅު މީހަކު ކޮލެސްޓްރޯލް ހުންނަން ޖެހޭނީ mmol 5 ވުރެން ދަށުގައެވެ.

މި ބަލީގެ ނުރައްކާ ބޮޑީ ހިތުގެ ބަލީގެ ތަހައްމަލް ކުރަމުން ދާ މީހަކު އާއިލާގައި ހުރުމާއި ހިތުގެ ބަލި، ހާޓްއެޓޭކް، ސްޓްރޯކް އަދި އާދަޔާއި ޚިލާފަށް ލޭގެ ޕްރެޝަރ އެއްވަރެއްގައި ކޮންޓްރޯލް ނުކުރެވޭ މީހުންނަށެވެ.

ހަމަ އެކަނި އިނގިރޭސި ވިލާތުގައިވެސް ލޭގެ ޕްރެޝަރ މަތި ފަސް މިލިއަނަށްވުރެ ގިނަ މީހުން ފަރުވާ ނުހޯދާ ތިބި ކަމަށް ދިރާސާ ތަކުން ދައްކަ އެވެ.

އެމީހެއްގެ ކޭޝްކާރޑް ގެ ޕިން ނަމްބަރު ހަނދާން ހުންނަން ޖެހޭފަދައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ވެސް ހަނދާން ހުންނަން ޖެހެއެވެ. ނުވަތަ އެނގެން ޖެހެއެވެ.

އިތުރަށް ކިޔާލަން

29 އޯގަސްޓު 2020

އެސްބީއައި: ތަރައްޤީގައި ރާއްޖެއަށް މުހިންމު ބައިވެރިއެއް!

29 އޯގަސްޓު 2020
އެސްބީއައި: ތަރައްޤީގައި ރާއްޖެއަށް މުހިންމު ބައިވެރިއެއް!
09 މާރިޗު 2020

ކޮވިޑް-19: ބޭނުން ކުރަމުންދާ "ޓާމު" ތަކުގެ ތަފާތު އެނގުން މުހިންމު!

09 މާރިޗު 2020
ކޮވިޑް-19: ބޭނުން ކުރަމުންދާ "ޓާމު" ތަކުގެ ތަފާތު އެނގުން މުހިންމު!
02 ޖެނުއަރީ 2020

ކާބޯތަކެތީގެ ރައްކާތެރިކަން އެއްވެސް ސަރުކާރަކަށް މުހިންމު ނުވަނީބާ؟

02 ޖެނުއަރީ 2020
ކާބޯތަކެތީގެ ރައްކާތެރިކަން އެއްވެސް ސަރުކާރަކަށް މުހިންމު ނުވަނީބާ؟
10 ޑިސެމްބަރު 2019

އެތައް އުންމީދުތަކަކާއެކު އައި މަސްވެރިކަމުގެ ޤާނޫނު، ވީ އެންމެ އަވަހަށް ތަންފީޒުވެގެން ދިޔުން މުހިންމު

10 ޑިސެމްބަރު 2019
އެތައް އުންމީދުތަކަކާއެކު އައި މަސްވެރިކަމުގެ ޤާނޫނު، ވީ އެންމެ އަވަހަށް ތަންފީޒުވެގެން ދިޔުން މުހިންމު
05 ޖުލައި 2019

ޓިނު ނެންގެވި ރައީސްއަށް ޖުޑީޝަރީގެ މުހިންމުކަން އިހުސާސްވެވަޑައިގެންފި!

05 ޖުލައި 2019
ޓިނު ނެންގެވި ރައީސްއަށް ޖުޑީޝަރީގެ މުހިންމުކަން އިހުސާސްވެވަޑައިގެންފި!
07 ޖޫން 2019

އިންޑިއާ އަށް ރާއްޖެ މުހިންމުވަނީ ކީއްވެ؟

07 ޖޫން 2019
އިންޑިއާ އަށް ރާއްޖެ މުހިންމުވަނީ ކީއްވެ؟
07 ޖޫން 2019

އިންޑިއާ: އަބަދުވެސް ރާއްޖެެއާ އެކު އޮންނަ، ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް!

07 ޖޫން 2019
އިންޑިއާ: އަބަދުވެސް ރާއްޖެެއާ އެކު އޮންނަ، ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް!
05 އޮކްޓޯބަރު 2018

އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުން ނޮވެމްބަރު 11 އަށް ހަމަޖެއްސުން މުހިންމު

05 އޮކްޓޯބަރު 2018
އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުން ނޮވެމްބަރު 11 އަށް ހަމަޖެއްސުން މުހިންމު
07 ޑިސެމްބަރު 2017

ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!

07 ޑިސެމްބަރު 2017
ކެނޑިޑޭޓްގެ މަސައްކަތް ފެއްޓުން މުހިންމު!
17 ސެޕްޓެމްބަރު 2017

މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި

17 ސެޕްޓެމްބަރު 2017
 މެޝިން ގޮވި އަޑު ޖަލާލުއްދީން މިސްކިތާ ހަމައަށް، ކޮޓަރިން ނުކުތް އިރު މަންމަގެ ހަށިގަނޑުގައި އަލިފާން ރޯވެފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު