Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަނދުން ހުސޭން

އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ

21 ފެބުރުއަރީ 2019 | ބުރާސްފަތި 08:53

ކެރިއާގައިޑެންސް ޕްރޮގްރާމް އޮންނާނީ މި މަހު 21 އިން 28 އަށް

އަލީ ސަމާޚް
އަލީ ސަމާޚް | 21 ފެބުރުއަރީ 2019 | ބުރާސްފަތި 08:53
ކެރިއާގައިޑެންސް ޕްރޮގްރާމްގައި ބައިވެރިވާ ކުދިންތަކެއް

ކެރިއާގައިޑެންސް ޕްރޮގްރާމްގައި ބައިވެރިވާ ކުދިންތަކެއް

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ޝަހީމް (އަނދުން ހުސެއިން)ގެ ހަރަދުގައި އެ ދާއިރާއިން ހޮވާލެވޭ ފަސް ކުއްޖަކަށް ބެންގަލޫރްގެ ގާރޑެން ސިޓީ ކޮލެޖުން ކިޔެވުމުގެ ފުރުސަތު ދޭން ހަމަޖައްސައިފިއެވެ.

އިންޑިއާގެ ބެންގަލޫރްގައި 1992 ވަނަ އަހަރު އުފެދުނު ގާޑެން ސިޓީ ކޮލެޖަކީ ރާއްޖޭގެ ގިނަ ކުދިންތަކެއް މިހާރު ވެސް ތައުލީމު ހާސިލް ކުރަމުންދާ ކޮލެޖެކެވެ. އެ ކޮލެޖުގައި ކިޔަވައިދޭ ކޯސްތަކުގު ތެރޭގައި، ޓުރިޒަމް، ސައިންސް ސްޓަޑީސް، ފެޝަންގެ އިތުރުން އިންފޮމޭޝަން ޓެކްނޮލޮޖީ ވެސް ހިމެނެއެވެ.

Advertisement - newsAdvertisement

ގާޑެން ސިޓީ ކޮލެޖް

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ހުސެއިން ވިދާޅުވީ، އާއްމުކޮށް އިއުލާން ކޮށްގެން ހެންވޭރު ދެކުނު ދާއިރާއަށް ހުޅުވައިލި މިފުރުސަތުގައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް 15 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އަދި އެ ދަރިވަރުން ކެރިއާގައިޑެންސް ޕްރޮގްރާމްގައި ބައިވެރިވުމަށް މި މަހު 21 އިން 28 އަށް ބެންގަލޫރަށް ފޮނުވަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

''މި ޕްރޮގްރާމްގެ ދަށުން އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީގަ އައިކިއު ޓެސްތަކާއި އެމީހުންގެ ޓުއާގަ ބައިވެރިވެ އިންޓަވިއުތަކުން ފާސްވާ ކުދިންގެ ތެރެއިން 5 ކުއްޖަކީ އެ ކޮލެޖްގެ މި އަހަރުގެ ޖޫން އިންޓޭކްގައި ހިލޭ ޑިގްރީއަށް ކިޔަވައިދޭ ގޮތަށް ހަމަޖެހިފައިވާ ފަސް ކުދިން'' ހުސެއިން ވިދާޅުވިއެވެ.

ހުސެއިން ވިދާޅުވީ، މިއަހަރު ފަސް ކުދިންނަށް އެ ފުރުސަތު ދޭން ހަމަޖެހިފައިވާއިރު އަންނަ އަހަރު 10 ދަރިވަރުންނަށް މިފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހިލޭ ޑިގްރީއަށް ބޭރަށް ދާން ފުރުސަތު ހުޅުވައިލީ ޕްރައިމަރީގައި ދޮރުން ދޮރަށް ހިންގެވިއިރު ދާއިރާގެ ގިނަ ރައްޔިތުންގެ ފަރާތުން ކަންބޮޑުވުންފާޅު ކޮށްފައި ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސެއިންގެ ހަރަދުގައި ކިޔަވަން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލައިފައިވާ ދަރިވަރުންތަކެއް.

ބުރާސްފަތި ދުވަހު އެ ދަރިވަރުން އިންޑިއާ އަށް ފުރާއިރު ދެ އޮފިޝަލުން ވެސް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހުސެއިން ވިދާޅުވީ، ޑިގްރީއަށް ދަރިވަރުން ނެގިއިރު އެންމެ ބޮޑަށް އިސްކަން ދީފައި ވަނީ ތަނަވަސްކަން ކުޑަ އާއިލާތަކަށް ކަމަށެވެ.

''އިސްކަންދީފައި މިހިރީ ބެލެނިވެރިންގެ ތަނަވަސްކަން އެވަރަށް ނުފޯރާ ބެލެނިވެރިންނަށް އަޅުގަނޑުމެންނަށް ދިނީ'' ހުސެއިން ވިދާޅުވިއެވެ.

މިކަމުގައި ކަލާފާނުގެ ސްކޫލުގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަ ކުރައްވައި ހުސެއިން ވިދާޅުވީ، ދަރިވަރުން ނަގާފައި ވަނީ ގާޑެން ސިޓީގެ ޗާންސެލާ ދީފައިވާ މިންގަޑާ އެއްގޮތަށް ކަމަށެވެ. ކެރިއާގައިޑެންސް ޕްރޮގްރާމް އަށް ދާ ކުދިން ތިބެން ހަމަޖެހިފައިވަނީ ގާރޑެން ސިޓީ ޔުނިވާސިޓީ ކޮލެޖްގައި ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

2

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

3

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

4

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

5

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް

01 ފެބުރުއަރީ 2017
 ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަކުން މާބޮޑު އަސަރެއް ނުކުރާނެ:ލަތީފް
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް