Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިހާބު 2020

ބަރނީ ސޭންޑަރޒް އެމެރިކާގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމަވައިފި

19 ފެބުރުއަރީ 2019 | އަންގާރަ 14:48

މިއީ ސޭންޑަރޒް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ދެވަނަ ފަހަރު

އަމަން ހަލީމް
އަމަން ހަލީމް | 19 ފެބުރުއަރީ 2019 | އަންގާރަ 14:48
ސެނެޓަރު ބާރނީ ސޭންޑަރޒް

ސެނެޓަރު ބާރނީ ސޭންޑަރޒް

އެމެރިކާގެ ވާރމޮންޓް ސްޓޭޓްގެ ސެނެޓަރު ބަރނީ ސޭންޑަރޒް، 2020 ވަނަ އަހަރު އެ ގައުމުގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވައިފިއެވެ.

އަންގާރަ ދުވަހު ރޭޑިއޯ މެދުވެރިކޮށް ބަރނީ ސޭންޑަރޒް ދެވަނަ ފަހަރަކަށް ޑިމޮކްރެޓިކް ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވަމުން ވިދާޅުވީ، ވާދަކުރައްވަން ނިންމެވީ ދެ ސަބަބަކާއި ހުރެގެން ކަމަށެވެ. އެއް ކަމަކީ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެކޮޅަށް ނިކުތުން ކަމަށާއި، އަނެއް ކަމަކީ 2016 ވަނަ އަހަރުގެ ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް ވާދަކުރެއްވި މެނިފެސްޓޯގައި ހުރި ކަންކަން ކުރެއްވުމަށް ކަމަށެވެ. ބަރނީ ސޭންޑަރޒްގެ 2016 ވަނަ އަހަރުގެ މެނިފެސްޓޯގައި އެމެރިކާގެ ރައްޔިތުންނަށް ޔުނިވާރސަލް ހެލްތްކެއަރ އަދި މިނިމަން ވޭޖްގެ ގޮތުގައި ގަޑި އިރަކަށް 15 ޑޮލަރު ދޭނެ ކަމަށް ހިމަނާފައި ވެއެވެ.

ޓްރަމްޕްއަކީ އެމެރިކާއަށް ބޮޑު ލަދެއް ކަމަށް ވިދާޅުވަމުން ސޭންޑަރޒް ވަނީ ޓްރަމްޕްއަކީ ތަކުރާރުކޮށް އިތުރުފުޅު ހައްދަވާ ބޭފޫޅެއް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ޓްރަމްޕްއަކީ ސިޔާސީ ބޭނުންތަކަށް މައިނޯރިޓީތަކަށް (ދޮން ނޫން ނަސްލުތަކުގެ މީހުން) ޖެއްސުން ކުރާ މީހެއް ކަމަށް ވެސް ސޭންޑަރޒް ތުހުމަތު ކުރެއްވިއެވެ.

ސޭންޑަރޒްގެ އިއުލާނަށް ފަހު، ސަޕޯޓަރުންނަށް ފޮނުއްވެވި އީމެއިލްއެއްގައި ވަނީ އޭނާގެ މި ފަހަރުގެ ކެމްޕެއިންގައި ކުރައްވާނެ ކަންތަތައްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މިހާރު އެމެރިކާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެއްވުމަށް "ގްރާސްރޫޓްސް" ހަރަކާތެއް ފަށާނެ ކަމަށް ވައުދުވެ ވަޑައިގަންފައިވެއެވެ.

ސޭންޑަރޒްގެ އިތުރުން ޑިމޮކްރެޓް ސެނެޓަރުން ކަމުގައިވާ ކޯރީ ބުކަރ، ކަމާލާ ހެރިސް، އެމީ ކްލޮބުޗަރ އެންޑް އެލިޒަބަތް ވޮރެން ވެސް ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައެވެ.

ސޭންޑަރޒް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ޓިކެޓަށް ވާދަކުރައްވައި، ނާކާމިޔާބީއާއި ކުރިމަތިލައްްވަން ޖެހުނީ ހިލަރީ ކްލިންޓަންއާއި ވާދަކުރައްވާފައެވެ. ނަމަވެސް އެ ފަހަރު ހީކުރި ގޮތާ ހިލާފަށް ސޭންޑަރޒް ވަނީ ވަރުގަދަ ކެމްޕެއިންއެއް ކުރައްވައި ގިނަ ޒުވާން ޑިމޮކްރެޓުންގެ ތާއީދު ހޯދުމަށް ފަހު، 52 ސްޓޭޓްގެ ތެރެއިން 23 ސްޓޭޓް ކާމިޔާބު ކުރައްވާފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް