ޕާޓީއެއް އުފެއްދުމަށް ޑީއޯ ސައްޕޭ އަށް ހުއްދަ ދީފީ
މި އަހަރުގެ ތެރޭގައި އިތުރު ގިނަ ޕާޓީތަކެއް ވުޖޫދަށް ވަނީ އައިސްފައި


ދަރުމަވަންތަ ޕާޓީ އުފެއްދުމުގެ ހުއްދަ އިސީ އިން ދީފައި ވަނީ ހޯމަ ދުވަހު
"ދަރުމަވަންތަ ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ ހުއްދަ އިިލެކްޝަން ކޮމިޝަނުން ދީފިއެވެ.
"ދަރުމަވަންތަ ޕާޓީ" އުފެއްދުމުގެ ހުއްދަ ދީފައި އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިން އެމްޑީޕީގައި އިސްކޮށް އުޅުނު އަހްމަދު ޝަފީގު މޫސާ (ޑީއޯ ސައްޕޭ) އަށެވެ.
އިނގިރޭސިވިލާތުގެ ލަންޑަނުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު ސިޔާސީ ޕާޓީއެއް އުފެއްދުމަށް ސައްޕޭ އީސީ އަށް ހުށައަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުއްދަ ދިނުމާ އެކު، 3،000 މެމްބަރުން ހަމަކުރަންޖެހެއެވެ. މިކަން ކުރުމަށް ތިން މަސް ދުވަސް ލިބެއެވެ.
އީސީގައި އަށް ސިޔާސީ ޕާޓީއެއް ވަނީ ރަޖީސްޓްރީ ކޮށްފައެވެ. އެއީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)، އަދާލަތު ޕާޓީ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކްސް (އެމްޓީޑީ) އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިތުރުން ޕީޕަލްސް ކޮންގްރެސް ޕާޓީ (ޕީއެންސީ) އެވެ.
ކުރީގެ ރައީސް މައުމޫނުް އަބްދުލްގައްުޔޫމް ވެސް ގެންދަވަނީ މައުމޫން ރިފޯމް މޫވްމެންޓް ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.



