Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއެމްޕީއާރްސީ

ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް

17 ފެބުރުއަރީ 2019 | އާދީއްތަ 15:56

އެންޓި މަނީ ލޯންޑަރިންގ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރަން ފެށީ އޮކްޓޫބަރު 2014ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 ފެބުރުއަރީ 2019 | އާދީއްތަ 15:56
ޭބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް

ޭބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް

ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެސްއޯއެފްގެ މުއާމަލާތްތައް ހިންގި ފަހުން 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެންޓި މަނީ ލޯންޑަރިންގ ގަވާއިދު އެކުލަވާލި ފަހުން ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

އެ ކުންފުނިން އާދިއްތަ ދުވަހު އާންމުކުރި ބަޔާނުގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ރިޕޯޓް އޭސީސީ އިން ޢާންމުކުރުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ބައެއް މަޢުލޫމާތުތަކަށް ރިއާޔަތްކޮށް، ބޭންކް އޮފް މޯލްޑިވްސްގެ ބައިވެރިވުން މި ޚިޔާނާތުގައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދާކަން ބޭންކަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ބޮޑެތި އަދަދުތަކުން ފައިސާ ބޭންކަށް ޖަމާކުރާއިރު ވަރަށް ގިނަ ސުވާލު ބޭންކުން ކުރާއިރު މި ފަދަ ބޮޑު ޢަދަދުތައް އެސްއޯއެފް އެކައުންޓަށް ޖަމާކުރެވުނީ ކީއްވެގެންތޯ ވެސް ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެކަމަށް ރައްދު ދީ ބޭނުންކުން ބުނީ ބޮޑެތި އަދަދުތައް ޖަމާކުރާ އިރު ބޭންކުތަކުން އެކަން ބަލައި، ސުވާލުކުރަން ފެށީ އެސްއޯއެފްގެ މުޢާމަލާތްތައް ހިނގުމުގެ ފަހުން ވުޖޫދުވި އެންޓި މަނީ ލޯންޑަރިންގ ޤާނޫނާއި ޤަވާއިދުތަކަށް ޢަމަލުކުރަން ފެށުނު ހިސާބުން ކަމަށެވެ. އެއީ އޮކްޓޫބަރު 2014 އިން ފެށިގެން ކަމަށް ބީއެމްއެލްއިން ބުނެއެވެ. އެހެން ނަމަވެސް ނިސްބަތުން ބޮޑެތި ޢަދަދުތަކުގެ މުޢާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވިގެން، ބޭންކުން ވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުތައް ވަރަށް ގާތުން މޮނިޓަރކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ. އެގޮތުން ޤަވާއިދުން ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ކަނޑައެޅިފައިވާ ޢުސޫލާ އެއްގޮތަށް އެ އެކައުންޓުތައް، މޮނިޓަރ ކުރެވިފައިވާ ކަމަށާއި ނޮވެމްބަރު 2014 އިން ފެށިގެން އެމްއެމްޕީއާރްސީ އާއި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން ކުރެވިފައިވާ މުޢާމަލާތްތައް ކަމާ ބެހޭ މުއައްސަސާތަކަށް ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

ބޭންކުން ނެރުނު ބަޔާނުގައި ބުނީ މި އެކައުންޓްތަކުން ކުރެވުނު މުއާމަލާތްތައް ކޮންމެ ހަފުތާ އަކު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓް ކޮށްފައި ވާނެ ކަމަށެވެ. އަދި ބޭންކުގެ އެއްވެސް އެކައުންޓަކުން ދެ ލައްކަ ރުފިޔާ އަށް ވުރެ މަތިން ކުރެވޭ ހުރިހާ ބާވަތެއްގެ މުޢާމަލާތްތައް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް "ތްރެޝޯލްޑް ޓްރާންސެކްޝަން ރިޕޯޓު" ގެ ތެރެއިން ރިޕޯޓުކުރުމަކީ ބޭންކުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ވެސް އެކުންފުނިން ވަނީ މިބަޔާނުގައި ފާހަގަކޮށްފައެވެ.

އެ މުޢާމަލާތްތަކާ ގުޅިގެން ބޭންކުގެ ފަރާތުން އަދާކުރަންޖެހޭ ޤާނޫނު ލާޒިމުކުރާ އެންމެހާ ޒިންމާތަކެއް ބޭންކުގެ ފަރާތުން ފުރިހަމައަށް އަދާކޮށްފައިވާ ކަމަށާއި، ޝައްކުކުރެވޭ މުޢާމަލާތްތައް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރުމަކީ މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ބޭންކުގެ މައްޗަށް ޤާނޫނު ލާޒިމުކުރާ ކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.

ޝައްކުކުރެވޭ މުޢާމަލާތްތަކާ ގުޅޭ އެނަލިސިސް ރިޕޯޓަކީ ހަމަ އެ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ފަރާތުން ތައްޔާރުކުރާ ރިޕޯޓެކެވެ. މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު ބަޔާންކުރާ ގޮތުގައި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅޭ އެންމެހާ ޝައްކުކުރެވޭ މުޢާމަލާތްތަކާ ގުޅޭ ރިޕޯޓުތަކުގައި ބަޔާންކުރާ އެންމެހާ މަޢުލޫމާތުތައް ބަލައި އިތުރަށް އެމަޢުލޫމާތުތައް ދިރާސާ ކުރުމަކީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ޒިންމާއެކެވެ. އަދި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން އޮކްޓޫބަރ 2017 ގައި ފަށައިގެން ގާތްގަޑަކަށް ނުވަ މަސްދުވަސް ވަންދެން މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގައި ބޭންކުގައި ޢަމަލުކުރާ ގޮތް ބެލުމަށް އޮޑިޓެއް ކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ. މިއިން އެއްވެސް އޮޑިޓަކުން މި މުޢާމަލާތްތައް ހިންގުމުގައި ބޭންކުން ޤާނޫނާއި ޤަވާއިދާ ޚިލާފުވެފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ބޭންކްގެ ބަޔާނުގައި ވެއެވެ.

އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ބޭނުންވާ ހުރިހާ މަޢުލޫމާތެއް ބޭންކުން ދަނީ ތަޙްޤީޤީ އިދާރާތަކަށް ދެމުން ކަމަށާއި އެމްއެމްޕީއާރްސީގެ ޚާއްޞަ އޮޑިޓަކަށް ބޭނުންވެގެން 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެތެރޭގައި އޮޑިޓަރ ޖެނެރަލް އޮފީހަށް ދީފައިވާ މަޢުލޫމާތުތަކުގެ ތެރޭގައި އެސްއޯއެފްގެ އެކައުންޓްތަކުގެ މަޢުލޫމާތްތައް ހިމެނޭނެ ކަމަށް ވެސް ބޭންކްގެ ބަޔާނުގައި ވެއެވެ. އެމްއެމްޕީއާރްސީގެ ޚާއްޞަ އޮޑިޓް ރިޕޯޓް ނެރެފައި ވަނީ 04 ފެބުރުއަރީ 2016 ގައެވެ. ބީއެމްއެލް އިން ބުނީ ބޭންކްގެ ފ. ނިލަންދޫ ބްރާންޗްގެ މެނޭޖަރަކަށް ހުންނެވި ޤާސިމް އަބްދުލްކަރީމް އެ މަޢުލޫމާތު ޢާންމުކޮށްފައި ވަނީ ވެސް އެ އޮޑިޓް ރިޕޯޓް ނެރުމުގެ ފަހުން ކަމަށެވެ. އެ މައްސަލައިގައި ގާސިމް ވަޒީފާ އިން ވަކިކޮށް ހައްޔަރުކޮށް ޖަލަށް ލާފައި ވެއެވެ.

އެމްއެމްޕީއާރސީގެ މައްސަލައާ ގުޅިގެން ކުރާ ތަޙްޤީޤްތަކަށް ކުރިޔަށްއޮތްތާނގައި ވެސް ބޭންކުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2017

"މަލްޓި" ވިޔަފާރި އިތުރު ހަރު ފަތަކަށް، ގިނަ ސާމާނާ އެކު އާ ސުޕަމާޓެއް

04 ނޮވެމްބަރު 2017
"މަލްޓި" ވިޔަފާރި އިތުރު ހަރު ފަތަކަށް، ގިނަ ސާމާނާ އެކު އާ ސުޕަމާޓެއް
12 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

12 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
04 އޮކްޓޯބަރު 2017

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި
20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
18 ޖުލައި 2017

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ
12 ޖުލައި 2017

ދެ ރުފިޔާގެ އާ ފާއިސާ ފޮތި ތަޢާރަފްކޮށްފި

12 ޖުލައި 2017
ދެ ރުފިޔާގެ އާ ފާއިސާ ފޮތި ތަޢާރަފްކޮށްފި
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް