Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެޓީވީގެ ފަލަ ސުރުހީ

އޭސީސީން ނެރުނު ރިޕޯޓަކީ ހިންގާފައި އޮތް ބޮޑު ޖަރީމާއެއް، މެމްބަރުންގެ މައްސަލަ ބެލެން ޖެހޭ: ހަސީން

ރިޕޯޓަށް ވަކި ބައެއްގެ ނުފޫޒު ފޯރާފައިވާ ރިޕޯޓެއް ކަމަށެ ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 16 ފެބުރުއަރީ 2019 | ހޮނިހިރު 22:58
ގާނޫނީ ވަކީލް އަބްދުﷲ ހަސީން ރާއްޖެ ޓިވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

ގާނޫނީ ވަކީލް އަބްދުﷲ ހަސީން ރާއްޖެ ޓިވީގެ ފަލަސުރުހީ ޕްރޮގްރާމްގައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުރާސްފަތި ދުވަހު ނެރުނު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ރިޕޯޓަކީ ހިންގާފައިވާ ޖަރީމާއެއް ކަމަށް ތުހުމަތުކޮށް، އެކަމުގައި ޝަމިލްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްސަލަ ބަލަން ޖެހޭ ކަމަށް ގާނޫނީ ވަކީލް އަބްދުﷲ ހަސީން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އޭސީސީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި މި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެއެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ހަސީން ވިދާޅުވީ، އޭސީސީން ނެރެފައިވާ ރިޕޯޓަކީ ''އުނި'' ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓަށް ވަކި ބައެއްގެ ނުފޫޒު ފޯރާފައިވާ ރިޕޯޓެއް ކަމަށެވެ. ހަމައެއާއި އެކެ އެއަކީ އޭސީސީގެ މެމްބަރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށް ހަސީން ވަނީ ތުހުމަތު ކުރައްވާފައެވެ.

''އޭސީސީން މިނިވަން މުއައްސަސާއެއްގެ ނަން ބޭނުން ކޮށްގެން، މިނިވަން މުއައްސަސާއެއްގެ މެމްބަރުންގެ ގޮތުގައި ތިބެ ވަކިފަރާތަކަށް ބުރަވާ ގޮތަށް ހިޔާނާތައް މަގުފައިވާ ފަދަ ރިޕޯޓެއް ނެރުނީތީ އެ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅަން އެބަ ޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ގޮވާލަން މި ބޭފުޅުން އެތަނަށް ހާޒިރު ކުރަން. ގަސްތުގައި މި ބޭފުޅުން މިނިވަން މުއައްސަސާއެއްގެ ނަން ބޭނުންކޮށްގެން ރިސޯސް ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު ޖަރީމާއެއް'' ހަސީން ވިދާޅުވިއެވެ.

ލޭބާ ޕާޓީގައި އިސްކޮށް އުޅުއްވާ ހަސީން ވިދާޅުވީ، މިނިވަން ތަހްގީގެއް ހިންގައިފިނަމަ، އޭސީސީގެ މެމްބަރުންނަށް ވަކި ސިޔާސީ ނުފޫޒެއް އޮވެގެން ނެރުނު ރިޕޯޓެއްކަން ސާބިތުވާނެ ކަމަށެވެ.

ހަސީން ވިދާޅުވި ގޮތުގައި، އޭސީސީން ހާމަކުރި ރިޕޯޓުގައި އެސްއޯއެފް އިން ފައިސާ ލިބިފައިވާ ހުރިހާ ފަރާތްތަކަކީ ހިޔާނާތުގެ ފައިސާގައި ހިފި ފަރާތްތަކަށް ނުވުން އެކަށީގެންވާ ކަމަށާއި، އެސްއޯއެފް ކުންފުންޏަކީ ހަމައެކަނި ހިޔާނާތުގެ މުއާމަލާތް ކުރާ ކުންފުންޏެއް ކަމުގެ ހެކި އެސީސީއަށް ލިބިގެންވާތޯވެސް ހަސީން ވަނީ ސުވާލު އުފައްދަވާފައެވެ.

''އެ ހެއްކެތް ވެސް ނެތް. ކަނޑައެޅިގެން ވަރަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅޭ ގޮތަށް، ރައްޔިތުންނަށް އެކަންކަމުގެ މާނަ ނުބައިކޮށް ދޭހަވާ ގޮތައް މި ކަންކަން ކޮށްފައި ވަނީ. މި ކަމުގެ ސަބަބުން މި ވީ ގޮތަކީ އެ ލިސްޓުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ އަބުރު އެބަ ގެއްލިގެންދޭ. އެ ލިސްޓުގައި އޮވެއްޖެއްޔާ ކޮންމެ މީހަކުވެސް ރައްޔިތުންނަށް ބެލެވޭނީ ހިޔާނާތްތެރިއެކޭ... މިހެނެއް ނޫނެ މިކަން. އަޅުގަނޑުމެންނަށް މި އެގެނީ މިކަން ވެފައި އޮތް ގޮތަށް ބަލައިލީމަ ވެސް އެގެނީ މީގައި އެބަ އުޅޭކަން މައްސަލަތަކެއް.'' އޭނާ ވިދާޅުވިއެވެ.

އެ ރިޕޯޓުގައިވާ ކަންތައްތަކުގެ ފުރިހަމަ ތަހްގީގެއް ކުރުމުގެ ފުރުސަތު ފުލުހުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީއަށް ވެސް އެބައޮތް ކަމަށް ހަސީން ވިދާޅުވިއެވެ.

ކުރިން އެމްޑީޕީގައި އިސްކޮށް އުޅުއްވި ހަސީން ވިދާޅުވީ، އޭސީސީ ރިޕޯޓްގައި ނަން ހިމެނޭ މި ސަރުކާރުގެ އިސްބޭފުޅުން ގޭގައި މަޑުކުރުމަށް ރައީސް ސޯލިހު އެންގެވުމަކީ މި ސަރުކާރުގެ ހެޔޮނިޔަތް މި ކަމުގައި އޮތްކަން ދޭހަވެގެން ދިޔަ ކަމެއް ކަމަށެވެ.

އޭސީސީން އާންމު ކުރި އެމްއެމްޕީއާރްސީގެ ޙިޔާނާތުގެ ރިޕޯޓުގައި ހިމެނޭ މި ސަރުކާރުގެ އިސް ދެ ބޭފުޅުންނަކީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހުލޫފާއި މިނިސްޓްރީ އޮފް ޕްލޭނިންގގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

ހަސީން ވިދާޅުވީ، އެ ރިޕޯޓާއި ގުޅިގެން އެއްވެސް ފަރާތެއް އިސްތިއުފާދެއްވައި ވަކި ކުރަން ނުޖެހޭނެ ކަމަށް ގަބޫލްކުރައްވާ ކަމަށެވެ. ނަމަވެސް މިނިވަން މުއައްސާސާ ތަކުގައި ތިބި ފަރާތްތަކަށް ތުހުމަތުތަކެއް ކުރެވެމުން ދާއިރު، އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

''ސަރުކާރުންވެސް އަދި އެހެން މުއައްސަސާތަކުން ވެސް ، ޖުޑިޝަރީ އިން ވެސް އަދި ރައްޔިތުންގެ މަޖިލީހުންވެސް މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ އިމުން ބޭރުވެގެން، ޒިންމާ އަދާނުކޮށް ވަކި ފަރާތެއްގެ ސިޔާސީ ނުފޫޒަކަށް ލެބެމުންދާ ކަމުގެ ތުހުމަތުތަކެއް ކުރެވޭއިރު އެ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާށެ.'' ހަސީން ވިދާޅުވިއެވެ.

އެސީސީގެ ރިޕޯޓާ ބެހޭ ގޮތުން ހަސީން ވާހަކަ ދައްކާފައިވާއިރު އެ ރިޕޯޓުގެ ސައްހަ ކަމާމެދު ގާނޫނީ ވަކީލް މަރިޔަމް ޝުނާނާވެސް ވަނީ ސުވާލު އުފައްދާފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު