Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރްސީ

އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!

ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ އެންމެ މިލިއަން ޑޮލަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2019 | ހޮނިހިރު 08:00
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކޮށްފައިވަނީ އެސްއޯފްގެ އެކައުންޓްގެ ތެރެއިން

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކޮށްފައިވަނީ އެސްއޯފްގެ އެކައުންޓްގެ ތެރެއިން

އޭސީސީއިން ފޮރުވައިގެން ގެންގުޅުނު ރިޕޯޓު ޢާންމު ކުރައްވައިފިއެވެ. ރޯދަމަހު ދިވެހިން އެކަކު އަނެކަކާ ދިމާވުމުން ކޮބާ ރޯދަތޯއޭ އަހާލާ ގޮތަށް މިހާރު ސުވާލުކުރަނީ ލިސްޓުގައި ނަން އޮތްތޯއެވެ. އެ ލިސްޓަކީ ޚިޔާނާތްތެރިވުމާއި ވައްކަމާއި ފަސާދަ މިނެކިރާ މީޒާނަކަށް ވެއްޖެއެވެ. ލިސްޓުގައި ނަން އޮތް މީހާއަކީ ޚިޔާނާތްތެރިއެކެވެ. ނަން ނެތްނަމަ އަމީނެކެވެ.

އަޅުގަނޑުގެ ވިސްނުން ތަފާތެވެ. އޭސީސީއިން ޢާންމު ކުރި ރިޕޯޓުން ސޯޝަލް މީޑިއާގައި ދައުރުވާ ސަފްޙާތަކަކީ ކުޑަ މިންވަރެކެވެ. އެއީ އެސް.އޯ.އެފް. ގެ ބޭންކް އެކައުންޓް ސްޓޭޓްމަންޓެވެ. އެ އެކައުންޓަށް ވަދެފައިހުރީ އެމް.އެމް.ޕީ.އާރު.ސީ. އަށް ލިބެންޖެހޭ ފައިސާކަމަށްވާތީ އެ އެކައުންޓުން އެހެން އެކައުންޓަކަށް ފައިސާ ވަދެފައިވާކަމަށް ފެންނަނަމަ އެކަމުގައި ސުވާލު އުފެއްދުމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް ހަމައެކަނި އެ ޙަޤީޤަތުގެ މައްޗަށް ނިންމުމެއް ނިންމުން ރަނގަޅުވާނޭކަމަށް ނުފެނެއެވެ.

އެ ލިސްޓުން ފެންނަ ގޮތުން ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ އެންމެ 1 މިލިއަން ޑޮލަރެވެ. ބިލިއަނުން ހިނގި ޚިޔާނާތެއްގައި ރައީސް ޔާމީންގެ ހިއްސާއަކީ ހަމަ އެންމެ 1 މިލިއަން ޑޮލަރުކަމަށް އަޅުގަނޑުމެން ނިންމަންވީތޯއެވެ. ހަމަ އެގޮތަށް ފައިސާ ގޯނި ހިފައިގެން ހިނގިކަމަށް ބުނި މެންބަރުންގެ ނަން އަމުދުން ނުވެސްނެތެވެ. އެއިން މެންބަރަކަށް އެފައިސާއިން އެއްވެސް މިންވަރެއް ނުލިބޭކަމަށް އަޅުގަނޑުމެން ނިންމަންވީތޯއެވެ.

އުނިކަމެއް އުޅެނީ އޭސީސީގެ ތަޙުޤީޤުގައެވެ. އޭސީސީއާ ޙަވާލުކުރެވުނު މަސައްކަތަކީ އެސްއޯއެފްގެ އެކަންޓް ސްޓޭޓްމަންޓް ހޯދައި ޢާންމު ކުރުމެއް ނޫނެވެ. އެ މިންވަރަށް ބޭންކުގެ ރިސެޕްޝަންގައި އިންނަ މުވައްޒަފަށްވެސް ތަޙުޤީޤުކޮށްލެވޭނެއެވެ. ކޮމްޕިއުޓަރުން ދެތިން ބަޓަނަށް އޮބާލީމާ ކުރިމަތިން އެސްއޯއެފްގެ ޢަމަލުގެ ފަތް އޮންނާނީ ފެންނާށެވެ. އޭސީސީއިން ބަލަންވީ އެކިއެކައުންޓްތަކަށް ވަދެފައިވާ ފައިސާއަކީ ކޮން ކަމަކާ ގުޅިގެން ވަދެފައިހުރި ފައިސާއެއްތޯއެވެ.

އެ ލިސްޓުގައި ނަން އޮތް ބޭފުޅަކު ވިދާޅުވާގޮތުން، ދައުލަތުގެ އިސް މަޤާމެއްގައި ހުރި ބޭކަލެއްގެ އަރިހަށް ބޭސްފަރުވާގެ ކަމެއްގައި އެހީއަށް އެދިގެން ދިއުމުން އޭނާގެ އެކައުންޓް ނަންބަރު ދިނުމަށް ވިދާޅުވިއެވެ. އޭގެ ފަހުން ގުޅުއްވާފައި މިހާރު އެކައުންޓަށް ފައިސާކޮޅެއް ޖަމާކޮށްދީފައި ހުންނާނޭ ވާހަކަ ބުނުމުން ބެލިއިރު ހާހެއްހައި ޑޮލަރު ޖަމާކޮށްފައި ހުއްޓެވެ. އެ ފައިސާ ޖަމާކުރީ އެސް.އޯ.އެފް. ގެ އެކައުންޓުންނެވެ. މި މީހާ އެ ކުންފުންޏާ އެއްވެސް މުޢާމަލާތެއް ކުރީކީއެއް ނޫނެވެ. އެހީއަށް އެދުނީވެސް އެކުންފުންޏާ ގުޅުމެއްހުރި މީހެއްގެ ފަރާތަކުން ނޫނެވެ.

އޭސީސީއިން މުޅި މައްސަލައިގެ ރަނގަޅު ތަޙުޤީޤެއްކުރިނަމަ، އެސް.އޯ.އެފް. ގެ އެކައުންޓުން އެކި އެކައުންޓްތަކަށް ޖަމާވި ފައިސާއަށް އޭގެ ފަހުން ވެފައިހުރީ ކިހިނެއްތޯ ބަލާނެއެވެ. ބޮޑެތި ޢަދަދުތަކުގެ މުޢާމަލާތް ހިންގާފައި ހުންނާނީ ބޭންކިންގ ސިސްޓަމްގެ ތެރެއިންނެވެ. ކޮންމެވެސް އާދަނެއް ނުވަތަ ބަކުރެއްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު އެ ފައިސާ އެހެން ވިޔަފާރި އެކައުންޓަކަށް ޖަމާކޮށް، އަސްލު ލިބެންޖެހޭ މީހާއަށް ލިބޭނީ އޭގެ ފަހުންނެވެ. އެ ފައިސާ އެއް އެކައުންޓުގައި އިރުކޮޅަކު މަޑުކޮށް އަނެއް އެކައުންޓަށްދާއިރު ދާނީ ކޮންމެވެސް މިންވަރެއް އުނިވެގެންނެވެ. މިގޮތަށް މުޢާމަލާތް ހިންގުމުން އަސްލު ފައިސާ ލިބުނު މީހާގެ އެކައުންޓަށް އެސް.އޯ.އެފް.ގެ އެކައުންޓުން އެއްވެސް ފައިސާއެއް ވަދެފައިހުރިކަމަށް އެކައުންޓް ސްޓޭޓްމަންޓުން ނުދައްކާނެއެވެ.

މަނީ ލޯންޑަރިންގެ މައްސަލަތަކަކީ ތަޙުޤީޤުކުރުން އުނދަގޫ މައްސަލަތަކެކެވެ. އެހެން ނަމަވެސް އެއީ ނުކުރެވޭނޭ ކަމެއް ނޫނެވެ. އެނގިހުރެ ޚިޔާނާތުގައި ބައިވެރިވެ މަންފާ ހޯދި ޚިޔާނާތްތެރިންނަކީ ކޮބައިކަން ހޯދޭނެއެވެ. އެހެން ނަމަވެސް އެކަން ކަނޑައެޅުމުގައި ބޭނުންކުރާ ހަމައެކަނި ޙުއްޖަތަކީ އެސް.އޯ.އެފް.ގެ އެކައުންޓް ސްޓޭޓްމަންޓް ކަމަށް ވުމަކީ ގޯހެކެވެ. އެ ސްޓޭޓްމަންޓްގައި ނަން ހިމެނޭ އެންމެންނަކީ އެމް.އެމް.ޕީ.އާރު.ސީ. ގެ ތަޙުޤީޤުގައި އެހީތެރިވެވިދާނޭ މީހުންނެވެ. އެމީހުން ޖަވާބުދާރީވާންޖެހޭނޭ ކަމަށް އަޅުގަނޑުވެސް އެއްބަހެވެ. އެހެން ނަމަވެސް އެ ސްޓޭޓްމަންޓަކީ މީހެއްގެ އަމާނާތްތެރިކަމާ ޚިޔާނާތްތެރިކަން ވަޒަންކުރާ މީޒާނަށް ވެގެން ނުވާނެއެވެ.

އޭސީސީއިން ކޮށްފައިވާ ތަޙުޤީޤު ރިޕޯޓުން އެނގުނީ އޭސީސީއިން މައްސަލަ ތަޙުޤީޤުކޮށްފައި ނެތްކަމެވެ. އެ މައްސަލައިގެ ތަޙުޤީޤު އަލުން ހިންގަންޖެހިފައި އޮތްކަމެވެ. ހަމައެއާއެކު ތަޙުޤީޤުކުރުމުގެ ނަމުގައި 3 އަހަރުވަންދެން ހިންގި މަސައްކަތުން އޭސީސީގެ މެންބަރުން މަޤާމަށް ކުފޫ ހަމަނުވާކަން ސާބިތުވުން ނޫން އިތުރުކަމެއް ނުވެއެވެ. އެ ރިޕޯޓާ ގުޅިގެން އަޅަންޖެހޭނޭ އެންމެ އިސް ފިޔަވަޅަކީ އޭސީސީގެ މެންބަރުން މަޤާމުން ވަކިކުރެވި، އަލުން އެ ތަޙުޤީޤު ހިންގޭނޭ ޤާބިލު ބަޔަކު މަޤާމަށް ޢައްޔަނުކުރުމެވެ.

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލް މަހްފޫޒު ސައީދު ލިޔުއްވާފައިވާ ލިޔުމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި އަމުރު ބާތިލް ކުރުމާއި އިދިކޮޅުން "ތެޅިގަތުން"!

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި އަމުރު ބާތިލް ކުރުމާއި އިދިކޮޅުން "ތެޅިގަތުން"!

10 އޮކްޓޯބަރު 2020
އޭސީސީއާއި ފުލުހުންނަށް ކުރިން މައްސަލައަކަށް ނުވެއޮތުމަކީ، އެކައުންޓްގައި ހުރި ފައިސާ ހަލާލުވުންތޯ؟

އޭސީސީއާއި ފުލުހުންނަށް ކުރިން މައްސަލައަކަށް ނުވެއޮތުމަކީ، އެކައުންޓްގައި ހުރި ފައިސާ ހަލާލުވުންތޯ؟

23 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު