Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއޭސީސީ ރިޕޯޓް

އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ

އޭސީސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާ އަށް ހާޒިރު ކުރަން ޖެހޭ

އަލީ ސަމާޚް
އަލީ ސަމާޚް | 14 ފެބުރުއަރީ 2019 | ބުރާސްފަތި 14:38
ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ

ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ

އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުރާސްފަތި ދުވަހު އާއްމުކޮށްފައިވާ ރިޕޯޓް ގަބޫލު ނުކުރާ ކަމަށް ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވެއްޖެއެވެ.

ޖުމްލަ 776 ސަފްހާގެ އެ ރިޕޯޓްގައި އެމްއެމްޕީއާރުސީގެ ފައިސާ ވަން ސިޔާސީ ފަރާތްތަކުގެ އެކައުންޓްތަކަޢި ވިޔަފާރިވެރިންގެ ނަންތަކާއި ތަފްސީލު ވެސް ހިމެނެއެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެއެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަމުން ޝުނާނާ ވިދާޅުވީ، އެސީސީއަކީ ފެއިލްވެފައިވާ މުއައްސަސާއެއް ކަމަށާއި އެ ރިޕޯޓް ހާމަކޮށްފައި ވަނީ ކޮރަޕްޝަނުގެ ފައިސާގައި ޖެހިފައިވާ ފަރާތްތަކުގެ ނަންތައް ހާމަކުރަން ހުކުރު ދުވަހު މުޒާހަރާ ކުރަން ނިކުންނަން ބަޔަކު ނިންމުމުން ކަމަށެވެ.

''މިއަދަކު ނޫން ތަހްގީގް ރިޕޯޓް ހާމަކުރާނީ. އެ އަށް ވުރެ ކުރިން ހާމަ ކުރަންޖެހޭ... ބަޔަކު އަޑު އުފުލައި ހަޅޭލަވާ ކަންތައްތައް ކުރީމަކާ ނޫން ކޮރަޕްޝަން ހާމަކުރަން ޖެހޭނީ. އޭގާ އޮންނާނެ ޒިންމާއެއް. އެކަމުގެ ޒިންމާ ބޮޑުވާ މުއްސަސާއަކީ އެސީސީ،'' ޝުނާނާ ވިދާޅުވިއެވެ.

ޝުނާނާ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރްސީ ހިޔާނާތް ފަދަ ކޮރަޕްޝަންގެ މައްސަލަތައް ގިނަވެގެން ދިޔައީ، ވޭތުވެދިޔަ ފަސް އަހަރު އޭސީސީގެ ޒިންމާ އެ ބޭފުޅުންނަށް އަދާނުކުރެއްވުމުން ކަމަށާއި، އެ ރިޕޯޓް ހާމަކުރަން ޖެހޭނީ މިއަދު ނޫން ކަމަށެވެ.

އެސީސީ އަށް އެތައް މައްސަލަތަކެއް ހުށައަޅާފައިވާ ކަމަށާއި އެއިން އެއްވެސް މައްސަލައެއް އެ ކޮމިޝަނުން ބަލާފައި ނުވާ ކަން ފާހަގަ ކުރައްވަމުން ޝުނާނާ ވިދާޅުވީ، ސީލައިފް ފްލެޓްތަކުގެ ކޮރަޕްޝަނާ ގުޅޭ 200 މައްސަލައެއް އެސީސީ އަށް ހުށައަޅާފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާ ނުވާ ކަމަށެވެ.

''މިއަދާ ހަމަޔަށް ވެސް އެންމެ ކުޑަ މިނުން ސްޓޭޓްމެންޓެއް ނަގާލަކަށް ވެސް ގުޅީކީ ނޫން. އެހެންވީމާ އަދިވެސް ފިޔަވަޅެއް ނޭޅޭ... އަޅުގަނޑުމެން މައްސަލަ ހުށައެޅި އެތައް ފާރާތްތަކުން މި ދަންނަވަނީ މައްސަލަ ބަލައިދޭށެ. އެކަމަކު މިއަދާ ހަމަޔަށް ވެސް ކީއްތޯ ކުރީ. މައްސަލައަށް ކިހިނެއްތޯ ހެދީ ވެސް އަޅުގަނޑުމެންނަށް މައުލޫމާތެއް ނުދޭ. މީ އެކަންޏެއް ނޫން. އެތައް މައްސަލައެއް އެބޮތް،'' ޝުނާނާ ވިދާޅުވިއެވެ.

އެސީސީގެ މެމްބަރުން ރައްޔިތުން މަޖިލީހުން މިނިވަން މުއައްސަސާއި ބެހޭ ކޮމިޓީއަށް ހާޒިރުކޮށް އެމްއެމްޕީއާރްސީގެ މައްސަލަ މިހާ ދުވަސް ވެގެން ދިޔައިރު އެކަށީގެންވާ ގޮތަށް ހައްލުވެފައި ނެތް ސަބަބު ބަލަން ޖެހޭ ކަމަށެވެ. އަދި ޖިނާއީ ދައުވާއެއް ކުރަންޖެހޭ ނަމަ އެކަން ވެސް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމުގައި މައިގަނޑު ތިން ކަމަކަށް އަލިއަޅުވާލާއިރު، އެންމެ މުހިއްމު ކަމަކަށް ވާނީ އެސީސީގެ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލުން ކަމަށް ޝުނާނާ ވިދާޅުވިއެވެ.

ކާނިވާ ސަރަހައްދުގައި ހަވީރު 4:00ގައި ފަށާ މި ހިނގާލުން ނިންމާލާނީ ބޮޑުތަކުރުފާނު މަގު ސޯޝަލް ސެންޓަރުންނެވެ.

''މި މުޒާހަރާ އަކީ ވަރަށް ޕީސްފުލް އެސެމްބްލީއެއް. މުޒާހަރާގައި އަޅުގަނޑުމެން ފޯކަސް ކޮށްލީ ހާމަކުރުމަށް. އެހެންނަމަވެސް މހާރު މިއަދު އަޅުގަނޑުމެން މަދަމާ ޕްރްޓެސްޓު އޮތީ...އަޅުގަނޑުމެންގެ މޫވްމެންޓާ ހެދި އަޅުގަނޑުމެން ގަބޫލް ކުރެވޭ ގޮތުގައި ސަކްސެސްފުލް ނަތިއްޖާއެއް ބުކުންނަށް ޖެހޭ. މި ނިކުތީ އެތައް ބައެއްގެ މަސައްކަތުން. ކޮރަޕްޝަނާއި ދެކޮޅަށް އެތައް ބައެއް ތެދުޥީމަ ނަތިއްޖާ މިއަދު އަޅުގަނޑުމެންނަށް ހާސިލް މިވީ.'' އޭނާ ވިދާޅުވިއެވެ.

މި ހަރާކާތުގައި ގިނަ ފަރާތްތަކަކުން ބައިވެރިވާނެ ކަމަށާއި، އޭގެ ތެރޭގައި މަޖިލީހުގެ މެމްބަރުން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހިނގާލުމަށް ގިނަ ބައެއްގެ ތާއިދު ލިބެމުންދާ ކަމަށާއި، ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުނާނާ ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު