Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސަށް ވަރުގަދަ ހަމަލާތަކެއް!

އެފްއޭއެމްގެ އެތެރޭގެ ކޯޅުންގަނޑު ބޮޑު

މިއުނާ ހަސަން
މިއުނާ ހަސަން, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2019 | އަންގާރަ 13:58
އެފްއޭއެމް

އެފްއޭއެމް

މި ދުވަސްވަރަކީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ގިނަ މައްސަލަތަކެއް ފެންމަތިވަމުން ދާ ދުވަސްވަރެކެވެ.

ނިމިގެންދިޔަ ޖެނުއަރީ މަސް އެއްކޮން ދެކެވުނީ ފުޓްބޯލް އެސޯސިއޭޝަންގެ ވާހަކައެވެ. އަހަރު ފެށިގެންދިޔައީ ފުޓްބޯޅައިގެ ކޯޅުންގަނޑަކުންނެވެ.

މީގެ ތިން ހަފްތާ ކުރިން އަޑުއިވުނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ލީޑާޝިޕް ބަދަލުކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މަސައްކަތް ކުރައްވާ ކަމުގެ އަޑުތަކެވެ. މިނިސްޓަރުގެ މައްޗަށް ތުހުމަތުތަކެއް ކުރީ އެފްއޭއެމްއިންނެވެ.

އެފްއޭއެމުން މީސްމީޑިއާގައި ހާމަކުރި ކުޑަ ބަޔާނެއްގައި ބުނީ، އެ އިދާރާގެ އިންތިހާބީ ލީޑާޝިޕް ބަދަލުކުރުމަށް މިނިސްޓަރު މަހުލޫފް މަސައްކަތް ކުރައްވަމުން ގެންދަވާ ގެންދެވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅު ނަހަމަ ގޮތުގައި ބޭނުންކޮށް، ކުންފުނިތަކުން ދެމުންދާ މާލީ އެހީ ނުލިބޭނެކަމުގެ ބިރު ދައްކަމުން ކްލަބްތަކާ މިނިސްޓަރު މަހުލޫފް ބައްދަލުކޮށްފައިވާ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެހިސާބުން ނިމުނީއެއް ނޫނެވެ. ބަޔާނަށް ރައްދު ދެއްވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މީސް މީޑިއާގައި ވިދާޅުވެފައި ވަނީ، އެފްއޭއެމް އިން ފުޓުބޯޅަ ހިންގާ ކުރިއެރުވުމުގެ ބަދަލުގައި، އެ އިދާރާ އިން ސިޔާސީ ކަންކަން ހިންގާ، އެކަމުގައި ބައިވެރިވެ، ސިޔާސީ ކަންކަން ކުރިއަރުވަން މަސައްކަތް ކުރާ ކަމަށެވެ. އަދި ފުޓުބޯޅަ ވީހާލެއްގައި ވާން ދޫކޮށްލައިގެން ތިބި ކަމަށް ވެސް އަލީ އާޒިމް ވިދާޅުވިއެވެ.

އެފްއޭއެމްއަށް ކުރިމަތިވަމުން ދިޔަ ހަމަލާތައް ވަރުގަދަވެގެން ދިޔައީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ސަސްޕެންޑު ކުރި ހިސާބުންނެވެ. ނިއު ސަސްޕެންޑު ކުރިތާ މާގިނަ ދުވަހެއް ނުވެ 19 ކްލަބެއްގެ ސޮޔާ އެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދި ވިކްޓްރީ ސްޕޯޓްސް ކްލަބުން އެފްއޭއެމްއަށް ހުށަހަޅާފައި ވެއެވެ.

ކްލަބްތަކުން ހިތްހަމަނުޖެހުނު ސަބަބުތަކުގެ ތެރޭގައި މިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި, ޕްރެޒިޑެންޓްސް ކަޕް ކުއްލި ގޮތަކަށް ކެންސަލްކުރުމާއި, މި އަހަރުގެ ސީޒަން ޖޫން މަހު ފަށާ ގޮތަށް ނިންމުން ހިމެނެއެވެ.

މީގެ އިތުރުން އެފްއޭއެމްގެ އިހުމާލުން، ރާއްޖޭގެ ކްލަބްތަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމަކީ ވެސް ކްލަބުތަކުން ހިތްހަމަ ނުޖެހިފައިވާ ސަބަބެކެވެ.

ވިކްޓްރީން ހުށައެޅި ސިޓީގައި ފާހަގަކޮށްފައިވާ ބައެއް މުހިންމު ނުކުތާތަކުގެ ތެރޭގައި މުބާރާތްތައް ރަނގަޅަށް ނުބޭއްވުމާއި، އެގްޒެކެޓިވް ކޮމިޓީއަށް ގަވާއިދާ ހިލާފަށް މީހުން އައްޔަންކުރުން އަދި މީގެ އިތުރުން ވެސް އެފްއޭއެމް ހައުސްގައި ސިޔާސީ ކަންކަން ހިންގުން ހިމެނެއެވެ. ނިމިދިޔަ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް އެފްއޭއެމް ހައުސްގެ ބައެއް ބޭނުންކޮށްފައި ވެއެވެ.

އެފްއޭއެމްއާ ދެކޮޅަށް އެތައް ބައެއްގެ ނުރުހުން ފާޅުކުރަމުންދާއިރު އެފްއޭއެމްގެ އެތެރޭގެ ކޯޅުންގަނޑު ހިންދީ ޑްރާމާއެއްގެ ސީންއަކަށް ވުރެ ހާލު ދެރައެވެ. ދެންވާނީ ކިހިނެއްތޯ ބަލަން ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް

މާރާމާރީތައް ސުކޫލުގެ ހަތަރު ފާރުގެ ތެރެޔަށް: ނުރައްކަލުގެ ވަރުގަދަ ސިގްނަލެއް

17 ޖެނުއަރީ 2018
ބަފްޓާ އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން ޝޭޕް އޮފް ވޯޓަރ، ތްރީ ބިލްބޯޑްސް އަށް

ބަފްޓާ އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން ޝޭޕް އޮފް ވޯޓަރ، ތްރީ ބިލްބޯޑްސް އަށް

11 ޖެނުއަރީ 2018
މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

މުހައްމަދު އަލީ: 20 ވަނަ ގަރުނުގެ އެންމެ ވަރުގަދަ ޝަހްސިއްޔަތު

08 ޖެނުއަރީ 2018
"16 ޑޭޒް އޮފް އެކްޓިވިޒަމް": އަންހެނުންނަށް ކުރާ އަނިޔާ މަދުވޭތަ؟

"16 ޑޭޒް އޮފް އެކްޓިވިޒަމް": އަންހެނުންނަށް ކުރާ އަނިޔާ މަދުވޭތަ؟

26 ނޮވެމްބަރު 2017
ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

ފިއެސްޓާގެ ދަށުން ކުޅިވަރުތައް އިނދަޖެހެނީ، އެސޯސިއޭޝަންތައް ހިމޭނުން!

25 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު