Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުލިވިން އެކްސްޕޯ 2019

ލިވިން އެކްސްޕޯއަށް 5،800 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރި: ހައިރައިޒް

12 ފެބުރުއަރީ 2019 | އަންގާރަ 12:06

މި އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 9 އަކުން 11އަށް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 12 ފެބުރުއަރީ 2019 | އަންގާރަ 12:06
ލިވިން އެކްސްޕޯ 2019ގެ ތެރެއިން

ލިވިން އެކްސްޕޯ 2019ގެ ތެރެއިން

ހައިރައިޒް ކުންފުނީގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މޯލްޑިވްސް ލިވިންގް އެކްސްޕޯގެ ހަތް ވަނަ އެޑިޝަން އަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެކްސްޕޯ ނިމިގެންދިޔައިރު 5،800 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރު މަރިޔަމް މާއިޝާ ވިދާޅުވީ، ތިން ދުވަހަށް ކުރިއަށް ގެންދިޔަ މިފަހަރުގެ އެކްސްޕޯއަށް ކުރީ އަހަރުތަކާ އަޅާބަލާއިރު ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ ހޮނިހިރު، އާދިއްތަ، ހޯމަ މި ތިން ދުވަހު ފެއަރއަށް 5،800 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް މާއިޝާ ވިދާޅުވިއެވެ.

ރިއަލްއެސްޓޭޓް ކުންފުނިތަކާއި ކޮންސްޓްރަކްޝަން ކުންފުނިތަކާއި ފަރުނީޗަރު ވިއްކާ ކުންފުނިތަކާއި ގެދޮރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ދޭ ފަރާތްތަކުން ބައިވެރިވާ މިފެއަރއާ ދޭތެރޭ އެފަރާތްތަކުން ހިތްހަމަޖެހޭ ކަމަށާއި މިއީ ކާމިޔާބު ފެއަރއެއް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ 30 އެގްޒިބިޓަރުން އެކްސްޕޯގައި ބައިވެރިވެފައިވާއިރު މިއީ ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. އެގޮތުން ގޯތިގެދޮރުގެ ވިޔަފާރި ކުރާ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ މި ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ ވެސްމެއެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސްއެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އެކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.

އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑެތި އިނާމްތަކެއް ހުށަހެޅިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މިއެކްސްޕޯގައި މި އަހަރުގެ ވަރަށް ހާއްސަ އިނާމުތަކެއް ވަނީ ހުށަހަޅާފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
15 އޯގަސްޓު 2017

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ
02 އޯގަސްޓު 2017

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ
18 ޖުލައި 2017

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް