Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަންހެނަކަށް ވީތީ ފަޚުރުވެރިވަން

އަންހެނަކަށް ވީތީ ފަޚުރުވެރިވަން

11 ފެބުރުއަރީ 2019 | ހޯމަ 08:05

ދުނިޔެ މަތީގައި އެންމެ ބޮޑަށް އިންސާނުންނަށް ތަދު އިހުސާސްވާ ކަމަކީ ވިހެއުން ކަަމަށް ބުނޭ

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 11 ފެބުރުއަރީ 2019 | ހޯމަ 08:05
އަންހެނުން ތަކެއް

އަންހެނުން ތަކެއް

އަންހެނުންނަކީ ފިރިހެނުންނާއި ތަފާތުކޮށް އެތައް ސިފަތަކަކާއި އެތައްއެތައް ކަމެއް އެބައި މީހުންގެ ހަށިގަނޑުގައި ލައްވައިފައިވާ ބައެކެވެ.

ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ދުނިޔެވީ ގޮތުން ވެސް ތަފާތު އެތައް ކަމެއް އެބައިމީހުންނަށް ގުދުރަތުން ދެއްވައިފައި ވެއެވެ.

އަންހެނުންނަކީ ދުނިޔޭގެ އާބާދީގެ ދެބައި ކުޅަ އެއްބަޔަށް ވީއިރު ގުދުރަތުން އަންހެނަކަށް ދެއްވައިފައިވާ އެންމެ ބޮޑު އެއް ނިއުމަތަކީ ވިހެއުމުގެ މަތިވެރި ނިއުމަތެވެ. އިންސާނަކު ގަނޑު ލޭކޮޅެއްގެ ގޮތުގައި ބަނޑުގައި ލައްވައި 9 މަހަށް ވުރެން ގިނަދުވަހު ބަނޑު ތެރޭގައި އޮތުމަށް ފަހު ތުއްތުތުއްތު ކުއްޖެއްގެ ގޮތުގައި ދުނިޔެއަށް އެކުޑަ ކުއްޖާ އުފަން ކުރުވައެވެ. އެހާ ހިސާބުން މަންމަ އަކަށްވުމުގެ އެ ފޮނި އިހުސާސް އަންހެންމީހާއަށް ކުރުވައެވެ. ވިހެއުމަކީ ދުނިޔޭގައި އިންސާނަކަށް އެންމެ ބޮޑަށް ތަދު އިހުސާސް ކުރާ ހަމަ އެކަނި ކަންތައް ކަމަށް ބުނެއެވެ. ވިހެއުމުގެ ތެރޭގައި އަންހެންމީހާ އިހުސާސްކުރާ ތަދު އެއީ އެހެން އެއްވެސް ކަމެއްގައި އެއްވެސް މީހަކު އިހުސާސްކޮށް ތަޖުރިބާ ކޮށްފައިވާ ކަމެއް ނޫންކަމަށް ދެކޭ އަދަދު މަދެއް ނޫނެވެ.

ކެތްތެރިވުމުގައި އަންހެނުންނަކީ ލާމަސީލު ބައެކެވެ. ދުނިޔޭގައި ލައްވާފައިވާ ފުރާނަ ހުރި ދިރުންތަކާއި އަޅާބަލައިރު ވެސް އަންހެނުންގެ ކެތްތެރި ކަމަކީ އަޖައިބުން ފުރިގެންވާ ފަދަ ކެތްތެރިވުމެކެވެ. އެގޮތުން ފައިގެ އިނގިލީގެ ނިޔަފަތިން ފެށިގެން އަނގައިގެ ދަތެއް ނަގަން ޖެހުނަސް ފިރިހެނުންނާއި އަޅާބަލައިރުވެސް އަންހެނުންގެ ކެތްތެރިކަމުގެ ގާބިލް ކަމަކީ އެތައް ގުނައެއް އިތުރު ގާބިލް ކަމެކެވެ. އަދި މިކަމުގެ ސަބަބުން އަންހެންމީހާގެ ސިނކުނޑިއާއި ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ވެއެވެ.

އާންމުތަނެއްގައި އަދި ސިއްރުގައި ވިޔަސް އަންހެނަކު ރޯނަމަ އެކަމަކީ އަންހެންމީހާގެ ދެރަވާ ނުވަތަ ނިކަމެތިވާ ސަބަބެއް ނޫނެވެ. ރުޔުމުގެ ސަބަބުން އަހެންމީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހި ވެއެވެ. އެހެން ނަމަވެސް ފިރިހެނަކު ރޯނަމަ އެމީހާގެ ފިރިހެންވަންތަ ކަން ދަށްވެ އެމީހާގެ ބަލިކަށިކަން ފާހަގަ ކުރެވެއެވެ.

ފިރިހެނުންނަށްވުރެން އަންހެނުންގެ އުމުރު ދިގުވެއެވެ. އޭގެ ސަބަބެއް ކަމަށް ބެލެވެނީ މަސައްކަތުގެ ތެރޭގައި ލިބޭ ގެއްލުންތަކާއި އަންހެނުން ބަލިވާލެއް ނިސްބަތުން މަދުވުމެވެ.

އަންހެނުންނަކީ އެބައިމީހުންގެ ތަބީއަތުގައި ވެސް ޖަޒުބާތީ ބައެކެވެ. ދިރިއުޅުމުގަޔާއި މަސައްކަތުގެ މާހައުލުގައި ދިމާވާ އެކިކަހަލަ ކަންކަމާ ހުރެ ވަރަށް ފަސޭހައިން ދެރަވެ ރޮވޭ ގޮތް ވެއެވެ. މަޑުމޮޅި ކަމާއި ނާޒުކު ކަމަކީ ގުދުރަތުން އަންހެނުންނަށް ދެއްވާފައިވާ ރީތި މާތް ސިފައެކެވެ. ނަމަވެސް އެއީ އެމީހުންގެ ދެރަކަން ނުވަތަ ފިނޑި ކަމެއް ނޫނެވެ. އޭގެ ހެއްކަކީ ސިއްރުގައި ވިޔަސް އަދި ފާޅުގައި ވިޔަސް އަންހެނަކު ރޯތަން ފެނިއްޖެ ނަމަ އެހެން މީހުންގެ އަޅާލުމާއި ހަމްދަރުދީ އެ އަންހެނަކަށް އޮހޮމުން ދާ ކަމެވެ. އަދި އެރުޔުމުން އެހެން މީހުންގެ އިހުސާސްތަކާއި ކުޅެލައެވެ. އެހެން ނަމަވެސް ފިރިހެނަކު ރުޔުމުން ނުވަތަ ރޯތަން ފެނުމުން އެއީ ބައެއް ފަހަރު އެހެންމީހުންގެ މަލާމާތް ލިބި، ހިތްވަރެއް ނެތް މީހެއްގެ ގޮތުގައި ބެލެވި ބަލިކަށިކަން ފާހަގަ ކުރެވޭ ކަމެކެވެ.

ބޮލުން އިސްތަށިފޭބުމަކީ އުމުރުން ދުވަސްވެ ވަކި ވަރަކަށްވުރެން ބޮޑަށް މީހާގެ ގައިބާރު ދެރަވުމުން ދިމާވާ ކަމެކެވެ. ނަމަވެސް މިކަމަކީ އަންހެނުން އުފެދިފައިވާގޮތުން އަންހެނުންނަށް ކުރިމަތީވާ ކަމެއް ނޫނެވެ . އޭގެ ބަދަލުގައި އަންހެނުނަށް އެމީހުން ބޭނުން ވަރަކަށް އިސްތަށިގަނޑު ދިގުކޮށް ލެވެއެވެ. އަންހެނުންގެ އިސްތަށިގަނޑަށް އުފައްދާފައިވާ ޚާއްސަ އެއްޗިހީގެ ސަބަބުން އެ އިސްތަސިގަނޑު ރީތިކޮށް އޮތުމަށް މަގުފަހިވެގެން ދެއެވެ.

މީހުންނާއި މުއާމަލާތް ކުރުމުގައި އަންހެނުންނަކީ ފިރހެނުންނަށްވުރެން މާބޮޑު ކުޅަދާނަ ކަމެއް ލިބިފައިވާ ބައެކެވެ. އަދި އެކަކު އަނެކަކު ދެނެގަތުމުގައިވެސް ކުޅަދާނަ ބައެކެވެ އެއީ ހަމައެކަނި ދައްކާ ވާހަކަ އަކުންނޫނެވެ. އަނެއްމީހާގެ މޫނުމަތީ ހަރަކާތްތަކާއި ޖަޒުބާތު ތަކުންނެވެ. މިކަމުގެ ސަބަބުން މަސައްކަތުގެ މާހައުލުގަޔާއި މުޖުތަމައުގެ ގުޅުންތައް ބަދަހި ކުރުމުގައި އެތައްގޮތަކުން ފަސޭހަ ވެގެން ދެއެވެ.

އެކި ކަހަލަ ކާރިސާ ތަކާއި ކުއްލި ހާލަތުގައި ވެސް އެންމެ ފުރަތަމަ އިސްކަންދޭ އެއްބަޔަކީ އަންހެނުންނެވެ. މިކަމުގެ ސަބަބުން މިފަދަ ހާލަތްތަކުގައި ސަލާމަތް ވުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން މުޖުތަމައުގެ ތެރޭގައި މުއާމަލާތް ކުރާއިރުއާއި އެހެނިހެން ކަންކަމުގައި އަންހެންމީހާއަށް ފުރުސަތު ދިނުމަކީ މުޖުތަމައުގައި އަންހެނުންނަށް ދެވޭ އިސްކަން ނުވަތަ ޚާއްސަކަން ދަށްކުވައިދޭ ކަމެކެވެ .

މިއަދުގެ ދުނިޔޭގައި އަންހެނުންނަށް ވަރަށްބައިވަރު ފުރުސަތުތައް ތަނަވަސް ވެފައިވާއިރު ވަކި ރޮނގަކުން ކުރިއަށްދާން ބޭނުންވާ ނަމަވެސް އެކަން އިހުތިޔާރު ކުރުމުގެ ފުރުސަތު އޮވެއެވެ. އަދި އާއިލާއެއް ބިނާކޮށް ދިރިއުޅުން ކުރިއަށްދާން ބޭނުންވާ މީހަކަށް އެ ފުރުސަތުވެސް އެބައޮތެވެ. މިއިން ކޮންމެ ކަމެއް އިޚުތިޔާރު ކުރި ކަމުގައި ވިޔަސް މުޖުތަމައު ބަލައިގަނެއެވެ. އޭގެ ބަދަލުގައި ފިރހެނުން ގޭގައި ވަޒީފާއެއް ނެތި ހުރުމަކީ މައިންބަފައިންނާއި އާއިލާގެ ހިތްހަމަ ނުޖެހުމާއި މުޖުތަމައުގެ ފާޑުކިއުންތައް އެމީހަކަށް އަމާޒްވެ މީހުންގެ ތެރޭގައި ފިރިހެންމީހާ ބާކީ ވެގެންދިއުމަށް މަގުފަހި ކުރުވާ ކަމެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2025

އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!

15 ނޮވެމްބަރު 2025
އަންހެނަކަށް ވީތީ ބުލީ ކުރާ ކަމަށް ބުނި ހީނާ އިސްވެ ހުރެ އެތައް އަންހެނުންނަށް ބުލީ ކުރި ވަރު މަދެއް ނޫން!
17 ފެބުރުއަރީ 2024

އިޒްރޭލުން ހައްޔަރު ކުރި ފަލަސްޠީނުގެ އަންހެނަކަށް ދިން އަނިޔާތައް، އޭނާގެ ދުލުން...

17 ފެބުރުއަރީ 2024
އިޒްރޭލުން ހައްޔަރު ކުރި ފަލަސްޠީނުގެ އަންހެނަކަށް ދިން އަނިޔާތައް، އޭނާގެ ދުލުން...
28 ނޮވެމްބަރު 2021

މިފަހަރު ފައިސާ ފޭރިގަތީ އަންހެނަކަށް ވެގެން

28 ނޮވެމްބަރު 2021
މިފަހަރު ފައިސާ ފޭރިގަތީ އަންހެނަކަށް ވެގެން
07 ސެޕްޓެމްބަރު 2021

އަންހެނަކަށް ވީތީ އެހެން މީހުންގެ ފަރާތުން ދެރަ ބަސްތައް އިވޭނެ، ފަރުވާލެއް ނުދީ ކުރިއަށްދޭ!

07 ސެޕްޓެމްބަރު 2021
އަންހެނަކަށް ވީތީ އެހެން މީހުންގެ ފަރާތުން ދެރަ ބަސްތައް އިވޭނެ، ފަރުވާލެއް ނުދީ ކުރިއަށްދޭ!
04 އެޕްރީލު 2020

މިހާރު ލާދީނީ ވަނީ ޝަހީމް ވިދާޅުވީތީ ޤުރުއާން ނުކިޔެވުމުން؟

04 އެޕްރީލު 2020
މިހާރު ލާދީނީ ވަނީ ޝަހީމް ވިދާޅުވީތީ ޤުރުއާން ނުކިޔެވުމުން؟
21 ޑިސެމްބަރު 2019

ކުޑަކަކުލަށް ތިރިނުވެ ހަރުކަށި ފިކުރާއި ދެކޮޅަށް ތެދުވީތީ ސާބަސް!

21 ޑިސެމްބަރު 2019
ކުޑަކަކުލަށް ތިރިނުވެ ހަރުކަށި ފިކުރާއި ދެކޮޅަށް ތެދުވީތީ ސާބަސް!
22 ފެބުރުއަރީ 2019

މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!

22 ފެބުރުއަރީ 2019
މާލެއާ ކައިރި ރަށަކަށްވީތީ ސިއްހީ ޚިދުމަތްތަކުން މަހުރޫމް ވެފައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް