Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްއެމްޕީއާރްސީ

ހިޔާނާތުގެ ތުހުމަތުކުރެވޭ މީހުންގެ ވިޔަފާރިތައް ފުޅާކުރަނީ! އިދާރާތައް ކޮބާ؟

10 ފެބުރުއަރީ 2019 | އާދީއްތަ 14:35

ބޮޑު ހިޔާނާތެއް ހިނގި އިރު އިސްކޮށް ހުންނެވި ބޭފުޅެއްގެ މުއްސަނދިކަމާ މެދު ސުވާލު އުފެދޭ

| 10 ފެބުރުއަރީ 2019 | އާދީއްތަ 14:35
އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ ކޮރަޕްޝަންގެ ވަބާ ޤައުމުން ނައްތާލައި، މިދިޔަ ފަސް އަހަރުގެ ތެރޭގައި ޤައުމުގެ ޚަޒާނާ އިން ވަގަށް ނަގާފައިވާ އެތައް ބިލިއަން ރުފިޔާއަކަށް ވީ ގޮތް ހޯއްދަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ. ޤާނޫނުގެ ކުރިމަތީގައި ކޮންމެ މީހަކީ ވެސް ހަމަހަމަ މީހެއްކަން ރައްޔިތުންނަށް ހަނދުމަކޮށްދެއްވަމުންނެވެ. އެހެންކަމުން ރައްޔިތުން މިހާރު އިންތިޒާރުކުރަމުން ދަނީ އެމްއެމްޕީއާރްސީގެ ބިލިއަނުން ގުނާލެވޭ ޚިޔާނާތާއި، ދައުލަތުގެ އެހެން ކުންފުނިތަކާއި އިދާރާތަކުން ހިންގާފައިވާ ބޮޑެތި ޚިޔާނާތުގެ މައްސަލަތައް ތަހުޤީޤުކުރެވި، އަދަބު ލިބެން ޖެހޭ ފަރާތްތަކަށް އަދަބު ލިބޭނެ ދުވަހަކަށެވެ. ކެމްޕޭނުގައި ގުޅިފައިވާ ޕާޓީތަކުން ކޮންމެ ރެއަކު، ކޮންމެ ދުވަހަކު، ކޮންމެ ޖަލްސާއެއްގައި ވަމުން ދިޔަ ވައުދަކީ ޚިޔާނާތުގެ ބައިވެރިން ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ވާހަކައެވެ. މިއަދު މިއީ އެވައުދުތައް ފުއްދަންވީ ދުވަހެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބަލައި، ދައުލަތުން ގެއްލުނު ފައިސާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އެވަނީ ޚާއްސަ ކޮމިޝަނެއް އެކުލަވާލާފައެވެ. ކޮމިޝަންގެ މަސައްކަތަށް ބޭރުގެ އެހީ ހޯދާ ވާހަކަ ވެސް ރައީސް އެވަނީ ވިދާޅުފައެވެ. އެ މަސައްކަތް ފެށިގެން ކުރިއަށްދާކަން ކިތަންމެހާ ވެސް ރަނގަޅެވެ. އެހެން ނަމަވެސް ރައީސް ސޯލިޙް އުފެއްދެވި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތްތައް, މަރުގެ މައްސަލަތައް ބަލާ ކޮމިޝަންގެ މަސައްކަތް އެދާ ސްޕީޑްގައި ކުރިއަށްދާ ތަން ނުފެންނާތީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.އެމްއެމްޕީއާރްސީ އިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވިއިރު، އެ މައްސަލައިގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުރި ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެގެން ޖަލަށްލީއިރު، އެކުންފުނީގައި އިސް އެހެން ވެރިޔަކު ނެތީތޯއެވެ؟ ދައުލަތުގެ އެކުންފުނި ހިންގަން އެތަނަށް ލާފައި ތިބި އެހެން ޑިރެކްޓަރުން ކޮބައިތޯއެވެ؟ ކުންފުނީގެ ޗެއަރމަން ކޮބައިތޯއެވެ؟ ބަޔަކު 1.2 ބިލިއަން ރުފިޔާ ވަގަށް ނެގިއިރު ކުންފުނީގެ ޗެއަރމަންއަށް ކުންފުނީގެ ތެރޭގައި ކަމެއް ވާކަން ހަމަ އެއްގޮތަކަށް ވެސް ނޭނގުމަކީ އެއީ ހަމަ އަޖައިބެކެވެ. އެއަށް ވުރެ ވެސް ބޮޑު އަޖައިބަކީ އޭނާ އަށް އެކަން ނޭނގޭ ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ގަބޫލުކޮށްލައިގެން ތިބުމެވެ. ކުންފުނީގެ ދުވަހުން ދުވަހަށް ހިނގާ ކަންކަން ނޭނގުނެއް ކަމަކު، ޗެއަރމަންގެ ހައިސިއްޔަތުން އެނގެން ޖެހޭ މިންވަރެއް ވެސް އޮންނަންވާނެ ނޫންތޯއެވެ؟ ޗެއަރމަނެއްގެ ހައިސިއްޔަތުން ރައްޔިތުންނަށްޓަކައި އޭނާގެ ޒިންމާއެއް ވެސް އޮންނާނެތާއެވެ. ގައިމު ކުންފުނީގެ ޗެއަރމަނަކަށް ހުންނެވީ އެފަދަ ކަމެއް ހިނގާ ނަމަ އެނގޭނެވަރުގެ ތައުލީމާއި ތަޖުރިބާ ލިބިފައި ހުރި މީހެކެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭރުގެ ޗެއާމަން އެތައް ފަހަރަކު މީޑިއާ އިން ސުވާލު ކުރުމުން ވެސް ރައްޔިތުންގެ ފައިސާއަށް ވީ ގޮތެއް ބުނެއެއް ނުދެވުނެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓަވައެވެ. ދެއްވީ ބީރު ކަންފަތެކެވެ. އެ ފައިސާގައި އެބޭފުޅާ ޖެހިފައިނުވިކަމުގައި ވިޔަސް، އެހާ ބޮޑު ޚިޔާނާތެއް ވެގެންދިޔައިރު، ރައްޔިތުންގެ ފައިސާއަށް އިހުމާލު ވެވުނު ކަމަށް އިއުތިރާފްވެ، މަޢާފަށް ވެސް އެދިފައެއް ނުވެއެވެ. އެވަރުގެ ބޮޑު ކަރަޕްޝަނެއް ހިނގައިގެން އުޅެނިކޮށް އޭނާއާ ގުޅޭ ގޮތުންނާއި، އޭނާ އުފެއްދެއްވި ކުންފުނިތަކާ ގޮތުން ރަށު ތެރޭގައި ފާޑުފާޑުގެ ވާހަކަ ދެކެވެން ފެށި ހިސާބަކީ ވެސް، ގެއްލިފައިވާ ރައްޔިތުންގެ ފައިސާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުނުވެ ހިމޭނުން ހުންނަން ފެށި ހިސާބުންނެވެ.

މިފަދަ މީހުންގެ މައްސަލަތައް ރަނގަޅަށް ބަލައި އަދަބު ދޭންޖެހެ އެވެ. އެހެން ނޫނީ ދައުލަތް ތާހިރެއް ނުވާނެ އެވެ.

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2018

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް: ހަމަހަމަކަން، އިޖްތިމާޢީ ބައިވެރިވުން އަދި ބާރުވެރިކުރުން

03 ޑިސެމްބަރު 2018
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް: ހަމަހަމަކަން، އިޖްތިމާޢީ ބައިވެރިވުން އަދި ބާރުވެރިކުރުން
25 ނޮވެމްބަރު 2018

އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން

25 ނޮވެމްބަރު 2018
އަނިޔާ ލިބޭ މީހުންގެ 60 އިންސައްތަ އަކީ އަންހެނުންނާއި އަންހެންކުދިން
11 އޮކްޓޯބަރު 2018

ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!

11 އޮކްޓޯބަރު 2018
ގޯތި ކިޔޫގައި ތިބި މީހުންގެ ތަންމައްޗަކަށް މަގުމަތި!
10 ސެޕްޓެމްބަރު 2018

ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!

10 ސެޕްޓެމްބަރު 2018
ވެލިދޫ މީހުންގެ ބަސް: ރައީސް ޔާމީނަށް ރައްދު ދޭނީ ވޯޓުގެ ނަތީޖާއިން!
03 ފެބުރުއަރީ 2018

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ
09 ޖެނުއަރީ 2018

މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!

09 ޖެނުއަރީ 2018
މި އަހަރު ހިތްވަރު ލިބިގަންނަންވީ މި މީހުންގެ ކިބައިން!
08 އޮކްޓޯބަރު 2017

ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!

08 އޮކްޓޯބަރު 2017
ރައީސް ޔާމިން ވަޑައިގަންނަވަންވީ ގެދޮރުނެތް މީހުންނާއި ހާއްސަ އެހީ ބޭނުންވާ މީހުންގެ ގާތަށް!
10 ސެޕްޓެމްބަރު 2017

ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!

10 ސެޕްޓެމްބަރު 2017
ރޮހިންޖާ މީހުންގެ އަސްލު: ކިހާވަރަކަށް އެނގޭބާ!
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
17 ޖެނުއަރީ 2017

ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!

17 ޖެނުއަރީ 2017
ދުނިޔޭގެ ދެބައިކުޅަ އެއްބައި އާބާދީގެ މިލްކިއްޔާތު އެންމެ އަށް މީހުންގެ އަތުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް